sun magazine 25th issue

ރ20 :ުގަ އ2011 ،ްނޫ ޖ15 ،25 :ުރަބްމަ ންނޫމުއަ މްށައ ޕ ޑްމެ އ

Upload: sun

Post on 10-Mar-2016

276 views

Category:

Documents


9 download

DESCRIPTION

Sun Magazine

TRANSCRIPT

Page 1: Sun Magazine 25th issue

2ރ0 ގު: އަ2011 ،ޖޫން 15 ،25 ރު:މްބަނަ

މައުމޫން އެމްީޑީޕއަށް

Page 2: Sun Magazine 25th issue
Page 3: Sun Magazine 25th issue

އެޑިޓަރުގެ ނޯޓް

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންމުހައްމަދު ގާސިމްފުއާދު ގާސިމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާން

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

ޑރ. ރާޒީގެ އިރުޝާދު: ޑރ. އަހުމަދު ރާޒީދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 25 15 ޖޫން 2011

ސިނާން އަލީއެޑިޓަރު

"ސަން" މަޖައްލާގެ 25 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ވެސް ހޫނު މަރުހަބާއެއް ދަންނަވަމެވެ. ސަންގެ 24 ވަނަ އަދަދަށް ދެއްވި ހޫނު ތަރުހީބު އުފަލާ އެކު ފާހަގަ ޮކށް ޝުކުރު ދަންނަވަމެވެ. ސަންގެ 24 ވަނަ އަދަދު ހަގީގަތުގައި ވެސް ވެގެން ޮގސްފައި

ވަނީ ހޫނު އަދަދަކަށެވެ.ސަންގެ 24 ވަނަ ޢަދަދުގައި ޝާއިއު ކުރި ލިޔުން ތަކާ ގުޅިގެން ޯމލްޑިވްސް މީޑިއާ ކައުންސިލުން ވަނީ އެ އަދަދު ނެރެ، ވިއްކުން މަނާ ޮކށްފަ އެވެ. މާލޭގައި ޢާންމު ވެފައިވާ ހަށި ވިއްކުމުގެ ވިޔަފާރިއާ ގުޅޭ ޮގތުން ހިންގި "ޮއޕަރޭޝަން ސަންސެޓް"ގެ ވާހަކަތައް ގެނެސްދީފައި

ވަނީ ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުން ބޭރުގައި ކަމަށް ގިނަ ބަޔަކު ފާހަގަ ކުރާތީ އެވެ. އެ ލިޔުންތައް ގެނެސްދެވިފައިވާ ޮގތާ މެދު ޢާންމުންގެ ޝަކުވާތައް ހުރުމާ އެކު، އަޅުގަނޑުމެން ވާނީ އެ

ކަމަށް ޓަކައި މަޢާފަށް އެދިފަ އެވެ. މުޖުތަމައުގައި ހިންގާ ނޭދެވޭ ކަންތައްތައް ރިޯޕޓު ކުރުމުގައި އިންވެސްޓިގޭޓިވް ޖާނަލިޒަމް ނުވަތަ

ތަހުގީގީ ނޫސްވެރިކަމަކީ ޮކންމެހެން ބޭނުންތެރި ބައެކެވެ. ތަހުގީގީ ނޫސްވެރިކަމަކީ އެ ކަން ކުރިޔަށް ގެންދިޔުމުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ޚިޔާލު ތަފާތުވުންތައް ކުރިމަތިވާ ކަމެކެވެ. ތަހުގީގީ ނޫސްވެރިކަމުގައި އެކި ކަހަލަ މައްސަލަ ތަކުގެ

ތެރެއަށް ނޫސްވެރިން ފީނަން ޖެހެ އެވެ. މި ޮގތުން ނޫސްވެރިން އެކި ކަހަލަ މައްސަލަ ތަކުގެ ހަގީގަތް

ޯހދުމަށް ޓަކައި އެ މައްސަލައިގެ ތެރެއަށް ވަދެ އެކަން މުޖުތަމައުގައި ހިންގާ ޮގތް އެކި މިންވަރަށް ތަޖުރިބާ ކުރެ އެވެ. ޚިޔާލު ތަފާތުވުންތައް އުފެދޭ މަރުހަލާ އަކީ މިއީ އެވެ. ތަހުގީގީ ނޫސްވެރި

ކަމުގެ އިންތަކާއި މިންތައް ސާފު ނުވާތީ އެވެ. ގިނަ ގައުމު ތަކުގައި މި ފަދަ ނޫސްވެރި ކަމުގައި ނޫސްވެރިޔާގެ ރައްކާތެރިކަން ވެސް ޔަގީން ޮކށްދެވިފައެއް ޯނވެ އެވެ. އެއީ ތަހުގީގީ ނޫސްވެރިކަމަށް

އެޅިފައި ޮއތް ވަރަށް ޮބޑު ހުރަހެކެވެ.އަޅުގަނޑު ގަބޫލު ކުރާ ޮގތުގައި ރާއްޖެ މިހާރު މި ޮއތް ހާލަތަށް ބަލާ އިރު ތަހުގީގީ

ނޫސްވެރިކަމަކީ މިހާރު މި ރާއްޖެ އަށް ޮކންމެހެން ބޭނުންތެރި ނޫސްވެރި ކަމެކެވެ. މި ފަދަ ނޫސްވެރިކަމަކަށް އަޅުގަނޑުމެންގެ ގާނޫނު ތަކުން ޖާގަ ދޭން އެބަ ޖެހެ އެވެ. ހަމަ އެހެންމެ މި

ނޫސްވެރިކަމަށް އަޅުގަނޑުމެންގެ ވިސްނުމުން ވެސް ޖާގަ ދޭން އެބަ ޖެހެ އެވެ. ގާނޫ ތަކުން ޖާގަ ލިބި، ފިކުރާއި ވިސްނުމުގެ ތެރެއިން ތަހުގީގީ ނޫސްވެރިކަމަށް ޖާގަ ލިބިއްޖެ ނަމަ މުޖުތަމައުގައި

ހިންގާ އެކި ހަލަ ޮބޑެތި ޖަރީމާތައް ފަޅާ އަރުވައިލުމުގައި ނޫސްވެރިންނަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ އެވެ. އޭގެ ސަބަބުން ގައުމު އިސްލާހު ކުރުމުގެ މަސައްކަތަށް އިތުރު ފަސޭހަ ތަކެއް

ލިބިގެން ދާނެ އެވެ. ފަރުދާގެ ފުރަގަހުގައި ތިބެގެން ގައުމު ފަސާދަ ކުރަން ބޭނުންވާ ފަރާތް ތަކަށް ޮއންނަ ފުރުސަތު ކުޑަ ކުރެވޭނެ އެވެ.

މި ފަހަރުގެ ކަވަރު ސްޯޓރީ އަކީ "ރައީސް މައުމޫން އެމްޑީޕީ އަށް ޮސއި ކުރެއްވުން" އެވެ. ޢަބްދުهللا ޝިނާން ލިޔުއްވާފައިވާ މި ރިޯޕޓަކީ ހާލަތަށް ވަރަށް ގުޅޭ، ކިޔައިލުން މުހިންމު

ޝައުގުވެރި ލިޔުމެކެވެ. ރައީސް މައުމޫނު އެމްޑީޕީ އަށް ޮސއި ކުރައްވައިފި ނަމަ ދެން ވާނެ ޮގތްތައް މި ރިޯޕޓުގައި ވަރަށް ތަރުތީބުން ގެނެސްދީފައި އެބަ ހުއްޓެވެ. އެހެން ވެއްޖެ ނަމަ އެދެން ވާނީ

އަސްލުގައި ވެސް ވަރަށް އެހެން ކަހަލަ ކަމަކަށެވެ. ޝިނާނު ލިޔުއްވާފައިވާ މި ރިޯޕޓަކީ ހަމަ ޚިޔާލީ ވާހަކަ ތަކެކެވެ.

މީގެ އިތުރުން މި ފަހަރުގެ އަދަދުގައި ވެސް ތިޔަ ބޭފުޅުން ޝައުގުވެރި ކަމާ އެކު ވިދާޅުވަމުން ގެންދަވާ ރިޯޕޓުތައް ހުންނާނެ އެވެ. އެ ޮގތުން ވަޒީފާގެ މާހައުލާ ގުޅޭ ޮގތުން ޢަލީ

ޚާލިދު ލިޔުއްވާ މަޒުމޫނު ސީރީޒް، ސިއްކަ ނަސީމުގެ ތާރީޚު ސަފުހާ، އަދި ބުޝްރީގެ ކެޮޔނިރު ޮކލަމް އަދި ސަން އިން ދާދި ފަހުން ފެށި ބިއުޓީ ޮސފުހާ ފާހަގަ ޮކށްލަމެވެ. އަދި ވެސް އިތުރު ޮސފުހާތައް

އެތެރޭގައި ހިމެނޭނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ..

Page 4: Sun Magazine 25th issue
Page 5: Sun Magazine 25th issue

5

ބޭކާރު ޗެކް ބެހުން

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

ކަލާ ބޭންކް މެދުވެރިކުރައްވައި މީހަކަށް ފައިސާދެއްވަން ބޭނުންފުޅުވެއްޖެނަމަ އެމީހަކަށް ދެއްވަނީ ދެއްވަން ބޭނުންފުޅުވާ އަދަދެއްގެ ފައިސާގެ ޗެކެކެވެ. އެޗެކް ބޭނުންހިފޭ އެއްޗަކަށްވާނީ، ބޭންކުގައި ޮއންނަ

ކަލާގެ އެކައުންޓުގައި އެޢަދަދަށް ފައިސާހުރެގެންނެވެ.ކަލާގެ އެކައުންޓުގައި ފައިސާ ނެތި މީހަކަށް ޗެކެއް

ލިޔުއްވައިފައި ދެއްވިޔަސް އެޗެކަކީ އެއްވެސް މުހުތާދެއް ފުދޭ އެއްޗަކަށް ނުވާނެއެވެ. އެހެނީ

ބޭންކުން އެޗެކަކަށް ފައިސާއެއް ދުލެއްނުކުރާނެއެވެ. އެބާވަތުގެ ޗެކް ވާނީ އެއްވެސް ބޭނުމެއްނެތް

ހުސް ކަރުދާސްޮކޅެއް ކަމުގައެވެ. ޙަޤީޤީ މާނައިގައި ބޭންކު ޗެކަކަށެއް ނޫނެވެ. ބޭންކުގެ އިޞްޠިލާޙުގައި )dud cheque( ީއެބާވަތުގެ ޗެކްތަކުގެ އެއް ނަމަކ

އެވެ.ހަމައެފަދައިން ކަލާ މީހެއްގެ ގާތުގައި

އެވާހަކަފުޅެއްގެ މައްޗަށް ބިނާޮކށް އެމީހަކު ކަލާއާމެދު އުއްމީދެއް ޤާއިމުކުރާފަދަ ވާހަކަފުޅެއް ވިދާޅުވެއްޖެނަމަ އެކުރެއްވޭ ކަމަކީވެސް މީހަކަށް ޗެކެއް ދެއްވުން ފަދަ ކަމެކެވެ. އެފަދަ "ޗެކެއް"

އަގުހުރި އެއްޗަކަށް ވާނީ ކަލާގެ ބަސްފުޅު ޢަމަލުކުރުމުގެ ވަގުތުގައި ކޭޝްކުރެވިގެންނެވެ.

ޢަމަލުކުރުމުގެ ވަގުތު ޖެހުމުން ކަލާގެ ވާހަކަފުޅާ އެއްޮގތަށް ކަންތައް ނުކުރައްވައިފިނަމަ ކަލާގެ އަޚާއަށް ކަލާ އެދެއްވީ ބޭކާރު ޗެކެކެވެ. ކަލާ އެވިދާޅުވި ބަސްފުޅަކީ ކަލާގެ "އަޚްލާޤީ އެކައުންޓުގައި" ކަލާގެ ބަސްފުޅު

ކޭޝްކުރެވޭވަރުގެ ޯފރުންތެރިކަމެއްނެތް ބަސްފުޅެކެވެ. ޤައުމެއް ދަށަށް ދިޔުމުގެ ވަގުތު ޖެހިއްޖެކަމުގެ އެއް ޢަލާމާތަކީ

އެޤައުމެއްގެ ޒިންމާދާރު މީހުން މިބާވަތުގެ ބޭކާރު ޗެކް ބެހުމުގެ ރަސްކަލުން ކަމުގައި ވާތަން ފެނުމެވެ. އަޅުގަނޑުމެންގެ ޒުވާން، އަޑުފުޅުގަދަ،

ޯޖޝުހުރި ސިޔާސީ ބޭބޭފުޅުން މިހާރަކަށް އައިސް ޢަމަލުކުރައްވާތީ މިފެންނަ ފަދައިންނެވެ. މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރެއިން

ޮކޅު ބަދަލުކުރައްވާ ސިޔާސީ ބޭބޭފުޅުން ދައްކަވާތީ ފެންނަނީ މިބާވަތުގެ ވާހަކަފުޅުތަކެވެ. އެދައްކަވާ ވާހަކަފުޅަކާމެދު އެބޭފުޅަކު އެއްޮގތަކަށްވެސް

ޒިންމާވެވަޑައިނުގަންނަވާ ވާހަކަފުޅުތަކެވެ. އެދައްކަވާ ވާހަކަފުޅަކަށް

ޢަމަލުކުރެއްވުންމަތީގައި ސާބިތުވެވަޑައިގެންނުތިއްބަވާ ވާހަކަފުޅުތަކެވެ.މިބާވަތުގެ ވާހަކަދައްކަވާ ފަރާތްތަކުގެ ވާހަކަތަކަކީ ކީރިތި ޤުރްއާނުގެ މިދަންނަވާ އާޔަތުގައި ސިފަކުރައްވައިފައިއެވާ ބަސްފުޅާ

އެއްފަދަ ވާހަކަތަކެކެވެ."އަދި މުނާފިޤުވި މީހުން އެކަލާނގެ ދެނެޮވޑިގެންވެ، އެކަން

ހާމަކުރެއްވުމަށްޓަކައެވެ. )އެދުވަހު( އެއުރެންނަށް އެންގެވިއެވެ. هللا ގެ މަގުގައި ހަނގުރާމަކުރަން ނުވަތަ )ޖާނާއި މާލު، ދުޝްމިނުންގެ ކިބައިން(

ދިފާޢުކުރަން ތިޔަބައިމީހުން އަންނާށެވެ. އެއުރެން ބުނެފޫއެވެ. ތިމަންމެންނަށް ހަނގުރާމައެއް ވާކަން އެނގޭނަމަ ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން

ދިޔައީމުހެވެ. އެދުވަހު އެއުރެން އީމާންކަމަށް ވުރެ ކާފިރުކަމާ ގާތްކަން ޮބޑެވެ. އެއުރެންގެ

ހިތްތަކުގައި ނުވާ ކަންތައް އެއުރެންގެ އަނގައިން ބުނެތެވެ. އެއުރެން ވަންހަނާކުރާ

ކަންތައް އެންމެ ޮމޅަށް ދެނެޮވޑިގެން ވަނީ هللا އެވެ." )އާލުޢިމްރާނު: 167(

މިބާވަތުގެ މީހުން ދައްކަނީ ވަރަށް އަޑުގަދަ ވާހަކަތަކެވެ. އެކަމަކު އެވާހަކަތަކާމެދު އެއްވެސް ޒިންމާވުމެއް ނެތް ވާހަކަތަކެވެ. ބަހާ އެއްޮގތަށް ޢަމަލުކުރަން އެއްޮގތަކަށްވެސް ޢަޒުމު ކަނޑައަޅައިފައިނުވާ ވާހަކަތަކެވެ.

އެފަދަ މީހުން ހަމައެކަނި މީޑިޔާއަށް އަމާޒުޮކށް ވާހަކަތަކެއް ދައްކަނީއެވެ. ރައްޔިތުންނަށް ޢަމަލީ ހެއްކެއް ދައްކަން އުޅެނީކީ

ނޫނެވެ. ޙަޤީޤީ ލާބައެއް ޯހދައިދޭން އުޅެނީކީ ނޫނެވެ. މިފަދަ މީހުން ކަންތައް ކުރާޮގތަށް ކީރިތި ޤުރްއާނުގައި ދެއްވައިފައިވާ ނަމަކީ މުނާފިޤުންގެ ޮގތެވެ. މުނާފިޤުންނާ ބެހޭޮގތުން

ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ ޮގތުގައި މުނާފިޤުންނަކީ ނަރަކައިގެ އެންމެ އަޑީގައި ތިބޭނޭ މީހުންނެވެ.

"ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަސްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއްނުގަންނަވާނޫއެވެ." )އައްނިސާއު:

)145

ކަލާ މީހެއްގެ ގާތުގައި އެވާހަކަފުޅެއްގެ މައްޗަށް ބިނާޮކށް އެމީހަކު ކަލާއާމެދު އުއްމީދެއް ޤާއިމުކުރާފަދަ ވާހަކަފުޅެއް ވިދާޅުވެއްޖެނަމަ އެކުރެއްވޭ ކަމަކީވެސް

މީހަކަށް ޗެކެއް ދެއްވުން ފަދަ ކަމެކެވެ. އެފަދަ "ޗެކެއް" އަގުހުރި އެއްޗަކަށް ވާނީ ކަލާގެ ބަސްފުޅު ޢަމަލުކުރުމުގެ

ވަގުތުގައި ކޭޝްކުރެވިގެންނެވެ.

Page 6: Sun Magazine 25th issue

www

6

އަލްފް ލައިާލ ވަ ލައިާލދުނިޔޭގެ ހަޒާރަތްތަކުގެ ބަނޑުން އުފަންވި އަދަބީ އުފެއްދުންތަކުގެ ތެރެއިން، މުޅި ދުނިޔޭގައި އެންމެ ޮބޑު މަޝްހޫރުކަމަކާއި މަގުބޫލުކަމެއް ޯހދައި، ދުނިޔޭގެ އަދަބިއްޔާތަށް އޭގެ އަސަރާއި ނުފޫޒު އެކި ޮގތްޮގތުން އެންމެ ޮބޑަށް ދޫޮކށްފައިވާ އަދަބީ އުފެއްދުމަކީ ޮކބައިހޭ މި ސުވާލުގެ ޖަވާބަކީ "އަލިފުލައިލާ

ވާހަކަ" ކަމާ މެދު އިންކާރުކުރުމަކީ އަދަބިއްޔާތަށް ކުރެވޭ ބޭއިންސާފެއް ކަމަށް ދަންނަވަން އަޅުގަނޑަށް ކެރިދާނެއެވެ. އަލިފުލައިލާ ވާހަކައަކީ އިސްލާމީ

ރަން ޒަމާނުގައި އަދަބީ ފަންނު މުސްލިމުންގެ ތެރޭގައި ތަރައްގީވެފައި ޮއތް މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. އެއްވެސް ޝައްކެއް ނެތް ޮގތުގައި އަލިފުލައިލާ ވާހަކަ، ނުވަތަ ޢަރަބިން ކިޔާ ޮގތުން ނަމަ "އަލްފު ލައިލާ ވަ ލައިލާ" އަކީ އިންސާނީ އަދަބީ ބުސްތާނުގެ އެންމެ ވަސްމީރު އެއް މަލެވެ.

ތެދުފުޅެކެވެ! އަލިފުލައިލާ ވާހަކައިގެ އަސްލުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކަށް ނުފެތޭ އެތައް ލިޔުންތަކެއް ހުރެއެވެ. ވާހަކައިގެ ބައެއް ސަފުހާތަކުގައި ޖިންސީ ޣަރީޒާތަކާއި ރާޯދރުތަކާއި ނާޗަރަންގީގެ މަހެފިލްތަކުގެ ޮފނިކަމުގެ ވާހަކަތައް ޢަރަބި ބަހުގެ ފަށުވިކަމުގެ ނިހާއީ ދަރަޖައިގައި އަމުނާލެވިފައި ހުރެއެވެ. ނަމަވެސް މިފަދަ އުނިކަންތަކަކީ އަހުލާގީ އުނިކަންތަކެވެ. އެއީ އަދަބީ އުނިކަމެއް ނޫނެވެ. އެހެންކަމުން

އަލިފުލައިލާ ވާހަކައަށް އަހުލާގީ އަދި ދީނީ ނަޒަރުން ވިސްނައިގެން ބައެއް

އަލްއުސްތާޛު އަޙުމަދު މާޖިދު

ފޮތުގެ ދުނިޔެއިން ާޗރީލ އެންޑް ޗޮކްލެޓް ފެކްޓްރީ

ޯރލްޑް ޑާހލްގެ ވާހަކައެއް ކަމަށް ވާ "ޗާރލީ އެންޑް ދަ ޮޗކްލެޓް ފެކްޓްރީ"

އަކީ ކުޑަކުދީންނަށްޓަކައި އިނގިރޭސި ބަހުން ލިޔެވިފައިވާ އެންމެ މަޝްހޫރު އެއް ވާހަކައެވެ. ހަމައެއާއެކު ދަންނަވަން ޖެހެނީ މި ވާހަކައަކީ އިނގިރޭސި ބަހުން ލިޔެވިފައިވާ ކުޑަކުދީންގެ ވާހަކަތަކުގެ ތެރެއިން އެންމެ ކިޔާލަން ރަނގަޅު ވެސް އެއް ވާހަކަ ކަމުގައެވެ. "މެޓިލްޑާ" އާއި "ޖޭމްސް އެންޑް ދަ ޖަޔަންޓް ޕީޗް" އާއި "ފެންޓާސްޓިކް މިސްޓަރ ޮފކްސް" އާއި "ދަ ބިގް ފްރެންޑް ޖަޔަންޓް" އާއި "ދަ ވިޗަސް" ވަދަ މަޝްހޫރު އެތައް ވާހަކަތަކެއް

ކުޑަކުދީންނަށްޓަކައި ލިޔުއްވި ޯރލްޑް ޑާހލްގެ އެންމެ މަގުބޫލު ވާހަކައަކީ "ޗާރލީ އެންޑް ދަ ޮޗކްލެޓް ފެކްޓްރީ" ކަމަށް ބައެއް މީހުން ދެކެއެވެ.

ޗާރލީ އެންޑް ދަ ޮޗކްލެޓް ފެކްޓްރީއަކީ ލިޔުންތެރިކަމުގެ ނަޒަރުން ބެލިޔަސް، ވާހަކައިގެ ހިޔާލުގެ ތަނަވަސްކަމަށް ބެލިޔަސް، ވާހަކައިން ލިބިދޭ އަހުލާގީ ފިލާވަޅުތަކަށް ބެލިޔަސް ނުހަނު ފުރިހަމަ ވާހަކައެކެވެ. އެހެން ވާހަކަތަކުން އާއްމުޮކށް ނުފެންނަ ފަދަ ހާދިސާތަކެއް ފެނިގެންދާ ވާހަކައެކެވެ. ވާހަކައިގެ ބަތަލަކީ ޗާރލީ ބެކެޓް އެވެ. ޗާރލީ ބެކެޓަކީ އާއިލާގެ މީހުން ދެކެ ޯލބިވާ، އެންމެންނަށް އިހުތިރާމުކުރާ، ތެދުވެރި، ރަނގަޅު ކުއްޖެކެވެ. އޭގެ ނަތީޖާއަކީ އޭނާގެ އާއިލާގެ ފަގީރުކަމާއެކުވެސް، ހެޮޔ ނަސީބު އަތުގައި

ހިފުމެވެ. ދުނިޔޭގައި ހުރި އެންމެ ޮބޑު ޮޗކްލެޓް ފެކްޓަރީގެ ވެރިޔަކަށް ޗާރލީ ވުމެވެ. ޮކންމެ ކުޑަކުއްޖަކަށް ވެސް މިވާހަކަ ވާނީ ހަނދާން ނައްތައިލަން އުނދަގޫ، ދެވަނަ ފަހަރަށް ކިޔާލަން

ބޭނުން ވާހަކައެއް ކަމަށް ބުނެވިދާނެއެވެ.

ކުދިކުދި ބަދަލުތައް ގެންނަން ޖެހޭ ނަމަވެސް، އަދަބިއްޔާތުގެ ދުނިޔޭގައި އެއީ ޒަހީރާއެކެވެ. ޖަވާހިރެކެވެ.

އިސްލާމީ ހަޒާރަތުގެ މި އުފެއްދުމުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި، ހުޅަނގުގެ އިލްމުވެރީން އާއްމުޮކށް މަސައްކަތްކުރަނީ އަލިފުލައިލާ

ވާހަކައަކީ އިސްލާމީ ދުނިޔޭގެ އިތުރުން ޖާހިލިއްޔަ ޒަމާނުގެ ޢަރަބި މުޖުތަމަޢާއި، އަދި ދެކުނު އޭޝިޔާ ފަދަ ސަރަހައްދުތަކުގެ ފުޯލކު ވާހަކަތައް އެއްޮކށްލައިގެން ކުރެވުނު މަސައްކަތެކޭ ބުނެ ނިންމައިލުމަށެވެ. މިއީ ވަރަށް ހިނި އަންނަ ޒާތުގެ ވިސްނުމެކެވެ. އަލިފުލައިލާއަކީ އެކެއްގެ މަސައްކަތެއް

ނޫނެވެ. އެއީ ހަގީގަތުގައިވެސް އިސްލާމީ ދުނިޔޭގެ އެކިއެކި ސަރަހައްދުތަކުގައި ކިޔެމުން ދިޔަ ފުޯލކު ވާހަކަތައް އެއްޮކށްލައިގެން ތައްޔާރުކުރެވުނު

މަޖުމޫއާއެެކެވެ. ނަމަވެސް އެފަދައިން ފުޯލކު ވާހަކަތައް އެއްޮކށްގެން، އޭގެ މަޖުމޫއާއެއް ހެދުމުގެ މަފްހޫމް ނުވަތަ ޮކންސެޕްޓަކީ އާދައިގެ ޮކންސެޕްޓެއް ނޫނެވެ. ޔޫރަޕުގައި މިފަދަ މަސައްކަތެއް ކުރެވިފައި ވަނީ މުސްލިމުން އެ

މަސައްކަތް ކުރިތާ އެތައް ސަތޭކަ އަހަރެއް ފަހުންނެވެ. އަލިފުލައިލާ ޔޫރަޕުގެ ބައެއް ބަސްބަހަށް ތަރުޖަމާ ކުރެވުމަށްފަހުގައެވެ.

އާއްމު ބަހުރުވައިން ނުވަތަ "ވަރނެކިޔުލަރ ލޭންގުއޭޖުން" ކިޔެމުން ދިޔަ އެ ވާހަކަތައް އެއްޮކށް، އަދަބީ ޮގތުން ބަލާއިރު "ގަތާލެވިފައިވާ

އަދަބާއި ފަންނު

Page 7: Sun Magazine 25th issue

www

7

ބުނެވޭ ޮގތުގައި ބަހުލޫލު އެއްފަހަރަކު ބަޞަރާއަށް ދިޔައެވެ. ބަޞަރާ ދެކެލަން ވެގެންނެވެ.

ބަޞަރާގައި ބަހުލޫލު ދަންނަ މީހަކު، އެކުވެރިއަކު ރަޙުމަތްތެރިއަކު ނުހުރެއެވެ. އެހެންކަމުން އޭނާ ފުރަތަމައިނުން ބެލީ ޝަހަރުގެ މުސާފިރުހާނާއަކުން

ހަފުތާއެއްހައި ދުވަހު ހުރެލާނޭ ޮކޓަރިއެއް ލިބޭޯތއެވެ. ނަމަވެސް ދުވަސްޮކޅަކީ ބަޞަރާގައި ބޭރުން އަރައި ތިބި ފަރުދޭސީންގެ

އެތައް ބަޔަކު ތިބި ދުވަސްވަރެއް ކަމުން، މުސާފިރުހާނާއަކުން ފަސޭހައިން ޮކޓަރިއެއް ލިބޭ ޮގތެއް ނުވިއެވެ. ދެން ހަދާނެ ޮގތެއް ނެތިގެން ބަހުލޫލު އުޅެނިޮކށް

އޭނާއަށް އަމިއްލަ ގެއަކުން ޮކޓަރިއެއް ކުއްޔަށް ދޭން ޮކންމެވެސް މީހަކު އެއްބަސްވެއްޖެއެވެ.

ބަހުލޫލަށް ޮކޓަރިއެއް ދޭން އެއްބަސްވި މީހަކީ ތަނަވަސް ދިރިއުޅުމެއް އުޅޭ މީހެކެވެ. އޭނާގެ ދެ ގެ ހުރެއެވެ. އެއް ގެއަކީ އޭނާއާއި އޭނާގެ އާއިލާގެ މީހުން ދިރިއުޅޭ ގެއެވެ. އަނެއް ގެއަކީ ކުރީން މި ބުނި ގެއާ ޖެހިގެން ކަހަލަ ޮގތަކަށް ހުންނަ މުސްކުޅި ގެއެކެވެ. ހަގީގަތުގައި އެއީ ގެގަނޑެކެވެ. ވަރަށް

ޒަމާންވެ، ބާވެފައި ހުރި ގެގަނޑެކެވެ. މީހަކު ދިރިއުޅޭކަށް އެތަން ކަމަކުވެސް ނުދެއެވެ. އެކަމަކު ބަހުލޫލު ބަޞަރާއަށް އައީ ހައެއްކަ ދުވަހަށް ކަމަށް ވެފައި، އެހެން ޮގތެއް ނެތުމުން ބަހުލޫލު އެ ގެއިން ލިބުނު ޮކޓަރިގަނޑު ގަބޫލުކުޅައެވެ.

އަދި އޭނާގެ ސާމާނާއެކު އެގެއަށް ދިޔައެވެ. ބަހުލޫލުގެ މޭޒުބާން ކަލޭގެ އޭނާގެ އަތުން ނެގީ އާދައިގެ ޮކޓަރިއަކަށް

މުސާފިރުހާނާއަކުން ވެސް ނަގާ ހަމައަގެވެ. ބަހުލޫލު މިކަމާ ވެސް އަޅައެއްނުލައެވެ. ބަހުލޫލު އެގޭގައި ހޭދަކުޅަ ފުރަތަމަ ރޭ ވީ ވަރަށް ވިއްސާރަ ރެއަކަށެވެ. ވައިގަދަވެ،

ޯބޮކށް ވާރޭ ވެހުނު ރެއަކަށެވެ. ވައިގެ ތެރޭގައި ގެ ހީވަނީ ދެންދެން ރޫޅިގެން ވެއްޓިދާނެ ހެންނެވެ. ގޭގެ އިމާރާތް ހުންނަނީ ވަޔާ ހެލިލަހެލިލައެވެ. އެޮގތަށް

ހެލޭއިރު "ރޫރޫ" އަޑުފަށްގަނޑު އިވިއިވި ހުރެއެވެ. އެރޭގެ ހަތަރުދަން ބަހުލޫލު ހޭދަކުރީ އެ އަޑުފަށްގަނޑާ ހުރެ ނުނިދިއެވެ.

ގެ ޮބލަށް ވެއްޓިދާނޭކަމުގެ ފިކުރުގައި ޮއވެއެވެ. އަނެއްދުވަހުގެ ފަތިސް ނަމާދު ޮކށްގެން ބަހުލޫލުގެ މޭޒުބާން އޭނާއަށް

ޒިޔާރަތްކުރަން އަތުވެއްޖެއެވެ. އޭނާ އައިސް ސަލާންގަލާންޮކށް، ހާލުއަހުވާލު އެހުމުން، ޖަވާބުދީ ހަދައިފައި ބަހުލޫލު ބުންޏެވެ. "އޭ އަޚާއެވެ! ކަލޭގެ

އަހަންނަށް ދިން މި ގެއަކީ ވަރަށް ބިރުވެރި ތަނެއް ކަމުގައި މެނުވީ ނުވެއެވެ. ތަންޮކޅެއް ބާރަށް ވައިޯރޅިއެއް ޖެހިލައިފިނަމަ މި ތަން ހީވަނީ ދެންދެން

ވެއްޓިދާނެހެންނެވެ. އަނެއްކާ މުޅި ރޭގަނޑު އިވެނީ އިމާރާތް ވަޔާ ހެލޭ އިރު އިވޭ ރޫރޫ އަޑުފަށްގަނޑެވެ. އެއަޑުފަށްގަނޑާހެދި މަފަކީރަށް ރޭ ޮލލުފިޔައެއްވެސް

ޖަހައިނުލެވުނެވެ."ބަހުލޫލުގެ ވާހަކަ އަހައިފައި އޭނާގެ މޭޒުބާން ކަލޭގެ ހީލާފައި މަޖާ ރާގަކަށް ބުންޏެވެ. "އެއީ މައްސަލައެއް ނޫނެއް ނޫން ހެއްޔެވެ؟ ކަލޭގެ ވެސް ދަންނާނޭ ފަދައިން ޮކންމެ މަހުލޫގެއް ވެސް އެންމެ މަތިވެރިވެގެންވާ އިލާހަށް

ހަމްދުޮކށް ތަސްބީހަ ކިޔައެވެ. އެއިވުނު އަޑަކީ މި ގޭގެ ތަސްބީހައިގެ އަޑެވެ." ބަހުލޫލު ޯބޖަހާލާފައި ޖަވާބު ދިނެވެ. "ތިޔައީ ރަނގަޅު ވާހަކައެކެވެ.

ދެން، ކަލޭގެވެސް ނިކަން ރަނގަޅަށް ދަންނާނޭ ފަދައިން ޮކންމެ މަހުލޫގެއް ވެސް ތަސްބީހަ ކިޔުމަށް ފަހު ދެން ދަނީ ސަޖިދައަށެވެ. މި ގެ ވެސް ތަސްބީހަ ކިޔައި ނިންމާފައި ދެން ދާނީ ސަޖިދައަކަށް ނޫން ހެއްޔެބެ؟ އެހެންކަމުން އަހަރެން ބޭނުމީ މި ގެ، އޭގެ ތަސްބީހަ ނިންމާފައި ސަޖިދަޔަށް ދިޔުމުގެ ކުރީން އެހެން ތަނަކަށް

ދާށެވެ." މިހެން ބުނެފައި ބަހުލޫލު އޭނާގެ ސާމާނުޮކޅު ހިފައިގެން، އޭނާގެ

މޭޒުބާނާ ވަދާއުޮކށްފައި އަނެއްކާވެސް މުސާފިރުހާނާއެއް ފެނޭޯތ ޯހދަން ބަޞަރާގެ ތެރެއަށް ނިކުމެއްޖެއެވެ.

މާމަލުގެ ހާރެއް" ފަދަ ފުރިހަމަ ނަޘުރަކުން އެ ވާހަކަ އެތައް ޮވލިޔުމަކަށް ލިޔުމަކީ އަދަބިއްޔާތުގެ ކިހައި ޮބޑު މަސައްކަތެއް ކަމާ މެދަކު ސުވާލުކުރުމުގެ ބޭނުމެއް ނެތެވެ. މި ފުރިހަމަ މަސައްކަތް

ކުރެއްވި ލިޔުންތެރީން އެ ވާހަކަތައް އެއްކުރެއްވީ އެފަދަ މަސައްކަތެއް ކުރީން ކުރެވިފައިނުވާ ބީދައަކުންނެވެ. އާދެ، ވާހަކަތައް ބަހާލެވިފައިވަނީ އެއްހާސް އެއްރެއަށެވެ. ޮކންމެ ރެއަކު ބައެއް ކިޔައިދޭ ޮގތަށެވެ. މި

"ލިޓަރަރީ ޑިވައިސް" އަކީ އަދަބީ ދުނިޔެއަށް އަލިފުލައިލާ ވާހަކައާއެކު އުފަންވި "ޑިވައިސް" އެކެވެ. ހުޅަނގުގެ ހަޒާރަތަށް އަލިފުލައިލާއިން

ޯފރާފައިވާ އަސަރުތަކަކީ ޮކބައިކަން ހަމައެކަނި "އަލާއުއްދީން" ކާޓޫނާއި "އަލީބާބާ" ގެ ވާހަކައާއި "ސިންދުބާދު" ގެ ވާހަކައަށް ބިނާޮކށް ތައްޔާރުކުރެވިފައިވާ ކާޓޫނުތަކަށް ބެލުމުންވެސް ދެނެގަނެވޭނެއެވެ. އަލިފުލައިލާގެ ވާހަކަތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ފުރަތަމަ "ކްރައިމް ފިކްޝަން" ކަމަށް ބެލެވޭ ވާހަކައާއި، އެންމެ

ފުރަތަމަ "ސައިންސް ފިކްޝަން" ވާހަކައާއި، އެންމެ ފުރަތަމަ "ޮހރަރ ފިކްޝަން" ކަމަށް ބެލެވޭ ވާހަކަ ހިމެނެއެވެ. ދުނިޔޭގެ އެތައް ނާވިލު ލިޔުންތެރީން އެބޭފުޅުންގެ ކެރިއަރު ފެއްޓެވުމުގައި އަލިފުލައިލާގެ އެހީ

ޯހއްދަވާފައި ވެއެވެ. އެފަދަ އެއް ބޭފުޅަކީ އެލެގްޒޭންޑަރ ޑޫމާއެވެ. އޭނާ ވިދާޅުވާ ޮގތުގައި ވާހަކަލިޔުއްވަން ފެއްޓެވުމުގެ ކުރީން އަލިފުލައިލާ

ވާހަކައިގެ ފަރަންސޭސި ތަރުޖަމާ ސަތޭކަ ފަހަރަށް ވުރެ ގިނަ ފަހަރު އޭނާ ވިދާޅުވިއެވެ. ޑޫމާ އަލިފުލައިލާ ވާހަކަޔަށް ޯލބިކުރެއްވި މިންވަރު

އަންގައިދޭ އެއް ހެއްކަކީ އޭނާގެ "ދަ ކައުންޓް ޮއފް ޮމންޓެ ކްރިސްޯޓ" ގައި، ވާހަކައިގެ ބަތަލް އެޑްމަންޑް ޑާންޓޭޒް އޭނާގެ އަސްލު ޮފރުވަން

ބޭނުންކުރާ ނަމެއްގެ ޮގތުގައި "ސިންދުބާދު" މިނަން ބޭނުންކުރާ ކުރުމެވެ.

އަލިފުލައިލާ ވާހަކަޔާ ބެހޭޮގތުން މިފަދަ ކުރު މަޒުމޫނެއްގައި އެޅޭނީ ހަމައެކަނި ސުރުހީއެވެ. އާދޭހެވެ! އަޅުގަނޑު އަދި ކިރިޔާ ސުރުހީ އަޅާލީއެވެ. އަލިފުލައިލާ ވާހަކައާ ބެހޭޮގތުން ދައްކަން ޖެހޭ ވާހަކަތައް ފުރިހަމަޔަށް ދެއްކޭނީ މިފަދަ އެތައް ސަތޭކަ ސަފުހާއެއް

ކަޅިޮކށްލައިގެންނެވެ.

ބަހުލޫލުގެ މޭޒުާބން

Page 8: Sun Magazine 25th issue

ވެއަތުވެ ދިޔަ ޤަރުނުގެ ކުރީޮކޅު މާލޭގައި ފަޅު ތިލަވުމުގެ ސަބަބުން )ފަޅޭ މި ދަންނަވަނީ މާލޭގެ އުތުރު ފަރާތު ފަޅެވެ( "ޖައްރާފާ"

ގެ ނަމުން ނަން ދެވުނު ޮކންނަ ޯބޓެއް މާލޭގައި ބަނދެވުނެވެ. މި ދެންނެވި ޖައްރާފާ ބަނީ ނުވަތަ އެ މަސައްކަތް ކުރީ ސްރީ ލަންކާއިން ގެނެވުނު މަސައްކަތު މީހުން ލައްވައެވެ. ދިވެހި ސަރުކާރުގެ ފަރާތުން

މިކަމުގެ އެންމެ ޮބޑު އިސް ވެރިއެއް ކަމުގައި ބެހެއްޓެވީ އެ ދުވަސްވަރު ރާއްޖެއަށް ޖެހޭ ޮކންމެ ޮބޑު ކަމެއްގައި އެންމެ އިސްޮކށް އުޅުއްވާ

އަލްފާޟިލް ޙާއްޖަ ޮހޅުދޫ ނެވިގޭ ޮދންމަނިކުގެ އިސްމާޢީލް ދީދީ، ނުވަތަ މަޝްހޫރު އަލްޙާއްޖަ އަލްމަރްޙޫމް މީރުބަޙުރު އިސްމާޢީލް ދީދީއެވެ. މި އިސްމާޢީލް ދީދީ އަކީ ދިވެހި ތާރީޚުގެ މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް މީރުބަޙުރުގޭ މުޙައްމަދު އިސްމާޢީލް ދީދީގެ ބައްޕައެވެ.

އާދެ، މިއީ ދިވެހި ރާއްޖޭގައި ޮއތް އެ ޒަމާނުގެ "ޑްރެޖަރެވެ". އާދެ، ޮކންނަ ޯބޓެވެ. މިއީ ހަގީގަތުގައި ޯބޓެއް ނޫނެވެ. އިންޖީނެއް ވެސް

ނުހުންނާނެއެވެ. ޖައްރާފާ އެއް ތަނުން އަނެއް ތަނަށް ގެންދާނީ ވަރަށް ފަލަ ރިތުން ކަނބާފައެވެ. އެކަމަކު މި ޖައްރާފާ އަކީ ވަރަށް އަގުހުރި އެއްޗެކެވެ. އެ އަގުހުރި ވަރީ، އައްޑު އަޮތޅު ގަމުގައި ދެވަނަ ޮބޑު

ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިން ތިބި އިރު އެބައިމީހުން ޮކންނަން ބޭނުން ވީ ތަންތަން ޮކންނަން ދިވެހި ސަރުކާރުގައި

އެދިގެން ގެންދިޔައީ މި ޖައްރާފާއެވެ. އެ މަސައްކަތާ ހަވާލު ވެގެން އައްޑު އަޮތޅަށް ވަޑައިގަތީ އަލްފާޟިލް އަލްމަރްޙޫމް ކެރަފާ މުޙައްމަދު

ކަލޭގެފާނެވެ. މި ދެންނެވި ޖައްރާފާ ބަނީ މާލޭގައެވެ. ބަނދެފައި ޮއންނަނީ

ފޫ ހަމަޔަށެވެ. މެދުގައި ހުންނަނީ މި ޒަމާނުގައި ނަމަ، ދަތްގަނޑު ލާފައި ޮއންނަ ކެރޭނެއް ކަހަލަ ބައެކެވެ. އެ ވައްޓާލީމާ ނެގޭ ވެލިޮކޅު

އަޅަން ހައްމާލާ ކިޔާ އެއްޗެހިތަކެއް ތައްޔާރު ޮކށްފައި ހުރެއެވެ. ޖައްރާފާ ޮއންނަނީ ކުކުޅު ބިސް ބުރު ބައްޓަމަކަށެވެ. އޭގެ އެއްޮކޅުގައި ޢަރަބި ލިޔުމުން "ޖައްރާފާ"، އަނެއްޮކޅުގައި ޢަރަބި ލިޔުމުން "އައްދައުލަތުލް

މަޙަލްދީބިއްޔާ" މިހެން ލިޔެފައި ވެއެވެ. މި ދެންނެވި ޖައްރާފާ މާލޭގައި މީރުބަޙުރު އިސްމާޢީލް

ދީދީގެ ބެއްލެވުމުގެ ދަށުން ބަނުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު އަޅުގަނޑުމެން އަހާ ޮގތުގައި އެތަނަށް ނުދާ ހަމަ އެކަކު ވެސް ނުހުރެއެވެ. އެ މަސައްކަތް ނިމެންދެން ވެސް އެ ކަމަކީ ވަރަށް ފާޑު ކިޔުނު ކަމެކެވެ. ދިވެހީންނަށް އެންމެ ޮބޑު ކަމަކަށް ވީ މޫދުގައި ގެންގުޅޭން ޖެހޭ އެއްޗެއް ދަގަނޑުން ހަދާތީއެވެ. އެންމެ ޮބޑު މައްސަލަ އަކީ ދަގަނޑުގައި ފެނުބާރު ހިފަހައްޓާނީ ކިހިނެއް ހެއްޔޭ ކިޔައިގެން ދެކެވުނު ވާހަކަތަކެވެ. އިސްމާޢީލް

ދީދީ އަކީ ދިވެހީންގެ ކުރިމަތީގައި ވަރަށް ޮމޅު ބޭފުޅަކަށް ވެފައި، މި ކަމުގައި ވަރަށް ބުއްދި ނެތް ބޭފުޅަކަށް ވެސް ވެއްޖެއެވެ. އެ ދުވަސްވަރުގެ

ގިނަ ދިވެހީން ދުށް ޮގތުގައި ދަގަނޑުން ބަނދެފައި މޫދަށް ބާލައިފިއްޔާ ދާނީ ހަމަ ސީދާ އަޑިޔަށެވެ.

ސިއްކަގޭ މުހައްމަދު ނަސީމް

8

މި ކަމާ ދެޮކޅަށް އިސްލާޢީލް ދީދީ ވިދާޅުވާނީ ފަހެ ކީކޭޯތއެވެ؟ އިސްމާޢީލް ދީދީ އަށް ޖެހިވަޑައިގަތީ މި ޮބޑު އުޅަނދު، ނުވަތަ މި ޮކންނަ ޯބޓު ނިމިގެން ބޭލޭނެ ދުވަހަކަށް އިންތިޒާރު ކުރައްވާށެވެ. އާދެ، ޖައްރާފާ މޫދަށް ބޭލި ދުވަހަކީ ދިވެހި ރާއްޖޭގެ ތާރީޚުގައި ފާހަގަ ކުރެވުނު ވަރަށް މުހިއްމު ދުވަހެކެވެ. އެ ދުވަހުގެ

ޮބޑުކަން ހުރިވަރީ، ދިވެހި ރާއްޖޭގެ ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ޖައްރާފާ ބާލާ ތަނަށް ވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ޮބޑުންނާ އެކު އެއިރުގެ ޮބޑު ވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް

ޮދށިމޭނާ ކިލެގެފާނު ވެސް ވަޑައިގެން ހުންނެވިއެވެ. މާލޭ މީހުން ތިބީ ޖައްރާފާ ފެންމަތީގައި ޯނންނާނެ ކަމަށް

ބަލައިގެންނެވެ. ނަމަވެސް ޖައްރާފާ ބޭލުމުން ފެނު އަޑިއަށް ދިޔައީ ދެތިން އިންޗިއެއް ހައި ތަނެވެ. ކުއްލިޔަކަށް، އެފަދަ ޮމޔަ ކަމެއް ކުރެއްވި އިސްމާޢީލް

ދީދީ އަކީ ވަރަށް ޮބޑު ބުއްދިވެރިއަކަށް ވެ، އިސްމާޢީލް ދީދީގެ ޮމޅުކަމުގެ ވާހަކަ ރަށުތެރޭގައި ދެކެވެން ފަށައިފިއެވެ.

މިއީ އަޅުގަނޑުމެން ކުޑަ އިރު މި ވާހަކަ އަޑު އަހައި އުޅޭ ޮގތެވެ. އާދެ، އަލްއަމީރު މުޙައްމަދު އަމީން ދީދީގެ ވެރިކަން ނިމި ދިޔަ އިރު ވެސް މި ޖައްރާފާ އޭގެ މަސައްކަތް ގަވާއިދުން ކުރެއެވެ. ހެނދުނު ހައެއް ޖަހާ އިރާއި ހަވީރު ހައެއް ޖަހާ އިރު ޖައްރާފާއިން އަޅާ ބަރުޮގނުގެ އަޑަކީ މީހުން ގަޑި

އަޅުގަނޑުމެންގެ އޭރުގެ ާހލަތު

Page 9: Sun Magazine 25th issue

9

ހަމަކުރަން ބަލާ އަޑަކަށް ވެސް ވެގެން ދިޔައެވެ. އަޅުގަނޑުމެން ކުޑަ ޒަމާނުގައި ވެސް މި ހިދުމަތްތެރި ޖައްރާފާ އޭގެ މަސައްކަތް ކުރަން

ޮއވެއެވެ. ޖައްރާފާ ޮއންނާނީ ހަތަރު ކަންކަށްޓަށް ވާ އަޅައިފައެވެ. ވަރަށް ޮބޑު ހިސާބެއް އެ ޖައްރާފާގެ ދަތްގަނޑުން ޮކނެވެއެވެ.

ޮކންމެއަކަސް، މީރުބަޙުރު އިސްމާޢީލް ދީދީގެ މޭސްތިރިކަމުގައި ބަނދެވުނު ޖައްރާފާ އަކީ ދިވެހި ޤައުމަށް ވަރަށް ޮބޑު ހިދުމަތްތަކެއް ކުރި ޮކންނަ ޯބޓެކެވެ. ޝައްކެއް ނެތެވެ. މި ޖައްރާފާގެ ހިދުމަތް އެއީ

އަޅުގަނޑުމެން ދުވަހަކުވެސް ހަނދާން ނައްތާލާ ވަރަށް ވުރެ ޮބޑު ހިދުމަތެކެވެ.

މިފަދަ އެހެން ވާހަކައެކެވެ. ވިހިވަނަ ގަރުނުގެ ވަރަށް ކުރީޮކޅު ދުނިޔޭގައި ފުރަތަމަ ފަހަރަށް މަތިންދާޯބޓު އުފައްދައިފިއެވެ. ނަވާރަވަނަ ގަރުނުގެ ފަހުޮކޅު މަތިންދާޯބޓު އުފައްދައި އޭގެ ކުރުކުރު ދަތުރުތައް ކުރަން ފަށައިފިއެވެ. އެ ދުވަސްޮކޅު އަލްއަމީރު މުޙައްމަދު އަމީންގެ ބައްޕާފުޅު އަލްއަމީރު

އަޙުމަދު ޮދށިމޭނާ ކިލެގެފާނު ޔޫރަޕަށް ދަތުރުފުޅެއް

ކުރެއްވިއެވެ. އެ ދަތުރުފުޅުން އެނބުރި މާލެ ވަޑައިގެން،

ދުނިޔޭގައި އިންސާނާ އުދުހެން ފެށި ވާހަކަ

މީހުން ކައިރީ ދައްކަވަން އެ ކިލެގެފާނު ވަރަށް

ޖެހިލުންވެވަޑައިގެންފިއެވެ. ޮކންމެއަކަސް އެންމެފަހުން މި ވާހަކަ ސަރުކާރުގެ ކުރިޔަށް

ތިބި މީހުންނާ ދައްކަވައިފިއެވެ. ޔޫރަޕުގައި މަތިންދާޯބޓު

އީޖާދު ޮކށް، އެ މަތިންދާޯބޓު ކިތަންމެ ލަސް ދުވެއްޔެއްގައި

ނަމަވެސް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރަން ފެށި ވާހަކައެވެ. މިސާލަކަށް، އެ ދުވަސްވަރު އިނގިރޭސި ވިލާތުން ފުރައިގެން އިންޑިޔާ އަށް މަތިންދާޯބޓުގައި އާދެވެނީ

ދިހަ ދުވަހުންނެވެ. އެންމެ ޮބޑު މައްސަލަ އަކީ އެ ވަރުގެ ދިގު ދަތުރެއް ކުރެވޭނެ ވަރަށް ޯބޓުގައި ތެޮޔ ރައްކާ ކުރެވެން ނުހުންނާތީއެވެ. ޮކންމެއަކަސް ކިލެގެފާނު މި ދެއްކެވި ވާހަކަފުޅު އެއްޮގތަކަށް ވެސް މީހުން ގަބޫލެއް ނުކުރިއެވެ. ޮބޑުންނާއި އަދި އާއްމުންގެ ހިޔާލަކީ، ދޫނި އުދުހޭ ހެން އިންސާނުން އުދުހޭނީ ކިހިނެއް ހެއްޔެވެ؟ އެއީ ހަމަ ކިލެގެފާނު ހައްދަވައިގެން

ދައްކަވާ އިތުރުފުޅެވެ. ޮކންމެއަކަސް މިއީ ވަކި މި ރާއްޖެއަށް ހާއްސަ ކަމެއް ނޫނެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ ގައުމުތަކުން ވެސް މި

ބާވަތުގެ ކަންތައްތައް ފެންނަނީ މަދެއްޮކށެއް ނޫނެވެ. މުޅީން އަލަށް ކަމެއް ހިނގުމުން އެކަމާ ދޭތެރޭ ވިސްނާލަން ޖެހޭ މިންވަރު ޮބޑީއެވެ.

ހަމަ ކުއްލިޔަކަށް ގަބޫލު ނުކުރެވެނީއެވެ.

އެހެން ވާހަކައެކެވެ. ދެވަނަ ޮބޑު ހަނގުރާމަ ފެށުނު ތަނާ ހެން ހަނގުރާމައިގެ ހަބަރު

އަޑުއެހުމަށް ޓަކައި ދެ ރޭޑިޯޔ ރާއްޖެއަށް ގެނެވުނެވެ. މި ރޭޑިޯޔ އަށް ކަރަންޓު ދީ، އޭތި ހުޅުވުމަކީ ޮކންމެޮކންމެ މީހަކަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެ ދުވަސްވަރު މުލީއާގޭގައި ހުންނަ ރޭޑިޯޔ އާއި، އަދި ނާޮކޅުގައި ހުންނަ ރޭޑިޯޔ

ބެޓެރީ ޮއން ޯއފް ޮކށް، ރޭޑިޯޔ ހުޅުވައި މި ކަންތައް ކުރެއްވި ބޭފުޅަކު އަދިވެސް މި ރާއްޖޭގައި އެބަ ހުންނެވިއެވެ. އާދެ، އެ ބޭފުޅަކީ ހެންވޭރު ޯސސަންގޭ

އަލްފާޟިލް ޢަބްދުهللا ޒުބައިރެވެ. ޒުބައިރުގެ މަސައްކަތަކީ ދައުލަތުގެ ޮބޑުން ނާޮކޅަށް ވަޑައިގަންނަވަން ވެއްޖެއްޔާ ރޭޑިޯއ ހުޅުވުމާއި ނިއްވުމާއި، މާލޭ

މުލީއާގޭގައި ހުންނަ ރޭޑިޯޔ ހުޅުވުމާއި ނިއްވުމެވެ. މި ކަންތައް ބެލެހެއްޓުމަކީ އަލްފާޟިލް ޢަބްދުهللا ޒުބައިރު ސަރުކާރުގައި ފުރަތަމަ އަދާ ކުރެއްވި ވަޒީފާއެވެ.

ދެން އެހެން ވާހަކައެކެވެ.1958 ވަނަ އަހަރުގެ ފަހުޮކޅު އަޅުގަނޑު ހުރީ ބ. އަޮތޅު

ދަރަވަންދޫގައި، އަޮތޅު ޮއފީހުގެ ކާތިބަކަށެވެ. އެ ދުވަސްވަރު ވަރަށް އުޑުމަތި ރީތި، އަވި ގަދަ ދުވަހެއްގައި މާ ވަރުގަދަޔަށް ގުގުރާ އަޑު ކަހަލަ އަޑެއް އިވެން

ފަށައިފިއެވެ. ދަރަވަންދޫ ރައްޔިތުން ބިރުން ދުވެ ޮގސް ވަނީ މިސްކިތަށާއި ކަތީބުގެ ގެއަށެވެ. އަޑުފަށްގަނޑު ގަދަ ވެގެން އަޮތޅުވެރިޔާ އަލްފާޟިލް ކުޑަ

އަޙުމަދު މަނިކު ބޭރަށް ނުކުންނެވި އިރު އޭނާގެ އަރިއަހުގައި އަޅުގަނޑު ވެސް ނިކުތީމެވެ. އެއިރުވެސް އަޅުގަނޑުމެންނަށް އެއީ މަތިންދާޯބޓެއްގެ އަޑު ކަން އެނގެއެވެ. އުޑުމަތި ސާފު ދުވަހެއް ކަމުން ވަރަށް ފަސޭހައިން އެ ޯބޓު އަޅުގަނޑަށް ފެނުނެވެ. ކުޑަކުޑަ ތީރެއް ހެން ދިޔަ ޯބޓު އަޅުގަނޑަށް ފެނުނީ ކުޑަކުޑަ ރިހިޮކޅެއް ހެންނެވެ. ޯބޓުގެ ފަހަތަށް ވަރަށް ދިގުޮކށް، ނިގުލެއް ހެން

ދުންގަނޑު ހުއްޓެވެ. މި ކަމަކާ ގުޅިގެން މީހުންގަނޑު ޮރއެ، ހަޅޭއްލަވައި، ވަރަށް

ކަންތައް ޮބޑު ވެއްޖެއެވެ. އެ ވަގުތު އެތާގެ މަގަކުން ހުރަސް މަގަށް މިޮއތް ނުކުމެވަޑައިގަތީ މަޝްހޫރު ސައްޔިދު ޢައްބާސެވެ. ޢައްބާސަކީ އިނގިރޭސި ތަޢުލީމުގެ ބޭފުޅަކަށް ވެފައި، އަޅުގަނޑު ހިތަށް އެރީ ހަމަ ގައިމު ވެސް މި

އިވެނީ ޮކން އަޑެއް ކަން ޢައްބާސަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޢައްބާސް އަރިއަހުގައި ދެންނެވުމުން ވިދާޅުވީ އެ ދަނީ މަތިންދާ ޯބޓެއް ކަމަށާއި، އެ

ޯބޓުގައި އަޅާފައި އެހެރީ ޖެޓް އިންޖީނެއް ކަމަށެވެ. ޢައްބާސް ވިދާޅުވި ޮގތުން ޖެޓް އިންޖީނު އީޖާދު ކުރި ތާ އަދި އަހަރެއްހައި ދުވަސް ވެސް ނުވެއެވެ.

އަޅުގަނޑުމެންނަށް މިކަން އެނގުނު ކަމުގައި ވިޔަސް މި ވާހަކައެއް ރައްޔިތުންނެއް ގަބޫލެއް ނުކުރިއެވެ. އެ މީހުން ވިސްނީ ހަމަ ގިޔާމަތް ވަނީ

ކަމަށެވެ. އެ ފެންނަނީ ގިޔާމަތްވުމުގެ އަލާމާތް ކަމުގައެވެ. އެއްގަމުން ދުވެފައި އައި މީހަކު ދިން ޚަބަރަކީ އަވަސް އަވަހަށް ގެއަކުން ނުކުންނަން ދުއްވައިގަތް މާބަނޑު އަންހެނަކު ގޭގެ ޮއޅިގަނޑުގައި އަޅައިގެންފައި އަނގަވަތަށް ވެއްޓި، އެ ބިރުވެރިކަމުގެ ތެރޭގައި އޭނާ ވިހެއި ވާހަކައެވެ. ޮކންމެއަކަސް މި ހާދިސާ ވެސް

ވަނީ ހިނގާފައެވެ. މި ދެންނެވި ދުވަސްވަރު ރަށުގެ ކަތީބުކަމުގެ މަގާމުގައި ހުންނެވީ

އަލްފާޟިލް ޔޫސުފު ޢަލިފުޅެވެ. ދާދި ފަހަކާ ޖެހެންދެން ޔޫސުފުފުޅު އުޅުއްވީ ދިވެހި ބަހާ ތާރީޚަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގައެވެ. ރަށުގެ ކުޑަކަތީބުކަމުގެ މަގާމުގައި ހުންނެވީ ޔޫސުފު ޢަލިފުޅުގެ ޮކއްޯކފުޅު ސަޢީދު

ޢަލިފުޅެވެ. މި ދެބެއިންނަކީ ވެސް ވަރަށް މަޝްހޫރު ދެ ޝާއިރުންނެވެ. ދެން އެ ރަށުގެ އެންމެ އިސް މަގާމު ކަމުގައި ވާ ނާއިބު ކަމުގެ މަގާމުގައި ހުންނެވީ

އަލްފާޟިލް އަބޫބަކުރު ޖައުހަރީއެވެ. އޭރު އަޅުގަނޑަކީ އުމުރުން ވަރަށް ޅަ ކުއްޖެކެވެ. އަޅުގަނޑުމެންނަށް މި ކަންތައް ޮބޑު ނުވިޔަސް ރަށުގެ ރައްޔިތުންނަށް މިއީ ކުޑަ ކަމަކަށް ނުވިއެވެ. ދުވަހުގެ އިރު ޮއއްސެންދެން މި ކަހަލަ ޮގތަކަށް

މި ކަންތައްގަނޑު ދެމިޮއތެވެ.

Page 10: Sun Magazine 25th issue

10

މަސައްކަތު މާހައުލުގައި އެކި ކަންކަމާ ގުޅިގެން، ކަންކަން ޮފރުވުމުގެ ނިޔަތުގައި، ވަރަށް އާދައިގެ، އޭގެ ތެދު ޮދގު ނޭނގޭ ކަހަލަ ކުދި ޮދގާއި، ބައެއް ފަހަރު މަދުމަދުން ނަމަވެސް ޮބޑެތި ޮދގު ހެދުން މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ސަގާފަތަކަށް ވެފައެވެ. މިފަދަ ބައެއް އާދައިގެ ޮދގު ވަރަށް ގިނަ

މުއައްޒިފުން ހަދަނީ މަސައްކަތު މާއަހުލު ކަމު ނުދާތީ، ވެރިން ޯގސްކަމުން، ނުވަތަ މަސައްކަތް ކުރާ ކުންފުނި ނުވަތަ ޮއފީހާ ދޭތެރޭ ހިތްހަމަނުޖެހިގެންނެއް ނޫނެވެ. ހަގީގަތުގައި އެއްވެސް ކަމެއް ޯގސް ވެގެންނެއް ނޫނެވެ. ނަމަވެސް ބަޔަކު ހިތްހަމަޖެއްސުމުގެ ބޭނުމުގައެވެ. އެކުގައި މަސައްކަތް ކުރާ މުއައްޒަފުން

ނުވަތަ ރިޯޕޓް ކުރަން ޖެހޭ ވެރިޔާ ހިތްހަމަޖެއްސުމުގެ މަގްސަދުގައެވެ. ޮދގުގެ ނިޔަތަކީ މުޅިއަކުން ޮއޅުވާލުން ނޫން ކަމުގައި ވިޔަސް ކުޑަ އިރުއްސުރެ

މައިންބަފައިންނާއި، މުދައްރިސުން އުނގަންނައިދޭ އެންމެ މުހިންމު އެއް ކަމަކީ ތެދުވެރިކަމެވެ. ބާރުއަޅަނީ ޮދގު އެއްޮގތަކަށް ވެސް ނުހެދުމަށެވެ. މިއީ ދެބަސްވެވެން ޮއތް ކަމެއް ނޫނެވެ. ދިރިއުޅުމުގައި ވެސް އަދި މަސައްކަތު މާހައުލުގައި ވެސް އަބަދު ވެސް ތެދު ބުނަމުން ގެންދާ ނަމަ ކުރިމަގުގައި

ތިމާއަށް ކަންކަން ފަހިވަމުން އަންނާނެއެވެ. ތެދުވެރިކަމުގެ ސަބަބުން ތިމާޔާ އެކު މަސައްކަތް ކުރާ އެންމެންގެ އިތުބާރު ލިބި އޭގެ ފައިދާ ތިމާޔަށް ކުރާނެ ކަމީ

ވެސް ޝައްކެއް ޮއތް ކަމެއް ނޫނެވެ. މީގެ އަނެއްޮކޅަކީ ޮދގު ހެދުމެވެ. ޮދގު ހެދުމަކީ ފަސޭހަ ކަމެކެވެ. ވަރަށް އާދައި ޮދގެއް ހަދާލައިގެން، ތިބާގެ ޒިންމާތަކުން ރެކެވި، ސަލާމަތް

ވެގެން ހުރެވިދާނެއެވެ. އެހެން ނަމަވެސް މިފަދަ ޮދގުތަކަކީ މަސައްކަތު މާހައުލަށް އެއްވެސް ފައިދާއެއް ހުރި އެއްޗެއް ނޫނެވެ. މީގެ އިތުރުން ގަސްދުގައި ނޫނަސް

ނުރަނގަޅު ސަގާފަތެއް އާލާ ކުރަމަށް އެހީތެރި ވެވެމުންދަނީއެވެ. ތެދު ބުނުން ކުރިއަށް ނެރެ، ތެދުވެރި މަސައްކަތު މާހައުލެއް ދިރުވުމަށް ބޭނުން

ވާ ނަމަ، މުއާމަލާތް ކުރުމުގައި ބައެއް ފަހަރު ވިސްނުމެއް ނެތި ބުނެވޭ އެއްޗިއްސާ މެދު ފުންޮކށް ވިސްނާލަން ޖެހެއެވެ. މި ކަމަށް ވިސްނާލައިފި ނަމަ ހަމަ ޔަޤީނުން ވެސް ޮދގު ހެދުމުން ދުރު ވެވޭނެއެވެ. ޮދގު ނުހަދާ ނަމަ ދެން

ބުނެވޭނީ ތެދެވެ. މަސައްކަތު މާހައުލުގައި ބައެއް ފަހަރު ދިމާ ވާ ބައެއް ކަހަލަ

ކަންތައްތަކުން ތެދުވެރިކަން ކުރިއަށް ނެރެން ބައެއް މީހުންނަށް އުދަގޫ ވާ ޙާލަތްތައް ހުރެއެވެ. މިފަދަ ބައެއް ކަންކަން ކުރު ޮގތަކަށް ބަޔާން ޮކށްލުމުން އެ

ކަހަލަ ކަންކަމުގައި ތެދުވެރިކަން ކުރިއަށް ނެރެވޭނެޮގތް އެނގިދާނެއެވެ.ފުރަތަމަ ކަމަކީ "އަހަރެންގެ މައްސަލައެއްނެތް، ކުރެވިދާނެ" މިހެން ބުނެވޭ

ބުނެވުމެވެ.މިއީ ކިހާ އިހުލާސްތެރިކަމާ އެކު ބުނާ ވާހަކައެއް ބާވައެވެ؟ މިހެން ތިމާ އެންމެ ފަހުން ބުނި ހާލަތާ މެދު ވިސްނާލަބަލާށެވެ. ފުނި ޖެހިފައި، ކުރަން ޖެހިފައި ހުރި މަސައްކަތްތަކުގެ އިތުރުން ތިމާޔާ ދިމާއަށް އާ މަސައްކަތެއް އަންނަ ހިނދު އެ ކަމާ ހަވާލު ވާން ޖެހިލުން ވެ، ދެ ފިކުރެއްގައި ހުރެ މެ،

މައްސަލައެއް ނެތް ކަމަށް ބުނެ ހަވާލު ވަނީއެވެ. މަސައްކަތާ ހަވާލު ވުމުގެ ނަތީޖާ އަކީ ތިމާ ބުނި ބަހަށް

ބަޯރސާ ޮކށްގެން ތިމާ ރިޯޕޓް ކުރަން ޖެހޭ ވެރިން އެ މަސައްކަތް އަވަސް ފުރުޞަތެއްގައި ނިންމާނެ ކަމުގެ އުންމީދުގައި ތިބޭނެ ކަމެވެ. ވީމާ، އާ

މަސައްކަތަކާ ހަވާލު ވާ އިރު ވެރިން ކުރެން ޮކން މަސައްކަތެއް ޯތ އެންމެ އަވަހަށް ނިންމަން ޖެހެނީ ސުވާލު ޮކށް ސާފު ކުރަން ވާނެއެވެ. މިހެން ހެދުމުން ވެރިންނަށް ތިމާގެ އަތުގައި ހުރި މަސައްކަތުގެ މިންވަރު ދެނެގަނެވޭނެއެވެ. އަދި އެންމެ އަވަހަށް ނިންމަން ވީ މަސައްކަތް ބުނެ ދެވި، މަސައްކަތް ނުނިންމިގެން

ކުށްވެރި ވާކަށް ނުޖެހޭނެއެވެ.ހަމަ މި ކަހަލަ އެހެން ޙާލަތެކެވެ. ތިމާ ވަރަށް މަސައްކަތް ކުރާ ހިތް ވާ ޑިޕާރޓްމަންޓަކަށް ބަދަލު ވުމުގެ ފުރުސަތު ލިބުމެވެ. މި

ފުރުސަތު ލިބުނު ނަމަވެސް ކުރަމުން އައި މަސައްކަތުގެ ޮކންމެވެސް ބައެއް އެހެން މީހަކު ލިބެންދެން ކުރެވިދާނެޯތ ވެރިޔާ ސުވާލު ކުރެއެވެ. ލިބުނު ފުރުސަތު ގެއްލިދާނެތީ އާއި، ވެރިޔާ މަސައްކަތެއްގެ ވާހަކަ ބުނީތީ ނޫނެކޭ

ބުނަން ނުކެރިގެން އެއްވެސް ސުވާލެއް ނެތި އެ މަސައްކަތާ ހަވާލު ވެވެއެވެ. އާ ޑިޕާރޓްމަންޓުގެ އާ

ވަޒީފާގެ ޮގންޖެހުންތަކާ އެކު އެއްކަލަ ކުރިން ހަވާލު ވި މަސައްކަތް

ޮއންނާނީ ޮއތް ތާނގައެވެ. އެންމެފަހުން އެ މަސައްކަތް ތިމާގެ

ކިބައިން ނެގިގެން ދާނީ ތިމާގެ ޮބލުގައި މަސައްކަތް ނުކުރެވޭ،

ފެއިލް ވީ މީހެއްގެ ނަން އެޅި ލަގަބު ލިބިގެންނެވެ.

ދެވަނަ ކަމަކީ "އަޅުގަނޑުގެ ސުވާލެއް ނެތް" މިހެން ބުނެވޭ

ބުނެވުމެވެ. މަސައްކަތު ވެށީގައި ތިމާއަށް އެ

މަސައްކަތެއްގެ ބާވަތާއި މަގުސަދު މާޮބޑު

ދޭހަ ނުކުރެވޭ ކަހަލަ މަސައްކަތް ވެސް

ބައެއް ފަހަރު ވެރިން ތިމާޔާ ހަވާލު ކުރާނެއެވެ. ފަހަރުގައި އެއީ އަދި މިހާ ތަނަށް ޮކށްފައި

ނުވާ ވައްތަރުގެ މަސައްކަތަކަށް ވެސް ވެދާނެއެވެ. މި ކަހަލަ ވަގުތުގައި މަސައްކަތާ ދޭތެރޭ ޮއންނަ ޝައުގުވެރިކަން ސައްތައިން ސައްތައިގައެއް ނުހުންނާނެއެވެ. ނުވަތަ ނުހުރެދާނެއެވެ. ކަން ކުރަން ވީ ޮގތް ވެރިޔާ

ކިޔައިދިނުމަށް ފަހު ދެން އެއްވެސް ސުވާލެއް ޮއތްޯތ އެހުމުން ކުރަން ހަވާލު ކުރި މަސައްކަތް، ނުވަތަ ކިޔައިދިން އެއްޗެއް ފަހުމު ނުވާ މީހަކަށް ނުވާން ވެގެން ސުވާލު ނުޮކށް، ޮއޅުން ނުފިލުވައި، އަދި ޝައްކު އުފެދޭ ނުކުތާތައް

ސާފު ނުޮކށް ހުންނަ ފަހަރު އަތުވެދާނެއެވެ. ވެރިޔާ ބޭނުން ވާ ޮގތަށް މަސައްކަތް ފުރިހަމަ ކުރުމަށް ޓަކައި ސުވާލު އުފެދޭ ކަންކަން ސާފު ކުރަން ޖެހޭނެއެވެ. ސީދާ ސުވާލު ކުރުމަށް ޖެހިލުން ވާ ނަމަ ހުރިހާ ކަމެއް ދޭހަ ވީޯތ ޔަގީން ޮކށްލުމަށް ބޭނުން ވާ ކަމަށް އެދޭނީއެވެ. މި ނޫން ޮގތެއް ޯނންނާނެއެވެ. ވެރިޔާ ބޭނުން ވާ ޮގތް އެހެން މުއައްޒަފަކަށް އެނގުން ލާޒިމެއް ނޫނެއެވެ. އެހެންވީމާ ޮކންމެވެސް

އެހެން މީހެއްގެ ކައިރިން އަހައިގެން ސާފު ކުރާނީއޭ ހިތައި ވެރިޔާގެ ކައިރީ ނޭހުމަކުން އަލިމަގެއް ނުލިބޭނެއެވެ.

ތިންވަނަ ކަމަކީ ޮއފީހަށް ނައިސް، ނުވަތަ ގަޑި ޖެހިގެން އައިސް އުޒުރުތައް ދެއްކޭ ޮގތް ވުމެވެ.

ބައެއް ފަހަރު ދިމާ ވާ ޮގތެކެވެ. ބައެއް މީހުންގެ ކަށީގައި ހިފާފައި ވެސް ހުންނަ އާދައެކެވެ. ނިދިން ހޭލަން ޖެހޭ ގަޑިޔަށް ޯސނާ

ގަޑި އެލާމް ޮކށްގެން ނިދާފައި، ގަޑި ޖެހިގެން ގަޑި އެލާރމް ވާން ފެށީމާ އެލާރމް ނިއްވާލާފައި، އަދި އިރުޮކޅަކުން ހޭލުމުގެ ނިޔަތުގައި ނިދާލެވެއެވެ.

ދެން ހޭލެވެނީ ޮއފީހަށް ޮސއި ކުރަން ޖެހޭ ގަޑި ކުޑަތަން ވެފައި ހުއްޓައެވެ. އަވަސް އަވަހަށް ފާހާނާ ޮކށްލައިގެން ސައި ވެސް ނުޮބއި ތެޅެމުން

ޮފޅެމުން ޮއފީހަށް ދަނީއެވެ. މިހެން ވަނީ ކިތައް ފަހަރުޯތއެވެ؟ ފަހަރެއްގައި

ވަީޒާފގައި ދޮގު ހެދުމުން ކުާރނެ ފައިާދއެއްނެތް

އަީލ ާހލިދު

Page 11: Sun Magazine 25th issue

11

މިހެން ވިޔަސް އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް މިކަން ތަކުރާރު ވާ ނަމަ މައްސަލަތައް ނިކުންނާނެއެވެ. ސުވާލާ ކުރިމަތި ލާން ޖެހޭނެއެވެ. ދެން އުޒުރު ދެއްކުމަށް ޓަކައި ހަދަން ޖެހޭނީ ލިސްޓެކެވެ. ގަޑި އެލާރމް

ނުވީއޭ، ގަޑި ހުއްޓުނީއޭ، ޮބލުގައި ރިއްސަނީއޭ، ޮހސްޕިޓަލުގައި ހޭލައި ހުރީއޭ، އެކްސިޑެންޓު ވީއޭ، މިފަދަ އުޒުރުތަކުގެ ލިސްޓެކެވެ. މި ލިސްޓު ކިތަންމެ

ވަރަކަށް ވެސް ދިގު ކުރެވިދާނެއެވެ. މިފަދަ ކިތަންމެ އުޒުރެއް ދެއްކިދާނެއެވެ. ނަމަވެސް މިފަދަ އުޒުރުތައް ގަބޫލު ކުރާ އެކަކު ވެސް ނުހުންނާނެއެވެ. މި ކަހަލަ އުޒުރުތައް ޮދގު ހަދައިގެން ދެއްކުމަކީ އާއްމު ކަމަކަށް ވާތީ،

ވެރީންނަކަށް އެފަދަ އުޒުރުތަކަށް އިތުބާރެއް ނުކުރެވެއެވެ. ހަތަރުވަނަ ކަމަކީ މަސައްކަތް އަތް ވެސް ނުލައި ފަހު ވަގުތަށް ބާއްވައިގެން ހުރެ، ޝެޑިއުލާ އެއްޮގތަށް މަސައްކަތް ނިމޭނެ ކަމަށް ބުނެ ޮދގު ހެދޭ ހެދުމެވެ. ތިމާ އަކީ މަސައްކަތްތައް ފަހަށް ބާއްވާ، ފަހު ވަގުތު ތެޅިޮފޅިގަނެގެން މަސައްކަތް ކުރާ މީހެއް ނަމަ، ވަރަށް ގިނަ ފަހަރު ޮދގު

ނުހަދައި ފަރަކުވެސް ނުޖެހެއެވެ.ވަރަށް ގިނަ ޮއފީސް، ކުންފުނި، އަދި ހިދުމަތް ދޭ

މުއައްސަސާތަކަކީ ވަގުތަށް މަސައްކަތް ނިންމައި ނަތީޖާ ދައްކަން ޖެހޭ ތަންތަނެވެ. ތިމާ ހަވާލު ވާ މަސައްކަތްތައް ދުރާލާ ކުރަމުން އަންނަނީ ނަމަ

އެއްވެސް މައްސަލައެއް ނެތި، ފަހު ވަގުތު ތެޅިޮފޅިނުގަނެ، ކަނޑައެޅިފައި ވާ ދުވަހަށް މަސައްކަތް ނިންމާލެވޭނެއެވެ. އެހެން ނަމަވެސް ނިންމަން

ޖެހޭ ދުވަސް އައިސް ޖެހޭ އިރު ވެސް މަސައްކަތް އަދި ނުފައްޓާ ޮއންނަ ނަމަ މަސައްކަތް ކުރިޔަށް ދާ ޮގތުގެ ވާހަކަ ވެރިޔާ އަހާ ޮކންމެ ފަހަރަކު ޖެހޭނީ ޝެޑިއުލާ އެއްޮގތަށް ކުރިއަށް ދަނީއޭ ކިޔައިގެން ޮދގެއް ހަދާށެވެ. އެއް ޖަވާބެއް ތަކުރާރު ވާ ނަމަ، އެ ހަދަނީ ޮދގުކަން ވެރިޔާއަށް ވެސް

ވިސްނޭނެއެވެ. ތާވަލަކަށް ބަހާލައިގެން މަސައްކަތް ކުރާ ނަމަ މަސައްކަތް

ޮގސްފައި ވާ ހިސާބެއްގެ ޮކންމެވެސް ވަރެއްގެ ތަފްސީލެއް ވެސް ވެރިޔާ

އަށް ދެވިދާނެއެވެ. އެއިރުން މަސައްކަތް ކުރިޔަށް ދާ ކަމުގެ ޔަގީންކަމާއި އިތުބާރު ވެސް ވެރިޔާއަށް ލިބޭނެއެވެ. މީގެ ބަދަލުގައި، ތެޅިޮފޅިގަނެގެން

ގަޑިއަށް ނިންމާލެވުނު ނަމަވެސް ދިމާ ވެދާނެ މައްސަލަތަކެއް ހުރެދާނެއެވެ. ވަގުތު ޮއއްވައި މަސައްކަތް ނިންމާލުމުން ކުރެވުނު

މަސައްކަތާ ބެހޭ ޮގތުން މަޝްވަރާ ޮކށްލައި، ހިޔާލު ބަދަލު ޮކށްލައި، ލަފާ އަހާލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. މަސައްކަތް ފުރިހަމަ ވެސް

ވާނެއެވެ. ދެން ފާހަގަ ޮކށްލަން ބޭނުން ވާ ކަމަކީ ސަލާމް ބުނުމުގެ

ކަންތަކެވެ. ގިނަ ވަޒީފާތަކުގައި އަހަރީ ޗުއްޓީ އަށް ނުހިމެނޭ ޮގތަށް ބަލި ވެގެން ސަލާމް ބުނެވެއެވެ. އަދި އެއް ދުވަހުގެ ސަލާމެއް ނަމަ ޮޑކްޓަރުގެ ސަޓިފިކެޓެއް ވެސް ހުށަހަޅާކަށް ނުޖެހެއެވެ. މި ޮގތަށް ސަލާމް ބުނުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ޚާއްޞަޮކށް އަހަރީ ޗުއްޓީ ހަމަ ވެފައި

ޮއވެއްޖެ ނަމަ މިޮގތަށް ސަލާމް ބުނުމަކީ ކުރެވޭ ކަމެކެވެ. ސަލާމް ބުނަން ޖެހެނީ ޮކންމެވެސް ބައްޔެއް ވެގެން ކަމަށް ވާތީ ސަލާމް

ބުނާނީ ބައެއް ފަހަރު ޮބލުގައި ރިއްސައިގަނެގެންނެވެ. ނުވަތަ ބަނޑުގައި ރިއްސައިގަނެގެންނެވެ. ނުވަތަ ޯރގާ ޖެހި އަރިދަފުސް އަޅައިގެންނެވެ.

ނަމަވެސް ވިސްނާލާށެވެ. އެކުގައި މަސައްކަތް ކުރާ މުއައްޒަފުން ކަންޮބޑު ވަނީ ތިމާގެ ކިބައިން ޯރގާ އަރާފާނެތީ އަށް ވުރެ ޮބޑަށް ތިމާ ގިނަގިނައިން ސީދާ ޮދގު ހަދާތީއެވެ. ޮދގު ނުހަދައި ވެސް ސަލާމް ބުނެ ގޭގައި މަޑު ކުރެވޭނެއެވެ. އަހަރެން ކަމެއް ޮކށްލަން ޖެހޭތީ ގޭގައި މިއަދު

މަޑު ޮކށްލީއޭ ވެސް ބުނެވޭނެއެވެ. ވިސްނާލަން ވީ މިފަދަ ސަލާމުގެ ސަބަބުން މަސައްކަތަށް ވެސް ހީނަރުކަން ލިބޭނެކަމެވެ. އަދި ތިމާ އަކީ އިތުބާރު ނުހިފޭ ޮދގު ހަދާ މީހެއްގެ ޮގތުގައި ލޭބަލް ކުރެވިގެން ދާ

ކަމެވެ. މިއީ ވިސްނާލަން ޖެހޭ ކަމެއް، އެހެން ނޫންޯތއެވެ؟

ވަީޒާފގައި ދޮގު ހެދުމުން ކުާރނެ ފައިާދއެއްނެތް

Page 12: Sun Magazine 25th issue

އަލް އުސްާތޒު އަހުމަދު ާމޖިދު

ީޖލަކަށްފަހު ީޖލެއް ާފހިޝް ކަމުގެ ތެރެއަށް ގެނބެީނ

ސަބަބުތަާކއި ނަީތާޖ ތަާކމެދު ވިސްނަީނ ާކކު؟

އަޅުގަނޑުމެންގެ ދަރީންގެ ތައުލީމީ ހަޔާތުގެ އެންމެ މުހިއްމު އެއް ބަޔަކީ "ޯވލްޓް ޑިޒްނީ އިންޓަރނޭޝަނަލް އިސްލާމިކް ޕްރައިމަރީ

ސްކޫލް" އެވެ. ދުނިޔަވީ ދިރިއުޅުމަށްޓަކައި އެކުދީންނަށް ފުރަތަމަ ފެންނަ "ޯރލްޮމޑެލުން"ނަކީ ސިންދްރެއްލާއާއި ސްޯނވައިޓާއި ޮޕކަޯހންޓަހާއި ލިޓްލް މާރމެއިޑެވެ. މީގެ ތެރެއިން ޮކންމެ "ޯރލްޮމޑެލަކީ" ވެސް ކައިވަންޏަކާ ނުލައި ފިރިހެނުންނާ ޯލބީގެ ގުޅުން ބާއްވައި، ޖިންސީ ޮގތުން "ގާތްވެ" އުޅޭ "މީހުން"ނެވެ. އެ މަންޒަރުތައް ކާޓޫނުތަކުން ދައްކައެވެ. ނުވިތާކަށް އެއިން "އެކަކު" ވެސް އަޅައިގެން ހުންނަނީ ސަހަލު ހެދުމެއް ނޫނެވެ.

މިސާލަކަށް، "ލިޓްލް މާރމެއިޑް"ގެ ޮފޯޓއެއް ޮކންމެވެސް ތަނަކުން ޯހއްދަވައިގެން ބައްލަވައިލައްވާށެވެ. އަޅުގަނޑު މިދަންނަވަނީ ޮދގެއް ނޫންކަން

އެނގިވަޑައިގަންނަވާނެއެވެ.ނަމަވެސް މިމައްސަލަ މައްސަލައެއްގެ ޮގތުގައި ނަގާ މަދު މީހަކު

ނޫނީ ނެތެވެ. މިކަމާ ކަންޮބޑުވާ މީހުންގެ އަދަދު އަތުގެ ފަސް އިނގިލީން ގުނާލެވެއެވެ. އިސްތިސްނާ ހާލަތްތަކުގައި މެނުވީ، އަޅުގަނޑުމެންގެ

ވިސްނުމަކީ ދަރީންނަށް އިނގިރޭސި ބަސް އުނގަންނައިދިނުމަށްޓަކައި ޮކންމެ ފަދަ ކަމެއް ކުރުމަކީ ވެސް މައްސަލައެއް ނޫންކަމެވެ. އިނގިރޭސި

ބަސް އިސްލާމީ އަޚްލާޤީ ހައްދުތަކުގެ ތެރޭގައި ކިޔަވައިދެވޭނޭ ޮގތްތައް ހުއްޓަސް އެކަމާ މެދު ވިސްނާ ބަޔަކު ނުހަނު މަދެވެ. މިއަދު ޢަރަބި ބަސް

އުނގެނުމަކީވެސް ދިވެހީންގެ ނަޒަރުގައި ކަޓުމުއްލާ ކަމެކެވެ. މިޮގތަށް ދެކޭ "ދީނީ ޢިލްމުވެރީން" ވެސް އަޅުގަނޑު މި ޤައުމުން ދެކެފީމެވެ.

"ޢަރަބި ބަސް ކިޔެވުމަކީ ބޭކާރު ކަމެކޭ، މިހާރު ކާމިޔާބު މީހަކަށް ވެވޭނީ އިނގިރޭސި ބަސް ކިޔަވައިގެންނޭ، އަހަރެމެންވެސް އިނގިރޭސި ބަހުގެ ބަދަލުގައި ޢަރަބި ބަސް ކިޔެވުނީތީ ދެރަވެޔޭ" ބުނާ "ޝައިޚުން"ގެ

އަޑުވެސް އަޅުގަނޑު އަހައިފީމެވެ. ލިޓްލް މާރމެއިޑާއި ސްޯނވައިޓަށް ފަހު "ޮބޑު މަންޒަރަށް" ދެން އަންނަނީ ހޭނާ ޮމންޓާނާއެވެ. މިލޭ ސައިރަހެވެ. އަޅުގަނޑުމެންގެ ޅަދަރީންގެ ތައުލީމީ ހަޔާތުގެ ދެވަނަ މަރުހަލާގައި ޯރލްޮމޑެލަކީ އޭނާއެވެ. ދެންނެވުމުގެ

12

މާލޭގެ ބައެއް ބުކް ޮޝޕްތަކުގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ޮފތްތައް

Page 13: Sun Magazine 25th issue

13

ބޭނުމެއް ނެތް ފަދައިން ހޭނާ ޮމންޓާނާ އާއި އެ ކެރެކްޓަރ ކުޅޭ މިލޭ ސައިރަސްގެ ކަންތައް "ޮޕކަޯހންޓަހަށް" ވުރެ އެތައް ގުނައެއް ޮބޑެވެ. މާލޭގެ މަގުމަތީން ސްކޫލަށް ދާ ކުޑަ އަންހެން ކުއްޖަކު ފެނިއްޖެނަމަ، މަދު ފަހަރަކު

މެނުވީ އެކުއްޖެއްގެ ދަބަހުން އެމީހެއްގެ ޮފޯޓ ފެންނަ މިލޭ ސައިރަހަކީ އެއްޖިންސުން ގުޅުންހިންގުން ކަމުގައި ބެލެވޭ ފަދަ އަމަލުތަކެއް ހިންގައި،

އެކަންތައް ކުރަނިޮކށް ނަގާފައި ހުރި ޮފޯޓތަކެއް އޭނާގެ މައިސްޕޭސް އެކައުންޓަށް ޯޕސްޓްކުރި މީހެކެވެ. މީގެ އިތުރުން، އުމުރުން 16 އަހަރު

ވެސް ނުވަނީސް ނަގާފައިވާ އޭނާގެ ފާހިޝް ޮފޯޓތަކެއް ވެސް އިންޓަރނެޓަށް ވަނީ ލީކުވެފައެވެ. މިއީ އަދި އޭނާ ކުޅެފައި ހުރި، އަޅުގަނޑުމެންގެ ޅަކުދީން

ބަލައިއުޅޭ ފިލްމުތަކުގައި ހުންނަ ފާހިޝް މަންޒަރުތަކުގެ އިތުރުން ހިނގާ ކަންތައްތަކުގެ ވާހަކައެވެ.

ހޭނާ ޮމންޓާނާއަށް ފަހު ދެން އަޅުގަނޑުމެންގެ ދަރީންނަށް ފެންނަނީ މެޯޑނާއެވެ. ބްރިޓްނީ ސްޕިއަރސް އެވެ. ލޭޑީ ގާގާއެވެ.

ރައިހާނާއެވެ. ޖެނިފަރ ޮލޕޭޒެވެ. މީގެ ތެރެއިން ޮކންމެ މީހަކީ އެމީހެއްގެ ހުނަރާއި މަޝްހޫރުކަމުގެ ބޭނުން ހިފައިގެން ފާހިޝް ކަންތައްތައް ދުނިޔޭގައި

ފަތުރާ މީހުންނެވެ. ހެދުން އަޅައިގެންމެ، ޮއރިޔާން ހާލުގައި ތިބޭ ވަހުޝީ މީހުންނެވެ. ޒުވާނުންގެ ދުނިޔެއަކީ ޖިންސީ ކަންތައްތަކާއި ނާޗަރަންގީކަމުގެ

ވިސްނުން ފަތުރާ މީހުންނެވެ. އަޅުގަނޑުމެންގެ ޒުވާނުން މިމީހުން އުޅޭ ޮގތަށް އުޅުމުން އެކަމާ ހައިރާންވާކަށެއް ނުޖެހެއެވެ. އެހެނީ އެމީސްމީހުންނަކީ

ޯރލްޮމޑެލުން ކަމަށް ދައްކަނީ ޚުދު އަޅުގަނޑުމެން އަމިއްލަޔަށެވެ. އެމީސްމީހުން ފާހިޝް މަންޒަރުތަކާއި ފާހިޝް ބަސްތައް ބޭނުންޮކށްގެން

ހަދައިފައި ނެރޭ ލަވަތަކާއި ވީޑިޯއތައް މި މުޖުތަމައުގައި އާއްމުޮކށް ދައްކަނީ ޚުދު ދިވެހި ރާއްޖޭގެ ޓީވީތަކުންނެވެ.

މި ދެންނެވި "ފަންނާނުން" ކުޅެފައި ނެރޭ ޮކންމެ ވީޑިޯއއަކީ ވެސް ފާހިޝް މަންޒަރުތައް ހިމެނޭ ވީޑިޯއއެކޭ ދެންނެވުމަކީ ކުށަކަށް ވާނެހެން އަޅުގަނޑަކަށް ހީއެއް ނުވެއެވެ. އެ މަންޒަރުތައް ދިވެހި

ޓީވީ ޗެނަލްތަކުން ދެއްކުމުން އަޅުގަނޑުމެންގެ ކުޑަކުދީންނަށް އެތަކެތި ފެނެއެވެ. ޅަޒުވާން ކުދީން އެތަކެތި ބަލައެވެ. އޭގެ ސަބަބުން އެކުދީންގެ

ޝަހުސިއްޔަތަށް ކުރާނެ އަސަރުތަކާ މެދު ވިސްނަނީ ކާކުޯތއެވެ؟ ހަމައެކަނި

މި ދެންނެވި ފަދަ "ސެލެބްރިޓީން"ނެއް ނޫނެވެ. ޚުދު ދިވެހި ރާއްޖޭގައި ތައްޔާރުކުރާ އިޝްތިހާރުތަކުގައި ޖިންސީ އަދި ފާހިޝް ވިސްނުންތަކަށް މީހުން ލަންބުވާލާ މަންޒަރުތައް ކިހައިވަރަކަށް ދައްކާޯތއެވެ؟ ދިވެހި

ރާއްޖޭގައި ތައްޔާރުކުރާ ވީޑިޯއލަވަތަކާއި ފިލްމުތަކުގައި ހުންނަ މަންޒަރުތައް ވަކީން ސަހަލުޯތއެވެ؟ ދިވެހި ރާއްޖޭގައި ދައްކާ ސެޓެލައިޓް ކޭބަލް ޓީވީގެ

ޗެނަލްތަކުން ފާހިޝް އަދި ޖިންސީ މަންޒަރުތައް ކިހައިވަރަކަށް ދައްކާޯތއެވެ؟ މިކަމާމެދު ވިސްނަނީ ކާކުޯތއެވެ؟ މިކަމާ މެދު ބަޔާންތައް ނެރެނީ ޮކން

ބައެއްޯތއެވެ؟ ދިވެހި ރާއްޖޭގެ "ޓީނޭޖް" އުމުރުގެ ކުދީންގެ ތެރޭގައި އެންމެ ހިނގާ ވާހަކަތަކަކީ ޮކބައިޯތ ދިރާސާއެއް ޮކށްލައިފިނަމަ، އެވާހަކަތަކަކީ

"މިލްސް އެންޑް ބޫން" ސީރީޒްގެ ވާހަކަތައް ކަމަށް ވުމަކީ ވަރަށް ގާތް ކަމެކެވެ. މިލްސް އެންޑް ބޫން ވާހަކަތައް ދިވެހި ރާއްޖޭގެ ޮފތްފިހާރަތަކުގައި އާއްމުޮކށް ވިއްކަން ހުރެއެވެ. މި ވާހަކަތަކަކީ ކަނޑައެޅިގެން "ޯޕރޯނގްރަފީ" ކަމުގައި ބެލެވޭނެ އެއްޗެހިތަކެކެވެ. ޯޕރޯނގްރަފީގެ އެންމެ މަތީ ދަރަޖައަށް ލައްވާނުލިޔަސް، އޭގެ ދާއިރާއިން މި ވާހަކަތައް ބޭރުވާނެ ހަމަ އެއްވެސް

ޮގތެއް ޯނންނާނެއެވެ. އަޅުގަނޑުގެ ބަހާ މެދު ޔަގީންކަން ޯހއްދަވަން ބޭނުންފުޅު ނަމަ މާލޭގެ ޮފތްފިހާރައަކަށް ވަދެވަޑައިގެން އޭގެ ޮފތެއް

ޯހއްދަވައިގެން ފަރުވާތެރިކަމާއެކު، ރަނގަޅަށް ބައްލަވައިލައްވާށެވެ! މިލްސް އެންޑް ބޫންގެ އިތުރުން ދިވެހި ކުދީން ކިޔައިއުޅޭ "ސްވީޓްވެލީ" ސީރީޒްއާއި

"ނޭންސީ ޑްރޫވ" ފަދަ ޮފތްތަކަކީ ވެސް ޖިންސީ ޮގތުން "މިނިވަން" ވިސްނުމެއް ކުދީންގެ ކިބައިގައި އުފެދޭ ޮގތްޮގތަށް ލިޔެފައި ހުންނަ

ވާހަކަތަކެވެ. މިކަމާ މެދު ކަންޮބޑުވުން ފާޅުކުރީ ކާކުޯތއެވެ؟ އެތަކެތީގެ ސަބަބުން ކުދީންގެ ޝަހުސިއްޔަތު ހަލާކުވެ، ފާހިޝް ވިސްނުންތަކަށް ކުދީން އަޅުވެތިވެގެންދާކަން ފާހަގަޮކށް، އެކަމާމެދު ވާހަކަދައްކަނީ ޮކންބައެއްޯތއެވެ؟ ދިވެހި ރާއްޖޭގެ ޮފތްފިހާރަތަކުން ލިބެން ހުރި "ޯޕރޯނގްރަފީ" ގެ ދާއިރާއަށް

ފެތޭ ހަމައެކަނި ވާހަކަތަކަކީ މިލްސް އެންޑް ބޫން ވާހަކަތަކެއް ނޫނެވެ. އެނޫނަސް "ޮރމޭންސް" ގެ ލޭބަލް ޖަހައިފައި ފިހާރަތަކުގައި މި ބާވަތުގެ

އެތައް ވާހަކައެއް ވިއްކަން ހުރެއެވެ. ހެރާލްޑް ޮރބިންސް ފަދަ ލިޔުންތެރީންގެ ވާހަކަތަކެވެ. މި ވާހަކަތަކަކީ ޖިންސީ މަންޒަރުތައް ރީތިޮކށް ސިފަޮކށްދީ،

Page 14: Sun Magazine 25th issue

14

ހުތުރު ބަހުރުވައިން އެ ފަދަ އަމަލުތައް ހިނގާޮގތް ކިޔައިދޭ ވާހަކަތަކެވެ. ނުވިތާކަށް، ފާހިޝްކަން ހައްދުފަހަނަޅާފައި ހުންނަ ޮފޯޓތައް އެވާހަކަތަކުގެ ބަނޑޭރިގަނޑުގައި ޖަހައިފައި ހުންނަ ވާހަކަތަކެވެ. ނަމަވެސް މިކަންވެސް

އަޅުގަނޑުމެންގެ ތެރޭގައި މާކަ ޮބޑު ކަމަކަށް ނުވެއެވެ. ބެލެނިވެރީން ޮފތްފިހާރަތަކަށް ކުދީން ޮގވައިގެން ވަޑައިގަންނަވައި، ބެލެނިވެރީންގެ ހާޒިރުގައި ކުދީން މި ދެންނެވި ޮފތްތައް ނަގައިގެން ހުޅުވައިގެން ތިއްބައިވެސް އަޅުގަނޑު ދުށީމެވެ. މައްސަލައެއް ނެތްތާއެވެ! އެތަކެތީން ވެސް ކުދީންގެ އިނގިރޭސި ފެންވަރު ރަނގަޅުވޭ ވިއްޔާއެވެ! ޮފތް ވިއްކާ މީހާޔަށް ނުހަނު ޮބޑު ފައިދާ

ވެސްވޭ ވިއްޔާއެވެ! ދެން ޮއތީ

އިންޓަރނެޓުގެ ވާހަކައެވެ. އިންޓަރނެޓަކީ އޭގެ

ފައިދާތަކާއި ބޭނުންތައް ގިނަގުނަ އެއްޗެކެވެ.

އެކަމާ ދެޮކޅު ހަދާކަށް އަޅުގަނޑު ނުއުޅެމެވެ. ނަމަވެސް މިޒަމާނުގައި ފާހިޝް ކަންތައްތައް

ދުނިޔެއަށް ފެތުރުމަށްޓަކައި ޝައިތާނިއްޔަތުގެ އަހުލުވެރީން އެންމެ ޮބޑަށް ބޭނުންކުރާ އެއް

ވަސީލަތަކީ އިންޓަރނެޓެވެ. މިއީވެސް އަޅުގަނޑުމެން ހަނދާނުން ނައްތާލައިގެން

ވާނެ ކަމެއް ނޫނެވެ. ނަމަވެސް ދިވެހި ރާއްޖޭގައި މިކަމާ

މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅެނީ ކިހައިވަރަކަށް ބާވައެވެ! ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އިންޓަރނެޓްގެ ބައެއް ސައިޓްތައް ބްޮލކްކުރެއެވެ.

ފާހިޝް ސައިޓްތައް ބްޮލކްކުރުމަކީވެސް ކުރެވޭ

ކަމެކެވެ. ބައެއް ގައުމުތަކުގައި ކުރާ ކަމެކެވެ. ނަމަވެސް

ރާއްޖޭގައި އެ ސައިޓްތަކަށް ވަނުމުގައިވެސް އެއްވެސް

ހުރަހެއް ޮއތް ހެނެއް އަޅުގަނޑަކަށް ހީއެއް ނުވެއެވެ. ސްކޫލްކުދީންގެ ޕެންޑްރައިވްތަކާއި ޮކމްޕިޔުޓަރުތަކުން، އިންޓަރނެޓުން ނަގައިފައި ހުންނަ ފާހިޝް ވީޑިޯއތަކާއި ޮފޯޓތައް ފެނުމަކީ އާއްމުޮކށް ހިނގާ ކަމެކެވެ. ނަމަވެސް މިކަމާ މެދު އަޅުގަނޑުމެންގެ ތައުލީމީ ވުޒާރާއިން ކަންޮބޑުވެގެން އުޅުއްވާ ތަނެއް

ނުފެނެއެވެ. ދިވެހި މުޖުތަމައު މިވަނީ ފާހިޝްކަމާއި ޖިންސީ

ހައްދުފަހަނައެޅުންތަކުގެ އެންމެ މަތީ ދަރަޖައަށް ވާސިލުވެފައެވެ. ދިވެހި އަންހެން

ކުދީން ހެދުން އެޅުމުގައި ނަމޫނާއަކަށް ބަލަނީ މިލޭ ސައިރަހާއި ބްރިޓްނީ ސްޕިއަރޒްއެވެ. ޅައުމުރުގައި "ރައްޓެހި"ވެގެން ބަދުއަހުލާގީ އަމަލުތައް

ކުރުމަކީ މިހާރު ދިވެހި ދިރިއުޅުމުގެ އެންމެ މުހިއްމު ބައެވެ. ޒިނޭ އާއްމުވެ، ޒިނޭހާނާތައް މިވަނީ ގައުމުގައި އެންމެ ހިނގާ އެއް ވިޔަފާރިއަށް ވެފައެވެ. މާދަމައެއް ޮއތް ކަމާމެދު ބިރެއް، ޖެހިލުމެއް، ވިސްނުމެއް، ފިކުރެއް ނެތި "ގާރޫނު ވިޔަފާރިން" މިލިއަނުން ފައިދާ ޯހދައިގެން އުޅޭ "ގާރޫނުތައް"

އަޅުގަނޑުމެންގެ ތެރޭގައި މަތިހަށިނަގައިގެން ހިނގަނީއެވެ. މުޖުތަމައުގައި އެމީހުންނަށް ޮއތީ ބާރާއި ގަދަރާއި އިހުތިރާމެވެ. ދައުލަތުގެ "ބަނުމާއި

ޮމހުމުގެ" އަހުލުވެރީން ފާހިޝް އަމަލުތަކުގެ ތެރެއަށް ގެނބިފައި ތިބިކަން އެނގުމުން ވެސް އަޅުގަނޑުމެންނަށް އެކަން މާކަޮބޑު ކަމަކަށް ނުވިއެވެ. މާލޭގެ ބަނދަރުގައި ޮއތް ޯބޓަކުން

ފަރުމައްޗަށް ސަތޭކަ ވަރަކަށް ޕްލާސްޓިކް ޮކތަޅު އަޅައިލުމުން ވެސް އަޅުގަނޑުމެން މާޮބޑަށް

ކަންޮބޑުވެއެވެ. މިއީ މިގައުމުގެ ހާލަތު

މިއަދު ޮއތް ޮގތެވެ. މި ދެންނެވި ކަންތައްތައް މިޮގތަށް ހުރިއިރުވެސް އެބޭފުޅުން އުޅުއްވަނީ އިސްލާމް ދީން "މާޮބޑަށް" ކިޔަވައިދެވޭތީ

އެކަމާ ޮމޅިފުޅުންނެވެ. އިސްލާމްދީން ތައުލީމީ ނިޒާމުން ބޭރުޮކށްލާނޭ ޮގތްތަކަކީ ޮކބައިޯތ ދިރާސާ

ކުރެއްވުމުގައެވެ. "ޯވލްޓް ޑިޒްނީ އިންޓަރނޭޝަނަލް އިސްލާމިކް

ޕްރައިމަރީ ސްކޫލް" އާއި "ހޭނާ ޮމންޓާނާ ހައިސްކޫލް" އާއި

"ބްރިޓްނީ ސްޕިއަރސް ޮކލެޖުން" ކިޔަވައިގެން ނިކުންނަ ޒުވާނުން ބަނގުޅީގެ އަވައިގައި ޖެހިފައި ތިބެގެން ޒިނޭގެ ނާޗަރަންގީ

މަހެފިލްތަކުގައި ހަފުސްވަނީއެވެ. އެކަމަކުވެސް އެބޭފުޅުން ވިދާޅުވަނީ ގައުމު ތަރައްގީގެ މަގުގައި ދުވާލަކު ހާސް ފިޔަވަޅު އަޅަމުން ކުރިޔަށް ދާ ކަމަށެވެ. އެބޭފުޅުން އެވިދާޅުވާ

ތަރައްގީއަކީ އަނެއްކާ ޒިނޭއާއި "ގާރޫނު ވިޔަފާރި" އާއްމުވެ، ޒުވާނުން "ޮއރިޔާންވެ"، އިސްލާމްދީން މިގައުމުން ޮފހެވިގެން ދިޔުން ނޫން ބާވައެވެ!

ގާރޫނު ވިޔަފާރިއަށް ބަދުބަހެއް ބުނެލާ މީހެއްގެ ކިބައިގައި ހުރި އުނިކަމެއްނަމަ ނިކަން އުޕަރުވެލާފައި އެކަން ފާހަގަޮކށް، އެމީހެއްގެ ފަހަތުން އަވަސްއަވަހަށް ދުއްވައިގަންނަނީ ވެސް އެހެންވެގެން ޯތއްޗެކެވެ. ހުޅަނގަކީ "ކަލެއް" ކަމަށް ގަބޫލުޮކށް، ޮކކްސަކީ "ރަސޫލެއް" ކަމަށް ބަލައިގެންފި ބަޔަކަށް ވާނީ ވެސް

މިކަހަލަ ޮގތެއްތާއެވެ!

ކާއެއްޗެހީގެ ސަބަބުން ކުދިންގެ ޖިސްމާނީ ހެދި ޯފދުމަށް ދާއިމީ ޮގތެއްގައި އަސަރުކުރާ ފަދައިން ކިޔާ އެއްޗެހީގެ ސަބަބުން ކުދިންގެ

ވިސްނުމަށް ދާއިމީ ޮގތެއްގައި އަސަރުކުރޭ

Page 15: Sun Magazine 25th issue

15

އެމް.ީޑ.ީޕ. އިން ތޮއްޑޫގައި ބޭއްވި ާނޗަރަންީގ ޖަލްާސގެ ހަީގގަތް

މުހައްމަދު ބުޝްރީކެޔޮނިރު

އިދިޮކޅު ސިޔާސީ ފަރާތްތައް ސިއްސުވާލުމުގެ ނިޔަތުގައި ބޭއްވި ޮބޑު ޖަލްސާއެކެވެ. ޑީ.އާރް.ޕީ. ގައި ހުރެފައި އަލީ ވަހީދު އެމް.ޑީ.ޕީ. އާ ގުޅުމުން ޮތއްޑޫގެ ގިނަ ބަޔަކު އެކަމަށް ތަރުހީބު ދީ، ޮތއްޑޫގެ 300 މީހުން އެމް.ޑީ.ޕީ. އާ ގުޅުނު ކަމަށް

އަޑުއަރުވަން ބޭއްވި ޮބޑު ޖަލްސާއެކެވެ. އެކަމަކު ހަގީގަތަކީ ޮތއްޑޫގެ ހުރިހާ ރައްޔިތުން އެމް.ޑީ.ޕީ.ގެ ޮބޑު

ވަފުދަށް، ހާއްސަޮކށް އަލީ ވަހީދަށް މަރުހަބާއެއް ނުކިޔައެވެ. ބައެއް ރައްޔިތުން އަލީ ވަހީދާ ދިމާޔަށް ޮގވަމުން ދިޔައީ ގައްދާރެއް ކަމަށެވެ. ހިޔާނާތްތެރިއެއް ކަމަށެވެ. ރައްޔިތުން ވަކި ޮގތަކަށް އަލީ ވަހީދަށް ދިން ޯވޓުތައް ވިއްކާލި ކަމަށެވެ. ޮތއްޑޫ ދަތުރުގައި ރައީސް ނަޝީދާއި އަލީ ވަހީދު ފަދަ ބޭފުޅުން އުޅުއްވީ ސިފައިންގެ

ހިމާޔަތުގައި، ރައްޔިތުންނަށް ފިލައިގެންނެވެ. އެރޭގެ ޖަލްސާގައި އާއްމުންގެ ޮގތުގައި ފެނުނު ގިނަ މީހުންނަކީ ޮތއްޑޫގައި

ތިބި ޮތއްޑޫގެ ރައްޔިތުންނެއް ނޫނެވެ. ރީނދޫ ބުރުގާ އަޅުވައިގެން، ރީނދޫ ގަމީސް ލައްވައިގެން މާލެއިން ޮތއްޑޫއަށް ގެންދިޔަ އެކްޓިވިސްޓުންނެވެ. އެމް.ޑީ.ޕީ. މީހުން

މާލެއިން ޮތއްޑުއަށް އުފުލުމަށް އެދުވަހު ސައްބީސް އުޅަނދު ދަތުރުކުރި ކަމަށްވެ އެވެ. އޭގެތެރޭގައި ރައީސް ޮއފީހުގެ ޯލންޗަކާއި ޯކސްޓް ގާރޑުގެ އުޅަނދު ހިމެނުނު ކަމަށް ކަރަޕްޝަނުގެ އަމަލެއް ކަމަށް އަދާލަތު ޕާޓީ ފަދަ ސިޔާސީ ފަރާތްތަކުން މީޑިޔާގައި

ސިފަޮކށްފައި ވެއެވެ.އިނގިރޭސި ވިލާތުގެ ޕަބްލިކް ރިލޭޝަންސް މީހުން ގެނެސްގެން، ރައީސް

ޮއފީހުން އެމީހުންނަށް ވަޒީފާ ދެއްވައިގެން ރައީސް ނަޝީދު މިކުރައްވާ ކަމަކީ އެމް.ޑީ.ޕީ. ޮޕލިޝްޮކށް، ރައްޔިތުންގެ ޮލލުގައި އަނދުން އަޅުވައި، ޕްޮރޕެގެންޑާ ފެތުރުމެވެ. ޮތއްޑު ދަތުރުގައި ބައިވެރިވި ސައްބީސް އުޅަނދަށާއި އެ އުޅަނދުތަކުން

ދިޔަ އެމް.ޑީ.ޕީ. މީހުންގެ ކެއުމަށާއި ޖަލްސާގެ ޖުމުލަ ހަރަދަށް މިލިއަނެއް ހައި ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. އެ ފައިސާ ނެރުނީ ޮކންތާކުން، ޮކން ޮގތަކަށް ޯތ

ވެސް އެންޓި ކަރަޕްޝަން ޯބޑުން ބަލަން ޖެހެއެވެ. އެރޭގެ ޖަލްސާއަށް ފަހު ސަރުކާރާއި އެމް.ޑީ.ޕީ. ގެ އިސް ބޭފުޅުން ލަވަ ވިދާޅުވެ، ޑީ.ޖޭ. ހައްދަވައިގެން ނައްޓަވައި ހެއްދެވުމަކީ އަހުލާގީ އަދި ދީނީ އިންތަކުން

ބޭރުވެފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ސިޔާސީ ފަރާތްތަކުން ދެކެއެވެ. އާއްމު ރައްޔިތުންގެ ގިނަ ބައެއްގެ މެދުގައި މި ސަރުކާރަކަށް މިހާރު

ތާއީދެއް ވެސް، އިތުބާރެއް ވެސް ނެތެވެ. މިއީ ޮދގެއް ކަމުގައި ވަނީ ނަމަ ރައީސް ނަޝީދު ވައުދުވެވަޑައިގެންފައިވާ ޮގތަށް ދައުރުގެ މެދުތެރޭ ރިޔާސީ އިންތިހާބެއް

ބާއްވަވާފަ އެކަން ސާބިތުޮކށްދެއްވުމަށް އަޅުގަނޑު ޖަދަލުކުރަމެވެ. މި ސަރުކާރާއި އެމް.ޑީ.ޕީ. އާއި ރައީސް ނަޝީދުގެ އަމަލުތައް މިހާރު ހުރި ޮގތުން އަޅުގަނޑަށް ވިސްނެނީ 2013 އިގެ އިންތިހާބުން އެމް.ޑީ.ޕީ. ބަލިވިޔަސް، ބަލި ގަބޫލު ނުޮކށް ސިފައިންނާއި

ފުލުހުންގެ މުގުރުތައް ބޭނުންޮކށްގެން އިންތިހާބުގެ ނަތީޖާ ބާތިލުކުރާނެ ކަމަށެވެ. ޑިޮމކްރެސީއަކީ ރައީސް ނަޝީދު ގެންގުޅުއްވާ ޖާރިޔާއެއް ފަދަ އެއްޗެކެވެ.

ހިތް އެދޭ ވަގުތު އެ ޖާރިޔާއާ ޯލބިކުރައްވައެވެ. ހިތްޕުޅާ ނުވުމުން އެ ޖާރިޔާއާ ދިމާޔަށް ބައްލަވައިވެސް ނުލައްވައެވެ. ރައީސް ނަޝީދަކީ އެއްވެސް ވަރަކަށް

ޑިޮމކްރަސީއަށް ޯލބިކުރައްވާ ވެރިއެއް ނޫނެވެ. އެމަނިކުފާނަކީ މި ޤައުމު ދުށް އެންމެ ޮބޑު ޑިކްޓޭޓަރު ކަން ކަށަވަރެވެ. ރައްޔިތުން ޖަލަށް ލައި ނުމެރި ކަމުގައި ވިޔަސް

އެމަނިކުފާނުގެ ޑިކްޓޭޓަރުކަމުން ބިކަ ހާލު ޖެހި، އަނިޔާ ލިބިފައިވާ ރައްޔިތުން މާ ގިނައެވެ.

ރައްޔިތުން ކުރިމައްޗަށް ނިކުމެވަޑައިގެން މާމިނަށް އަނގަ ހުޅުއްވަވައިފަ، މަލާމާތުގެ ޒާތަކަށް ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަކީ ރައްޔިތުންނަށް ކުރައްވާ

ފުރައްސާރައެކެވެ.އިޒްރޭލުގެ ގައުމީ އެއަރލައިނުގެ ދަތުރުތައް ރާއްޖެއަށް ފައްޓަވަން

އެއުޅުއްވަނީ ވެސް މި ސަރުކާރުން މުސްލިމް ދިވެހި ރައްޔިތުންނަށް ކުރާ ފުރައްސާރައެއްގެ ޮގތުގައެވެ. ފުރުސަތު ލިބިއްޖެނަމަ މި ސަރުކާރުން ދިވެހި ރާއްޖޭގައި އެހެން ދީންތަކަށް ވަނުމުގެ މިނިވަންކަން ވެސް ދޭނެއެވެ. ފައްޅި އެޅުމުގެ މިނިވަންކަން

ވެސް ދޭނެއެވެ. އަމަލާއި ބަހުން އެކަން މިހިރަދަނީ ހާމަވަމުންނެވެ. އިދިޮކޅު ފަރާތްތަކުގެ ތެރެއިން އަދާލަތު ޕާޓީއަށް އަޅުގަނޑު ޮގވާލަނީ

އިޒްރޭލުގެ މަތިންދާޯބޓު ރާއްޖެއަށް ޖައްސާ ދުވަހަކަށް ބައްލަވަން ނުތިއްބަވައި މިހާރުވެސް މި ސަރުކާރުގެ ޯކލިޝަނުން އަދާލަތު ޕާޓީ ވަކިވުމަށެވެ. ޑރ. ހަސަން ސައީދަށް

އަޅުގަނޑު ޮގވާލަނީ ޮކންމެ ފަރާތަކާ ގުޅިގެން ނަމަވެސް އިދިޮކޅު ހުރިހާ ފަރާތްތައް އެއް ގަލަކަށް އެރުވުމަށް މަސައްކަތް ކުރެއްވުމަށެވެ. ޑރ. މުނައްވަރަށް އަޅުގަނޑު ޮގވާލަނީ ފަހަތުގައި ފިއްލަވާފައި ނުހުންނަވައި، ކުރީ ސަފަށް ނިކުމެވަޑައިގެން އިދިޮކޅު ފަރާތްތަކާ އެކު މަސައްކަތް އަވަސް ކުރެއްވުމަށެވެ. ޑރ. ވަހީދަށް އަޅުގަނޑު ޮގވާލާނީ މަގާމުގެ ދަހިވެތިކަން ދޫޮކށްލައްވާފައި، ރައްޔިތުންނާއި ގައުމަށް ޓަކައި ނާއިބު ރައީސްކަމުން ވަގުތުން އިސްތިއުފާ ދެއްވާފައި، އިދިޮކޅު ފަރާތްތަކާއެކު މަސައްކަތް ފެއްޓެވުމަށެވެ.

ގާސިމް އިބްރާހީމަށް އަޅުގަނޑު ޮގވާލާނީ މަނިކުފާނު އަމިއްލަފުޅަށް ސިޔާސީ މަގާމަކަށް ކުރިމަތިލެއްވުމުގެ ހިޔާލު ދޫޮކށްލައްވައި، ޮކންމެވެސް ސިޔާސީ ފިކުރެއްގެ ފަހަތުގައި އިދިޮކޅު ފަރާތްތަކަށް ކާމިޔާބު ޯހއްދަވައިދެއްވުމަށް އަތުކުރިޮއޅާލެއްވުމަށެވެ. ތަސްމީނު އަލީއަށް އަޅުގަނޑު ޮގވާލާނީ ސަރުކާރުގެ ކެހިވެރި ރޭވުމުގެ މަޅީގައި ޖެހިވަޑައިނުގެން،

ރައްޔިތުންނާއި ގައުމަށް ޓަކައި އިދިޮކޅު ހުރިހާ ފަރާތްތައް އެއް މޭޒުޮދށަށް ގެންނަވައިގެން މަސައްކަތް ކުރެއްވުމަށެވެ. އެޮގތުން ޒައީމް މައުމޫނާ ވެސް ސުލްހަވެވަޑައިގަތުމަށެވެ.

މައުމޫން ޢަބްދުލް ޤައްޔޫމަށް އަޅުގަނޑު ޮގވާލާނީ އަލުން އަނބުރާ ރައީސްކަމަށް ވަޑައިގަތުމުގެ ހިޔާލުފުޅު ދޫޮކށްލައްވައި، ރައްޔިތުންގެ އިހުތިރާމު ލިބިވަޑައިގެންވާ ސިޔާސީ

ލީޑަރެއްގެ ޮގތުގައި ގައުމަށް ޓަކައި ހިދުމަތް ކުރެއްވުމަށެވެ. އެޮގތުން އިދިޮކޅު ހުރިހާ ފަރާތްތަކެއް ގުޅުވައިދިނުމުގައި މައުމޫނުގެ ތަޖުރިބާވެސް ބޭނުން ކުރެއްވުމަށެވެ. ޔާމީނަށް

އަޅުގަނޑު ޮގވާލާނީ ފުރަތަމައިނުން ރައީސްކަން ކުރެއްވުމުގެ ހިޔާލު ދޫޮކށްލައްވައި ސިޔާސީ ފިކުރެއްގެ ފަހަތުގައި، އިދިޮކޅު ފަރާތްތަކާ ގުޅިވަޑައިގެން މަސައްކަތް

ކުރެއްވުމަށެވެ. ޔާމީނަކީ ރައީސްކަމަށް ގާބިލު ބޭފުޅެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ވަނީ ނަމަ އެންމެ ފުރަތަމަ ރައްޔިތުންގެ އިހުތިރާމާއި އިތުބާރު ޯހއްދަވާށެވެ.

އެމް.ޑީ.ޕީ. އާއި ރައީސް ނަޝީދު ބަލިކުރެވުނަސް ކުރެވޭނީ މި ދެެންނެވި ހުރިހާ ފަރާތްތައް ގުޅިގެން، އެއް ގަލަކަށް އަރައިގެން މަސައްކަތް ޮކށްގެންނެވެ. އެހެން ނޫންނަމަ

2018 އާއި ހަމަޔަށް މި ގައުމުގައި ރައީސްކަން ކުރައްވާނީ ރައީސް ނަޝީދެވެ. އެ ދުވަސް އަންނަ އިރު އިސްލާމީ މަރުކަޒުން ބަންގި ޮގވާ އިރު، ހުޅުމާލޭގައި އަޅާ ޮބޑު

ފައްޅީން ބެލް ޖަހާ އަޑު ދިވެހި ރައްޔިތުންނަށް އިވުމަކީ ދުރުކަމެއް ނޫނެވެ.

Page 16: Sun Magazine 25th issue
Page 17: Sun Magazine 25th issue
Page 18: Sun Magazine 25th issue

18

ދުނިޔެ މިހާތަނަށް ދުށް އެންމެ ގަދަފަދަ އެއް އަސްކަރީ ޝަހުސިއްޔަތަކީ ފަރަންސޭސި އިންގިލާބުގެ ފަހުޮކޅު ވިދާލި

ނަޯޕލިއަން ޮބނަޕާރޓްއެވެ. އޭނާގެ ފަލްސަފާއަކީ މި ދުނިޔެމަތީގައި ނުވާނެ، ނުކުރެވޭނެ އެއްވެސް ކަމެއް ޯނންނާނެ ކަމުގެ ފަލްސަފާއެވެ.

އޭނާ ވިދާޅުވެފައި ވެއެވެ. "ނުވާނެ، ނުކުރެވޭނެ" މި ބަސްތައް

މައުމޫން އެމްީޑީޕއަށް ސޮއިކުރެއްވުން

ފެންނާނީ ހަމައެކަނި ޮމޔައިންގެ ރަދީފުންނެވެ."ޮބނަޕާރޓުގެ ޕަލްސަފާގެ ނަޒަރުން ބަލާ އިރު، ކުރީގެ

ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އެމްޑީޕީއަށް ޮސއި ކުރައްވައިފާނެއެވެ. އެމްޑީޕީގެ ރީނދޫ ޯޕޑިއަމަށް އަރާވަޑައިގެންފާނެއެވެ. އަދި މިހާރުގެ ރައީސް ނަޝީދާ ޮކނޑާއި ޮކނޑު ޖައްސަވައި ސަލާމް ކުރައްވާ ތަން ވެސް ފެނިދާނެއެވެ. ނަމަވެސް ހެޮޔވިސްނޭ އެއްވެސް

މީހަކު މިހެން މިކަން ވެދާނެ ކަމަކަށް ގަބޫލެއް ނުކުރާނެއެވެ. ނަޯޕލިއަން ވިދާޅުވިޔަސް، ލިންކަން ވިދާޅުވިޔަސް މި ވަހާކަ ގަބޫލު

އަބުދުهللا ޝިނާން

Page 19: Sun Magazine 25th issue

19

ކުރާނެ މީހަކު މި ރާއްޖެއިން ޯހދުމަކީ ދަތި ކަމެކެވެ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް މި ފެންނަ މަންޒަރާއި އިވޭ އަޑުތަކަކީ ހަމަ ގަބޫލު

ކުރަން ދަތި އަޑުތަކާއި ވާހަކަތަކެވެ. މީހުން ބުނާތީ އަޑު އަހަމެވެ. ޮކންމެ މީހެއް ވެސް އެއްބަސް ވާ ޮކންމެވެސް އަގެއް ޮއންނާނެއެވެ. އެ އަގާ ދިމާވުމުން ނުވަތަ އެ އަގު ކިއުމުން އެ މީހަކު "އުފުރާލުމަކީ" މުސްތަހީލު ކަމެއް ނޫނެވެ. ދާދި ފަހުން "އުފުރާލި" ކަމަށް ތުހުމަތު ކުރާ މެންބަރުންގެ އަގު

ނީލަމުގައި އެ މެންބަރުން ގަބޫލު ކުރާ ހިސާބަށް ދިއުމުން "ވިކުނީ"

ކަމަށް ފާޅުގައި ސިޔާސީ ބޭފުޅުން ވިދާޅުވަމުން އެހަރަ ގެންދަވަނީއެވެ.

"ވިކުމަށް" ފަހު އެކި ބޭފުޅުން ދައްކަވާ ވާހަކަތައް ވެސް އަޅުގަނޑުމެންނަށް އެބަ އިވެއެވެ. "ވިކުނު" އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނެއް ނޫނެވެ. އެކަމަކު ގަންނަން ފައިސާ އަޅައިގެން ހިނގާ "ސޭޓުން" ނާއި، މި ރޭވުމުގެ އަޑީގައި އުޅޭ

އާރުކާޓީ ކަމަށް ތުހުމަތު ކުރެވޭ ބޭބޭފުޅުންގެ ވާހަކަތަކެވެ.އިނގިރޭސި މަޝްހޫރު ލިޔުންތެރިއެއް ކަމަށް ވާ ޯޖރޖް

ޯއރވެލް ވިދާޅުވެފައި ވެއެވެ. "ސިޔާސީ ބަހުރުވަ އަތުރާލެވިފައި ވަނީ ޮދގާއި ޮއޅުވާލުމަކީ އެއީ ތެދާއި ރަނގަޅު ޮގތް ކަން ހާމަ

ވާ ޮގތަށް ކަމަށެވެ. މީހުން މެރުމަކީ އިހުތިރާމު ލިބިގެންދާ ފަދަ މަސައްކަތެއްގެ ޮގތުގައި ހާމަ ކުރެވޭ ފަދަ ޮގތަކަށެވެ. އަދި ފެންނަ ފެނުމަށް އެއީ ޮމޅު ޮގތް ކަމަށް ސިފަ ވާ

ޮގތަށެވެ"މިއީ މިއަދު ފެންނަމުންދާ ހަގީގަތް ކަމަށް ވާ ނަމަ ކުރީގެ ރައީސް މައުމޫނު އެމްޑީޕީއާއި ގުޅިވަޑައިގެންފި ނަމަ

ދެން އެ ބޭފުޅުންގެ ދޫފުޅުތަކުން ބޭރު ވާނެ ބަސްތަކަކީ ޮކބައި ހެއްޔެވެ؟

އެ ބޭފުޅުން ވިދާޅުވާނެއެވެ. ރައީސް މައުމޫނަކީ މިގައުމުގެ ރަން 30 އަހަރުގެ ބާނީއެވެ. އެމަނިކުފާނުގެ

ހިކުމަތާއި ދުރު ވިސްނުންފުޅަކީ ޮކންމެހެން މިއަދު ބޭނުން ވާނެ އެއްޗެކެވެ. ޮގވެލިފަތި ޮގވާ މީހުން ޮގވާނެއެވެ. ގައުމަށް މިފަދަ ބޭނުންތެރި ވަގުތެއްގައި ރައީސް މައުމޫނު އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެނގެނީ އެމަނިކުފާނު މި ގައުމަށާއި މި ގައުމުގެ ރައްޔިތުންނަށް އިހްލާސްތެރިކަމާ އެކު ހިދުމަތް ޮކށްދެއްވަން ތައްޔާރަށް ހުންނެވި ކަމެވެ. އަދި މިއަދު

އެމްޑީޕީއަށް މި ލިބުނީ ވަރަށް އަގުޮބޑު ޖަވާހިރެއް ކަމަށް ވެސް ބުނާނެއެވެ.

އަދިވެސް ބުނާ މީހުން ބުނާނެއެވެ. ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ގަދަރު ކުޑަ ވާ ޮގތަށް ހަމަ އެކަކު ވެސް ވާހަކަ ދައްކައިގެން ނުވާނެއެވެ. އެއީ މި ގައުމުގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި

ލީޑަރެކެވެ. ޑިޮމކްރަސީގެ މަގު އަޅުގަނޑުމެންގެ މިހާރުގެ ޕާޓީގެ "އެންމެ އިސް ވެރިޔާ" ރައީސް މުހައްމަދު ނަޝީދަށް ދެއްކެވި އިއްޒަތްތެރި ވެރިޔާއެވެ. އެމަނިކުފާނު ދުނިޔޭގައި ހުންނެވިހައި ދުވަހަކު އިއްޒަތާއި ޝަރަފުގައި ބެހެއްޓުމަކީ މި ދައުލަތުގެ މައްޗަށް ލާޒިމް ކަމެކެވެ. މި ގައުމުގެ ކުރިމަގު ބިނާ ވާނީ ރައީސް މައުމޫނާ މެދު އަމަލު ކުރެވޭ ޮގތެއްގެ މައްޗަށެވެ.އަދިވެސް ބުނާ މީހުން ބުނާނެއެވެ. ރައީސް މައުމޫނު ވަރުގެ އިހުލާސްތެރި ތެދުވެރި ބޭފުޅަކު މި

އުޑުދަށަކުން ތިމަންމެން ނުދެކެމެވެ. އަޅުގަނޑުމެން ދައުލަތުގެ، ސަރުކާރުގެ ލިޔެކިއުންތައް ބަލައި، ފައިސާގެ ހިޔާނާތެއް ޮއތްޯތ

މި ދިޔަ ދުވަސްތަކުގައި މި ދިޔައީ ބަލަމުންނެވެ. މިއަދާ ހަމައަށް އައި އިރު ހަމަ ނުފުޮރޅާ އެންމެ ގާޮކޅެއް ވެސް

ޯނންނާނެއެވެ. ރައީސް މައުމޫނު ވިދާޅުވި ހެން އެމަނިކުފާނު

Page 20: Sun Magazine 25th issue

20

ހަމަ ޯލލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ވާ ކަމަށް އަޅުގަޑުމެން ބެލި ބެލުމުން ނުފެންނަކަން މިއަދު މި އިއުލާން ކުރަނީ އުފަލާއި

ހިތްހަމަޖެހުމާ އެކުގައެވެ. އެހެން ވާ ދުވަހަކުން، ކުރީގައި ޖަލުތަކުގައި އަނިޔާކުރި ވާހަކަ އަކީ ޮދގު ބުހުތާން ކަމުގައި ބުނާ "އަޑުގަދަ" އިއްޒަތްތެރި

ބޭފުޅުން ފާޅުވާނެއެވެ. އެބޭފުޅުން ވިދާޅުވާނެއެވެ. ޖަލުގައި އަނިޔާކުރީ ރައީސް މައުމޫނަށް އެނގިވަޑައިގަތުމަކާ ނުލައެވެ. އެމަނިކުފާނަކީ އަނިޔާވެރިކަން ހުއްޓުވަން މަސައްކަތް ކުރެއްވި، އެކަމާ ސީދާ ދެޮކޅު ބޭފުޅެކެވެ. މީގެ ކުރިން އަޅުގަނޑުމެންގެ ތެރޭގައި އެ

ވާހަކަ ދެކެވުނީ ބަޔަކު ހަދައިގެން އެވާހަކަ ތެދެއްހެން ހީވާ ޮގތަށް އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމުންނެވެ. ޖަލްސާތަކުގައި އެހެން އެ ބުނާ މީހުން ނިކަން ސިއްރުން މަރާލި ކަމަށް ބުނާ އެއްވެސް މީހެއްގެ މަރުގެ ސާބިތު ހެކި ހުށައަޅާބަލާށެވެ. އަޅުގަނޑު އެފަދަ

ހެއްކެއް ނެތް ކަމަށް އަދި ނުވެސް ގެނެވޭނެ ކަމަށްބުނެ އެ މީހުންނަށް ޮގންޖަހާނަމެވެ. އަދި ދާދި ފަހުން ފެނުނު ކަށިތައް ބަލާ ދިރާސާ ކުރުމުން ވެސް އެނގުނީ އެއީ މިނިކައްޓެއް ނޫންކަމެވެ. ރާގު ބަދަލު ޮކށް، ވާހަކަ އަނބުރާ މީހުން ބުނާނެއެވެ.

ޖަލުގައި އަނިޔާއެއް ދިން ނަމަ އެ އަނިޔާއެއް ދިނީ އޭރުގެ ޮޕލިސް ޮކމިޝަނަރު އާދަމް ޒާހިރެވެ. އޭނާ ހިފައި ހައްޔަރު ކުރުމަކީ

ޮކންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ރިޔާސީ ޮކމިޝަނަށް މިހާރު ލިބިފައި ހުރި މައުލޫމާތުން ވެސް އެނގި ކަށަވަރު ވަނީ އަނިޔާގެ މޭސްތިރިޔަކީ އާދަމް ޒާހިރު ކަމެވެ. އަދި އޭނާޔާ އެކު އަނިޔާގެ ބައިވެރިޔަކީ ދާދި ފަހުން ބަންދު ކުރި އިސްތަފާއެވެ. މި މީހުން އިންސާފުގެ ކުރިމައްޗަށް ހަމަ މިހާރުން މިހާރަށް ވެސް ގެންނަން

ވީއެވެ. އެ މީހުންގެ ނުބައި އަނިޔާވެރިކަމުގެ ހިޔަނި ކުރީގެ ރައީސްގެ ގައިޮކޅަށް އެޅުނު ކަމީ އެކަމާ މެދު އަޅުގަނޑުމެން ހިތާމަ ކުރާ ކަމެކެވެ. މި ގައުމުގެ ރައްޔިތުންނަށް އިންސާފު

ލިބޭނީ މި ދެބޭފުޅުންގެ މައްސަލަ ބެލުމުންނެވެ. ވާހަކަ ދައްކަވާ ބޭފުޅުން ވިދާޅުވާނެއެވެ. ތިޔަ

ބޭފުޅުންނަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް މައުމޫނަކީ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންގެ

ތެރެއިން މިހާރު އިސްޮކށް މި ތިއްބެވި ވަރަށް ގިނަ ބޭފުޅުންނާ ވަރަށް ގާތް ރަހުމަތްތެރި ބޭފުޅެކެވެ. އަޅުގަނޑުމެންގެ މިހާރުގެ

ޒުވާން ނާއިބު ރައީސް އަލްހާން ފަހުމީ އަކީ ރައީސް މައުމޫނުގެ މަދަރުސާ އިން ސިޔާސީ މައިދާނަށް ތައާރަފް ވެވަޑައިގެންނެވި

ޒުވާން ބޭފުޅެކެވެ. އަދި ޑީއާރުޕީގެ ޓިކެޓުގައި މައުމޫނުގެ ފުރިހަމަ ތާއީދާ އެކު އައްޑު އަޮތޅު ފޭދޫ ޮގނޑި އަށް އިންތިހާބު

ވެވަޑައިގެންނެވި ބޭފުޅެކެވެ.

Page 21: Sun Magazine 25th issue

21

އަޅުގަނޑުމެންގެ ޕާޓީގެ ޗެއާރޕާރސަން މާރިޔާ ދީދީ އަކީ ރައީސް މައުމޫނުގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވައި، މަޖިލީހުން އެންމެ ފަހުން ރައީސް މައުމޫނަށް 2003 ވަނަ އަހަރު ރައީސްކަމަށް ކުރިމަތިލައްވަން ހިތުން ރުހުމުން ޯވޓު ދެއްވި ބޭފުޅެކެވެ. މިހާރުގެ ޯހމް މިނިސްޓަރ ހަސަން އަފީފަކީ ވެސް ހަމަ އެ ޖަލްސާގައި ޯވޓު ދެއްވި

ބޭފުޅެކެވެ. ހަމަ އެޮގތަށް މުހައްމަދު ޝިހާބާއި ޅ.ހިންނަވަރު މެންބަރު އިބްރާހިމް ޯސލިހު )އިބޫ( އަކީވެސް ޯވޓު ދެއްވި މެންބަރުންނެވެ. މިބޭބޭފުޅުންނަކީ އެމްޑީޕީގެ މޭގަނޑެވެ. އެ

ބޭފުޅުން އޭރު އެ ޯވޓު ދެއްވީ މިއަދުގެ މި ހާލަތު އަތުވެދާނެ ކަމަށް ބައްލަވައިގެންނެވެ. އެހެން ނޫނީ އެ ބޭބޭފުޅުންނެއް

އެޮގތަށް ޯވޓެއް ނުދެއްވާނެއެވެ. އެކަން ތިޔަ ބޭފުޅުންނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

ވާހަކަ ދައްކާ މީހުން ބުނާނެއެވެ. އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިއްލައްވައި ފެއިލް ވެވަޑައިގެންނެވި

އިބްރާހިމް ހުސައިން ޒަކީ އަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ވަރަށް އިހްލާސްތެރި ހިދްމަތްތަކެއް ޮކށްދެއްވާފައި ވާ ބޭފުޅެކެވެ. އަދި އަޅުގަނޑުމެންގެ "އެންމެ އިސްލީޑަރު" ރައީސް މުހައްމަދު ނަޝިދަކީ ވެސް ރައީސް މައުމޫނަށް

ވަރަށް އިހްތިރާމް ކުރައްވާ އެމަނިކުފާނު ގައުމަށް ޮކށްދެއްވި އިހްލާސްތެރި ހިދުމަތްތައް ހިތްޕުޅުގެ އަޑިން ގަބޫލު ކުރައްވައި،

އެކަމުގެ އަގު ވަޒަން ކުރައްވާ ބޭފުޅެކެވެ.އެހެންކަމުން މި ހަގީގަތްތައް މިހެން ހުރި އިރު އެމްޑީޕީއާ އެކު މަސައްކަތް ކުރުމުގެ ރޫހު އެމަނިކުފާނުގެ ކިބައިގައި

ނުހުންނާންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި ދާދި ފަހުން އެމްޑީޕީ އަށް ބަދަލުވެވަޑައިގެންނެވި ޮތއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުއްهللا އަބްދުއްރަހީމަކީ ރައީސް މައުމޫނާ އެކު އުނދަގޫ ދުވަސްވަރު

ފައިހަރު ޮކށްލެއްވި ޒުވާން ބޭފުޅުންނަށް ވާތީ އެމްޑީޕީގެ މާހައުލަކީ ރައީސް މައުމޫނަށް ބީރައްޓެހި މާހައުލަކަށް ނުވާނެއެވެ.

ރައީސް މައުމޫނު އެމްޑީޕީ އަށް ޮސއި ކުރައްވާ ނަމަ އެފަދަ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ވާހަކަތައް

ހުންނާނީ މިފަދަ ރާގެއްގައި ކަމަށް ބެލެވެއެވެ. އެ ޖަލްސާއެއްގައި އެމްޑީޕީގެ ލީޑަރު، އަދި އަޅުގަނޑުމެންގެ މިހާރުގެ ރައީސް

ނަޝީދު ވާހަކަފުޅު ފައްޓަވާނީ އަންނަނިވި ފަދަ ބައިތަކުން ކަމަށް ވެސް ބެލެވެއެވެ. "ގުލްޒާރުގާ ނަޔާ މަގޭ، ނޫރާނީމާ ޮފޅޭނެޔޭ

"...

Page 22: Sun Magazine 25th issue

"ކާމިޔާބީގެ އުފާ ޯހދާނަމަ ފުރަތަމަ ނާކާމިޔާބީއާ ކުރިމަތިލާން ދަސްކުރާށެވެ"

22

ކެޮޔ ބީފާނުބޭނުންވާ ތަކެތި

2 ޯޖޑު ފެނުކައްކާ ޗިސްޮކށްފައިހުރި މާޮޅސްކެޮޔ2 ފިޔާ ) ވަރަށް ހިމުންޮކށް ޮކށާފައި(1 ސައިސަމުސާ މުގުރި އަސޭމިރުސް2 ހިކަނދިފަތް )ހިމުންޮކށް ޮކށާފައި(

1 ގިތެޮޔ މިރުސް )ހިމުންޮކށް ޮކށާފައި(2 ލުނޯބހުތް

1 ސައިސަމުސާ އަޖިނަޮމޯޓ2/1 1 ޯޖޑު ފަސްމީރުމަސް

2 ބިސް )ގިރާފައި(1 ޯޖޑު މުގުރި ފާޮރށި

ޮލނުޮކޅެއް

ތައްޔާރުކުރާނެ ޮގތް

ފިޔާ، މިރުސް، ޮލނު ހުތް އަދި ހިކަނދިފަތް އެއްޮކށް ރަހަ ނިކުންނަ ވަރަށް ޮމޑެލާށެވެ. ދެން ބިހާއި ފާޮރށި ފިޔަވައި ބާކީހުރި ހުރިހާ ބާވަތްތައް އެއްޮކށް ޮމޑެފައި ކުދިޮކށް ގުޅަގުޅަ ކަނޑާލާފައި ބަހައްޓާށެވެ. މަސްޮރށި ސައިޒަށް އަތުން ވަށްޮކށް ފަތާޮކށްފައި ބޭރުގައި

ބިސްހާކާފައި ފާޮރށި ކުނޑި ހާކާފައި ބަހައްޓާށެވެ. ތަވާ އުނދުން މައްޗަށް އުދާލާފައި ތެޮޔ އަޅާފައި ކެކިގަތީމާ ބީފާނުތައް ތެލުލާށެވެ. ނުވަތަ ޮއލަޮކށް ފުށްޮކޅެއް ގިރާފައި ފުށުގައި ހާކާފައި ތަވާ އުނދުން މައްޗަށް އުދާލާފައި ތެޮޔ ޮފދެއް ހާކާފައި ބީފާނުތައް ތަވާގައި އަތުރާލާފައި ދެފުށް

ދެފުށަށް ޖަހަމުން ފިހެލާށެވެ -- ޖުވޭރިޔާ ވަޖުދީ

Page 23: Sun Magazine 25th issue

23

އުޑުދަށުން

ސައިކަލު މަރާމާތު ޮކށްލަން ޖެހުނަސް، ތެޮޔ ބަދަލުޮކށްލަން ޖެހުނަސް، އަދި އެހެންކަމެއް ޮކށްލަން ޖެހުނަސް

އާންމުޮކށް ޮގސްއުޅެނީ އެއްތަނަކަށެވެ. ގޭޮދށުގައި ހުންނަ ތަނަކަށް ވާތީ ފަސޭހަވީމަ އެވެ. ޚިދުމަތްވެސް ޯގހެއްނޫނެވެ. ގިނަގިނައިން ދެވޭތީއާއެކު އެތަނުގައި އުޅޭ ބިދޭސީ ތިންމީހުން ރައްޓެއްސެވެ.

އެއްދުވަހަކު އިރުޮއއްސުމާ ދާދި ކައިރިވެފައިވަނިޮކށް ދިމާވި ކަމަކުން ސައިކަލުން ފާޑެއްގެ އަޑެއް ކިޔަން ފަށައިފި އެވެ. އެއީ ބުރާސްފަތި ދުވަހެވެ. ޖެހިގެން ޮއތީ ހުކުރުދުވަހެވެ.

ގަރާޖު ބަންދުވާނެ އެވެ. އެކަމަކު އެރެއަކީ ވަރަށް ގިނަ ތަންތަނަށް ދާންޖެހިފައި ޮއތް ރެއަކަށްވާތީ އެވަގުތު ސައިކަލު ދޫޮކށްލެވޭކަށްވެސް ނެތެވެ. ގަރާޖަށް ޮގސް އެތަނުގައި އިސްޮކށް އުޅޭ "ޮސރާ" ވާހަކަ

ދައްކާލުމުން ވަރަށް ރަނގަޅު ޮގތަކަށް އެކަން ހަމަޖެހޭޮގތްވެއްޖެ އެވެ. އެރޭގެ ދަތުރުތައް ނިންމާލާފައި ގުޅާލާށޭ ބުނެފައި އޭނާ ދިނީ ޯފނު

ނަންބަރެވެ. އެގާރަގަޑިބައި އެހާކަންހާއިރު ގުޅާލައިފީމެވެ. ބުނީ ސައިކަލު

ހިފައިގެން ގަރާޖު ކައިރިއަށް އައުމަށެވެ. ދިޔައިރު އޭނާ ހުރީ ނިކުމެ އެވެ. ހުސްމުންޑެއްގަ އެވެ. އަޅުގަނޑު ހީކުރީ ގަރާޖުގައި އެމީހުންނަށް ނިދުމަށް ޚާއްޞަ ޮކޓަރިއެއް ކަހަލަ ތަނެއް ހުންނަނީ ކަމަށެވެ. އެހެންނަމަވެސް ގަރާޖު ތެރެއިން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ދުވާލު ކަލުތެލާ އޭތި މީތިން ތަތްތެޅިފައި ޮއންނަ ތަޅުންގަނޑު ސާފުޮކށްލާފައި އެތަނުގައި ކުނާ އަޅައިގެން އަނެއް

ދެމީހުން ތިބީ ނިދާފަ އެވެ. ނިކުމެ ހުރި މީހާގެ ޖާގަ ހުހަށް ޮއތެވެ. ސައިކަލު ގަރާޖަށް ވެއްދީ އަޅުގަނޑު އެތަނުގައި ހުއްޓައެވެ. ގެންޮގސް ބެހެއްޓީ އޭނާ ނިދަން އަޅާފައި ޮއތް ކުނަލުގެ ކައިރީގަ އެވެ. އެހެން

ތަންޮކޅެއް ނުވެސް ނެތީ އެވެ.ފެނުނު މަންޒަރުގެ ސަބަބުން އަޅުގަނޑުގެ ހިތަށް ވަރަށް

އަސަރުކުރި އެވެ. ބިދޭސީންނެއް ކަމަކު އެއީވެސް ހަމަ އަޅުުގަނޑުމެން ކަހަލަ އިންސާނުންނެވެ. ހިތަކާއި ފިތެއް ޮއންނާނެ އެވެ. ދުވާލުދާ

ހަތަރުދަމު ކަޅުތެލުން ކަޅިވެގެން ތިބެ މަސައްކަތް ކުރުމެވެ. ރޭގަނޑު ކަޅުތެޮޔތަކުގެ ތެރޭގައި ނިދުމެވެ. މިއީ ހަމައެކަނި އެ ގަރާޖުގައި

އުޅޭ ތިން މީހުންގެ ހާލެއް ނޫނެވެ. ރާއްޖޭގައި ލޭބަރުންގެ ޮގތުގައި މަސައްކަތްކުރާ ގިނަ ބިދޭސިންގެ ހާލެވެ. އެމީހުން ލައްވާ ހިތަށް އެރި ވަރަކަށް ބުރަ މަސައްކަތް ކުރުވަ އެވެ. ގެންގުޅެނީ ވަރަށް

ނިކަމެތި ހާލުގަ އެވެ. ބައެއްފަހަރު އިންސާނުން ދިރިއުޅެން ހެޮޔނުވާ ފަދަ

ތަންތަނުގައި ވެސް އެމީހުން ދިރިއުޅޭތަން ފެނެ އެވެ. ގަބޫލުކުރަން ދަތިވިޔަސް އެއްޮކޓަރިއެއްގައި ފަނަރަ މީހުން، ވިހި މީހުން

ނިދާއުޅެއެވެ. ހުންނަނީ އެންމެ ފާޚާނާ އެކެވެ. ގިނަފަހަރަށް ފެނެއް ލިބޭކަށް ނުހުންނާނެ އެވެ. ބޭނުންކުރާ އަންނައުނުފަދަ އެއްޗެހިވެސް

ބަހައްޓާނެ ވަކި ޚާއްޞަ ތަނެއް، އެއްޗެއް ނުހުންނާނެ އެވެ. ތަނުން ޮދވާ ވަހުން މީހަކަށް ޯނއްދަމާލަން ކެރޭވަރެއް ނުވާނެ

އެވެ. ސިއްހަތަށް ކުރާ ނޭދެވޭ އަސަރުވެސް ކިހާ ޮބޑުވާނެހެއްޔެވެ؟ އެކަމަކު ތަނަށް އެކަށީގެން ނުވާ ވަރަށް މީހުން އުޅެންވީމާ

ވާނީ ވެސް އެކަހަލަ ޮގތެކެވެ. އަނެއްޮކޅުން ހަފަރާތުން ދަގަނޑު ޓިނު ޖަހާފައި ހުންނަ، ކުދި ކުދި ޮކންޓީނާ ފަދަ ތަންތަނުގެ އުދާސްގަނޑުގެ ތެރޭގައިވެސް، ބިދޭސީން އުޅޭތަން ފެންނަނީ

މަދެއްޮކށެއް ނޫނެވެ. މިހެން ލިޔެލާ ދެތިން ޮފޅުވަތަކުން މިދެންނެވިފަދަ

ބިދޭސީން އުޅޭ ނިކަމެތި ހާލު ރަނގަޅަކަށް އިޙުސާސެއް ނުކުރެވޭނެ އެވެ. އިޙުސާސް ކުރެވޭނީ އެފަދަ ޮގތަކަށް އުޅެން ޖެހުނީމަ އެވެ. އަޅުގަނޑުގެ ވާހަކައަކީ އެމީހުން ރާއްޖެއަށް އަންނަނީ ދިވެހީންނަށް

ޚިދުމަތް ޮކށްދޭށެވެ. ދިވެހިންނަށް ކުރަން ނުކެރޭ ކަންކަން ޮކށްދޭށެވެ. "ބަންގާޅީން ނާންނަނީ... ރާއްޖެ މަރުވަނީ.." މިއީ

މިހާރު ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެކެވެ. އެހެންކަމަށްވީއިރު މިއީ ދިވެހިންނަށް ކިހާ މުހިންމު ބައެއް ހެއްޔެވެ. މިފަދަ ބަޔަކަށް ދޭ

ޚިދުމަތުގައި ވެސް އެ ޮގތް ހުންނަން ޖެހޭނެ އެވެ.މި ވާހަކަތައް މިހެން ދެއްކުމުން ބަޔަކު ބުނެފާނެ އެވެ. އެއީ އެމީހުންގެ ގައުމުގައި މާ އަރާމުގައި އުޅޭ ބައެއް ހެއްޔެވެ؟ ވާރޭ ހިޔާނުވާ ފަންފުރާޅުގެ ދަށުގައި ކިސަޑުގެ ތަޅުންގަނޑެއްގެ

މަތީގައި ނިދައިގެން، އެފަހަރު ކެއްޔާ އަނެއްފަހަރު ނުކައި އުޅެފައި އައިސް އުޅޭ ބަޔަކަށް އެފަދަ ގަރާޖެއްވެސް ވާނީ ގަނޑުވަރަކަށެވެ.

މިއީވެސް ބައެއްގެ ޚިޔާލު ހުރެދާނެ ޮގތެކެވެ. ކަން އެހެން ޮއތްކަމުގައި ވިޔަސް ބަޔަކު ގެންގުޅެންޏާ އެބަޔަކަށް ދޭންޖެހޭ އަސާސީ ޚިދުމަތް އޭގެ އެންމެ އެދެވޭ ޮގތުގައި ދެވެން ޖެހޭނެ

އެވެ.

ބިދޭީސންގެ ާވހަކަ

މުހައްމަދު ގާސިމް

23

Page 24: Sun Magazine 25th issue

24

ދުއްވާތަކެއްޗާއި މެޝިނަރީތަކުން ފުރިފައިވާ މާލެ ފަދަ ސިޓީތަކުގެ މަގުތަކުގައި ހުންނަ އުދާސްކަން އެނގޭނީ އެފަދަ ސިޓީއަކުން ބޭރުވެލަން ލިބޭ ފުރުސަތެއްގަ އެވެ. ސާފު ވައި

ނުލިބޭކަން ވެސް އެނގޭނީ އެފަދަ ވަގުތެއްގައެވެ.ދުނިޔޭގެ އިތުރުވަމުން އަންނަ އާބާދީތަކަށް ބޭނުންވާ

ހަކަތަ ޯހދުމުގައި ތިމާވެއްޓަށާއި އިގުތިސާދަށް ފައިދާ ހުރި ޮގތްތައް ޯހދުމަށް ދުނިޔޭގެ ސައިންސްވެރިން އަންނަނީ މެދު ނުކެނޑި މަސައްކަތްކުރަމުންނެވެ. އިރުގެ އަތްވާއި ބާރަށް ޮއއި ދެމޭ

ފެންގަނޑުތަކާއި ޖެހޭ ވައި ބޭނުން ޮކށްގެން ކަރަންޓް އުފެއްދުމަކީ މިޮގތުން އީޖާދުޮކށްފައިވާ ކަންތައްތަކެވެ.

ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޮފސިލް ފިއުލް އަޅައިގެން ހިންގާ ޖަނަރޭޓަރުތަކާއި އެފަދަ ޖަނަރޭޓަރުތަކުން އުފައްދާ ކަރަންޓް ބޭނުންޮކށްގެން ހިންގަމުންދާ މެޝިނަރީތައް ބޭނުންކުރުމުގައި މިހާތަނަށް ހައްލުނުވެ ޮއތް އެންމެ ޮބޑު އެއް މައްސަލައަކީ އުފައްދާ

ހަކަތައިގެ ޮބޑުބައެއް ބޭކާރުވެގެން ދިއުމެވެ. އެޮގތުން އެފަދަ ތަކެތިން އުފައްދާ ހަކަތައިގެ ދެބައިކުޅަ އެއްބައި ބޭކާރުވާކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ. ޖަނަރޭޓަރުތަކާއި މެޝިނަރީތަކުގެ ކައިރިން

އަހަރެމެންނަށް މި އިހުސާސްކުރެވޭ ހޫނަކީ އެޮގތުން ބޭކާރުވާ ހަކަތައެވެ.

އެމެރިކާގެ ޮއރިގަން ސްޓޭޓް ޔުނިވަސިޓީ) ޯއއެސްޔޫ( ގެ ސައިންސްވެރިން ވަނީ މިމައްސަލައަށް ރަނގަޅު ހައްލެއް ޯހދާފައެވެ.

ދުނިޔޭގެ ކަންޮކޅުތަކުގައި ބޭނުންކުރަމުންދާ އެތައް

މިލިޔަން ކާރުތަކާއި ޑީސަލް ޖަނަރޭޓަރުތަކުގެ ދުންޮހޅިތަކުން ބޭރުވާ ދަށްފެންވަރާއި މެދުމިނުގެ

ހޫނު ޯހދައި ބޭނުންކުރެވޭނެ ޓެކްޮނޮލޖީއެއް އުފައްދާފައެވެ.

އެސްޯއޔޫއިން ޯހދައި ތަރައްގީޮކށްފައިވާ ޓެކްޮނޮލޖީގެ

އެހީގައި ޖަނަރޭޓަރުތަކާއި ކާރުތަކުން ހޫނުގެ ޮގތުގައި ބޭރުވާ ހަކަތައިގެ ޮބޑުބައެއް،

އިންޖީނު ފިނިކުރުމަށް ނުވަތަ ކަރަންޓް އުފެއްދުމަށް

ބޭނުންކުރެވޭނެ ޮގތެއް

މުހައްމަދު ނަީސމް

މަގުތަކުގައިާވ އުާދސްތައް ހޯދައި ބޭނުންކުރުން

Page 25: Sun Magazine 25th issue

25

ޯހދާފައެވެ.ޖަނަރޭޓަރުތަކާއި ކާރުތަކުގެ ދުންޮހޅިން ބޭރުވާ ހޫނު އަލުން ހަކަތައިގެ ޮގތުގައި ބޭނުންކުރާ އާލާތުގެ ޕްޮރޯޓޓައިޕް ޮމޑެލް މިހާރު ވަނީ އުފައްދާފައެވެ. އަދި މިޓެކްޮނޮލޖީގެ ތަފްސީލުތައް އެމެރިކާގައި

ނެރޭ މަޖައްލާއެއް ކަމަށްވާ "އެޕްލައިޑް ތާމަލް އިންޖިނިއަރިން" ގައި ޝާއިއުޮކށްފައިވާކަމަށް ސައިންސް ޑެއިލީ ބުނެ އެވެ.

" މިއީ ހަކަތައިގެ އާ ވަސީލަތެއް. އަދި ހަކަ އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމަށް ވެސް އާ ޮގތެއް." އެސްޯއޔޫގެ މެކޭނިކަލް، އިންޑަސްޓްރިއަލް އެންޑް މެނިއުފެކްޗަރިން އެންޑް އިންޖިނިއަރިންގެ ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ހައިލެއި ވާން ވިދާޅުވެފައި ވެއެވެ.

ކާރުތަކާއި ޖަނަރޭޓަރުތަކުން ބޭކާރުވަމުންދާ ހަކަތަ ޯހދައި ބޭނުންކުރުމަށް މީގެ ކުރިން ވެސް ގިނަ މަސައްކަތްތަކެއް ޮކށްފައި ވެއެވެ. ނަމަވެސް އެސްޯއޔޫއިން މިއުފެއްދި މެޝިނަކީ މިހާތަނަށް އުފެއްދި މިފަދަ އެންމެ ގާބިލް މެޝިނެވެ. އެއީ އެމެޝިނުން ޯހދާ ހަކަތަ ޖަނަރޭޓަރު ނުވަތަ އިންޖީނު ފިނިކުރުމަށް ބޭނުންކުރުމުގެ އިތުރުން ކަރަންޓް ވެސް

އުފެއްދޭތީއެވެ.ވާން ވިދާޅުވާ ޮގތުގައި ޖަނަރޭޓަރު ހިންގާފައި ހުންނަ

މާހައުލުގައި ފިނިކުރުމުގެ ނިޒާމެއް ބޭނުންވާ ހާލަތްތަކަކީ މިއުފެއްދުމުގެ ބޭނުން އެންމެ ޮބޑުވާނެ ހާލަތްތަކެވެ. އެމެރިކާގެ ޑިފެނސް ޑިޕާޓްމަންޓުން

އެސްޯއޔޫގެ މިމަޝްރޫއަށް އެހީތެރިވެދިނީ ވެސް އެހެންވެއެވެ. ސައިންސްވެރިން ބުނާ ޮގތުގައި އަލަށް މިޯހދި ޓެކްޮނޮލޖީ އެންމެ ފުރިހަމަ

ޮގތުގައި ބޭނުން ކުރުމަށް އަދި ގިނަ ބަދަލުތަކެއް ގެންނަން ޖެހެއެވެ.

Page 26: Sun Magazine 25th issue

2626

އިލެކްޓުޯރނިކު ޯވޓިން ސިސްޓަމް ނުވަތަ ކަރުދާހުގައި ޮބޑު ކާފު ނުވަތަ ކުޑަ ކާފު ޖެހުމުގެ ބަދަލުގައި ޮކންޕިއުޓަރ ނުވަތަ

ކަރަންޓު އާލާތެއް ބޭނުން ޮކށްގެން ޯވޓު ލާ ނިޒާމަކީ މިހާރު މި ސަރަހައްދުގައި ވެސް އަދި ދުނިޔޭގެ ގިނަ ޤައުމު ތަކުގައި ވެސް އާންމު ނިޒާމެކެވެ. ދުނިޔޭގެ ދެވަނަ އަށް އެންމެ ޮބޑު އާބާދީ ޮއތް ގައުމު ކަމުގައި ވާ އިންޑިޔާ އިން ފެށިގެން ޮގސް ކުރިއަރާފައި

ވާ އެމެރިކާގައި ވެސް ކަރަންޓު ޯވޓު ލުން ބޭނުން ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.

މި ރާއްޖޭގައި ވެސް މިހާރު އިންތިހާބުތަކާއި ހިޔާލު ޯހދުމުގެ ޯވޓުތައް މި ވަނީ ގިނަ ވެފައެވެ. ސިޔާސީ ޕާރޓީތަކުގެ އެތެރޭގެ އިންތިހާބުތައް ވެސް ގިނަ ވެފައި ވާ އިރު މި ކަންކަން ޒަމާނީ،

ފަސޭހަ، އަދި އިތުބާރު ޮގތަކަށް ކުރެވެން ވެއްޖެއެވެ.ތިން ލައްކަ މީހުން ދިރިއުޅޭ މި ރާއްޖޭގައި ބާއްވާ ގިނަ އިންތިހާބުތަކަށް ފަހު ޯވޓު ގުނައި ނިމޭ އިރު، ޯވޓު ގުނާ މީހުންގެ ތެރެއިން ނިދި މަދުވުމުގެ ބަލި ޖެހި މައިބަދައިގެ ބޭނުން ކެނޑޭ

ވަރަށް ވާޅު ނުވާ މީހަކު މަދެވެ. އިންތިހާބުގެ ޮއބްޒާވަރުންނާ ހަމައިން ފެށިގެން ނަތީޖާ އަށް އިންތިޒާރު ކުރާ މީހުންގެ ހާލަކީ ވެސް މިއެވެ.

ކަން މިހެން ހުރި އިރު ކުދި ކުދި ރަށްރަށުގައި މަދު ޯވޓުޮކޅެއް ލި ނަމަވެސް ސާފު ނަތީޖާ ޯހދުމަށް ތިން ހަތަރު ގަޑި އިރު ނިމި ދިޔަ ޯލކަލް ކައުންސިލް އިންތިހާބުގައި ވެސް ހޭދަ ކުރަން ޖެހުމަކީ

ޮބޑުވަރެވެ. ލިޔަން ކިޔަން ނުދަންނަ މީހުން އެންމެ ގިނަ އިންޑިޔާގައި

ވެސް އިލެކްޓްޯރނިކް ވަސީލަތްތައް ބޭނުން ޮކށްގެން ޯވޓު ލެވޭނެ ފަސޭހަ މަގެއް ތަނަވަސް ވެފައި ވުމުން ނަތީޖާގެ ސައްހަކަމާ

މެދު ޝައްކު ކުރެވޭނެ ފުރުސަތު ވެސް ގާތްގަނޑަކަށް ނެތިގެން ދެއެވެ. ގިނަ ވަގުތުތަކެއް ޯވޓު ގުނުމަށާއި ނަތީޖާ ސާފު ކުރާކަށް ހޭދައެއް ނުކުރެއެވެ. ޯވޓު ލާ މަރުކަޒުތަކުގައި މަސައްކަތް ކުރާ މީހުންނަށް ކުރަން ޖެހޭ ބުރަ މަސައްކަތް އެތައް ތަނަކުން ލުއި ވެފައި ހޭދަ ވާ ވަގުތު އެތައް ޮގތަކުން ކުޑަ ވުމަކީ ވެސް ދެން

އަންނަ އިންތިހާބެއްގައި އިލެކްޓްޯރނިކް ޯވޓުލުމަކަށް ވިސްނަންވީ އެއް ސަބަބެވެ.

ގިނަ ޕާރޓީތަކެއް އެކުލެވޭ ސިޔާސީ ނިޒާމެއް ޮއންނަ

"އިލެކުޓުރޯނިކު ވޯޓިން ސިސްޓަމް" ދިވެހިން ދެން ވޯޓު ާލން ބޭނުން ާވ ނިާޒމު

އާދަމް ނަސީރު ސިންގަލް ކްލިކް

ގައުމެއްގައި އެންމެ ގިނަ ވާނެ އެކައްޗަކީ ތަފާތު އިންތިހާބު ތަކެވެ. ޤައުމީ ފެންވަރުގައި ބޭއްވޭ އިންތިހާބުތަކުގެ އިތުރުން ޕާރޓީތަކުގެ އެތެރޭގެ

އިންތިޙާބުތަކަކީ ވެސް ހަމަ ގިނަ އެއްޗެކެވެ. އެހެން ކަމުން ފުރަތަމަ ކުރަން ޖެހޭ އެއް ކަމަކީ އިލެކްޓްޯރނިކް ޯވޓިންގ ސިސްޓަމެއް ތައާރަފު ކުރުމެވެ. ހަރަދު ޮބޑު ނަމަވެސް، ދިގު މުއްދަތަކަށް ވިސްނާ އިރު މިފަދަ

ސިސްޓަމެއް ރާއްޖޭގައި ގާއިމު ކުރުން މިހާރު މި ރާއްޖެއަށް ވަރަށް މުހިއްމު ކަމުގައި ދެކެމެވެ. އެއް ސަބަބަކީ ރާއްޖޭގެ އެންމެ ޮބޑު ޕާރޓީން ފަހުގެ ވަސީލަތެއް ކަމަށް ވާ ޯފނު ބޭނުން ޮކށްގެން ލާން އުޅުނު ޯވޓު

ކުރިއަށް ނުޮގސް މައްސަލަތަކެއް ކުރިމަތި ވުމެވެ. ޯމބައިލް ޯފނު ބޭނުން ޮކށްގެން ލާން އުޅުނު އެ ޯވޓުން އަންގައިދިން ކަމަކީ ކުޑަ ކާފު ނުވަތަ ޮބޑު ކާފު ޖަހައިގެން އަލުން

ކަރުދާސް ބޭނުން ޮކށްގެން ޯވޓު ލާން ޖެހޭ ކަމެއް ނޫނެވެ. އެއީ ޯފނަށް ވުރެ ޖަމާނީ ޓެކްޮނޮލޖީއެއް ބޭނުން ޮކށްގެން ޯވޓުލުން ބޭއްވުމަށް ދިން މެސެޖެކެވެ. ހަމަ އެކަނި ޕާރޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައެއް

ނޫނެވެ. މި ރާއްޖޭގެ ހުރިހާ އިންތިހާބެއްގައިވެސް މެއެވެ. އިލެކްޝަންސް ޮކމިޝަނުން މި ކަމާ މެދު ފުންޮކށް ވިސްނާވަޑައިގަންނަވަން ޖެހޭ ވަގުތު

މިހާރު އަތުވެއްޖެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.މިނިވަން އިލެކްޝަންސް ޮކމިޝަނެއް މި ގައުމުގައި މިހާރު ޮއތް އިރު

އެ ޮކމިޝަނުގެ އިސް ބޭފުޅުން މި ވަގުތު ވިސްނާވަޑައިގަންނަވަން ޖެހޭ އެއް ކަމަކީ ޯލކަލް ކައުންސިލްތަކުގެ ސަބަބުން ޮކންމެ މަހަކުވެސް ބައިއިލެކްޝަނެއް ބާއްވަން ޖެހުމަކީ މުސްތަހީލު ކަމެއް ނޫން ކަމެވެ.

އެތަކެއް ކައުންސިލް މެންބަރުންނަކީ ޮބޑު މުސާރަ ލިބޭ ވަޒީފާއެއް ހަމަޖެހޭ އިރަށް ކައުންސިލްގެ މެންބަރުކަމުން ވަކިވެގެން ހިނގައިދާނެ ފަރާތެއް

ކަމެވެ ރައްޔިތުން މަޖިލިހުން ވެސް ދައުރުތަކުގެ މެދުތެރޭގައި ޮގނޑިތައް ހުސްވެދާނެއެވެ. ދާދި ގާތްގާތުގައި ތިންހަތަރު ޮގނޑި ހުސްވެގެން އަހަރެއްގެ ތެރޭގައި ތިންހަތަރު ބައިއިލެކްޝަން ބާއްވަން ޖެހުމަކީ ވެސް ނުވާނެ ކަމެކޭ

ނުދެންނެވޭނެއެވެ. އެހެންކަމުން، ކަރުދާސް ބޭނުން ޮކށްގެން ޯވޓުލާން މިހާރު މި ގެންގުޅޭ ނިޒާމު މާޒީގެ ސަފުހާތަކުގެ ތެރެއަށް ދޫޮކށްލައި، އިލެކްޓްޯރނިކް ޯވޓިން ސިސްޓަމެއްގެ އެހީގައި ދިވެހީން ޯވޓު ލާ ދުވަހަކީ މި ޤައުމު ޓެކްޮނޮލޖީގެ ޮރނގުން އާ އުސްމިނަކަށް ޖެހިލާ ދުވަހަކަށް ވާނެއެވެ.

Page 27: Sun Magazine 25th issue

މެކް ޑިފެންޑާރ އަށް އަރާފައިވާ މެލްވެއަރ އަކާ ދެޮކޅަށް ސަޯޕޓް އަޕްޑޭޓްތައް ދިނުމަށް ފަސްޖެހުމާއި، އަދި އެ މެލްވެއަރ އާ

ދެޮކޅަށް ކަސްޓަމަރުންނަށް އެހީތެރިނުވާން އަންގަމުން ގެންދިޔުމުގެ ތުހުމަތު އެޕަލްގެ މައްޗަށް ކުރެވި،

ކުންފުންޏާ ދެޮކޅަށް ގިނަ ފާޑުކިޔުންތަކެއް ކިޔެމުން އެބަދެއެވެ.

ބުނެވޭ ޮގތުގައި އެމެރިކާގައި އެކަނިވެސް ސަޯޕރޓަށް އެދި އެޕަލްގެ ސަޯޕރޓް ޑިވިޜަނަށް

ދުވާލަކު ފަސް ހާހަށް ވުރެ ގިނަ މީހުން ގުޅަމުން ގެންދާ އިރު، އެޕަލް ކުންފުނީން ވަނީ ކަސްޓަމަރުންނަށް ދިމާވެފައިވާ މެލްވެއަރގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ޯހދައިދިނުމުގައި ފަސްޖެހިފައެވެ.

"ކުންފުނީގެ މުއައްޒަފުންނާއި ވިޔަފާރީގެ ސިއްރުތަކުން" ވައްކަން ކުރިކަމަށް ބުނެ، ގެއްލުމުގެ ބަދަލު ޯހދަން ޕޭޕަލް ކުންފުނީން ގޫގްލް ޯކރޕަރޭޝަން ޮގވައިގެން ޯކޓުގައި ދައުވާޮކށްފިއެވެ. ޕޭޕަލުން ބުނާޮގތުގައި ގޫގްލްގެ ޮމބައިލް ޕޭމަންޓް ހިދުމަތް ފައްޓާފައި ވަނީ

ޕޭޕަލްގެ ނިޒާމު ހިނގާ ޮގތް ވަގަށް ބަލައިގެން، އޭގެ މައްޗަށް ބިނާޮކށެވެ. ނިއު ޯޔރކުގެ ސުޕީރިއަރ ޯކޓަކަށް ޕޭޕަލް ކުންފުނީން ހުށަހެޅި 28 ސަފުހާގެ

ދައުވާގައި ގޫގްލް ކުންފުންޏާ ދެޮކޅަށާއި، ޕޭޕަލްގައި ކުރީން މަސައްކަތް ކުރުމަށް ފަހު، މިހާރު ގޫގްލްގައި މަސައްކަތް ކުރާ ދެ މުއައްޒަފަކާ ދެޮކޅަށް ބުނެފައި ވަނީ، އެ ދެ މުއައްޒަފުންގެ އެހީއާ އެކު ގޫގްލް އިން ޕޭޕަލްގެ ޮމބައިލް ޕޭމަންޓް ޓެކްޮނޮލޖީގެ ސިއްރުތައް ދެނެގަނެ، އެ ޓެކްޮނޮލޖީ

ބޭނުން ޮކށްފައި ވާ ކަމަށެވެ. ގޫގްލް އާ ދެޮކޅަށް މި ދައުވާ އުފުލުނު ދުވަހު އެ ކުންފުނީން ވަނީ "ގޫގްލް ޮވލެޓް" ގެ ނަމުގައި ޯފން-ބޭސްޑް ޮމބައިލް ޕޭމަންޓް ނިޒާމެއް ތައާރަފް ޮކށްފައެވެ. މި ނިޒާމު ތަރައްގީ

ކުރުމުގައި އިސްޮކށް ހަރަކާތްތެރި ވި ކަމަށް ގޫގްލްއިން ބުނެފައި ވަނީ ޕޭޕަލްގައި ކުރީން މަސައްކަތް ކުރި ދެ މުއައްޒަފުން ކަމަށް ވާ ޮއސާމާ ބެޑިއަރ އާއި ސްޓެފާނީ ޓައިލީނިއަސް

އެވެ. ޕޭޕަލުން ބުނި ޮގތުގައި މި ނިޒާމު ތައާރަފު ކުރުމުގެ ދެ އަހަރު ކުރީއްސުރެ ގޫގްލް އިން ވަނީ އެމީހުންގެ ޯފން ޕްލެޓްޯފމުގައި ޮމބައިލް ޕޭމަންޓް ނިޒާމެއް ތައާރަފުކުރުމުގެ މަސައްކަތް

ޕޭޕަލާ ހަވާލުޮކށްގެން ކުރުމުގެ މަޝްވަރާތައް ޮކށްފައެވެ. އަދި އެޮގތަށް ގޫގްލް އިން މަޝްވަރާކުރީ ޕޭޕަލްގެ ނިޒާމުތައް ހިނގާ ޮގތާއި، ކަންތައް ކުރާ މީހުންނަކީ ޮކބައިކަން ދެނެގަތުމުގެ މަކަރުވެރި

މަގުސަދުގައި ކަމަށް ޕޭޕަލުން ބުނެއެވެ.

އެޕަލް ކުންފުީނން މެކް މެލްވެއަރާއ ދެކޮޅަށް ސަޕޯޓްކުރަން ފަސްޖެހެީނ

ލް ގޮވައިގެން ކޯޓަށް ގް ގޫ ޕޭޕަލް ކުންފުީނން

އެޕަލްއިން އެއްވެސް އެއްޗެއް ނުބުނާތީ ދިމާ ވެފައިވާ މައްސަލައާ ބެހޭޮގތުން އުފެދިފައިވާ އެތައް ސުވާލަކަށް ވެސް އަދި ވަނީ ޖަވާބު

ނުލިބިފައެވެ. މެކް ޑިފެންޑަރ އަށް ދިމާ ވި މެލްވެއަރގެ މައްސަލައާ ގުޅިގެން އެޕަލް

ކުންފުނީން އެއްވެސް ފިޔަވަޅެއް އަޅާފައި ވަނީ އެތައް ދުވަހެއް ވަންދެން އަޅާނުލައި ތިބުމަށް ފަހުގައެވެ. މި މައްސަލައާ ގުޅިގެން ބައެއް ފާޑުކިޔުންތެރީން ގެންދަނީ އެޕަލް ކުންފުނި

ޯލބިވަނީ ކަސްޓަމަރުން ދެކެ ނޫން ކަމަށާއި، ކަސްޓަމަރުންގެ ފައިސާ ދެކެ ކަމަށް ބުނެ ވަރަށް ޮބޑަށް ކުންފުންޏަށް ފާޑުކިޔަމުންނެވެ.

Page 28: Sun Magazine 25th issue

ޒައިތޫނި ތެޮޔ ނުވަތަ ޮއލިވް ޮއއިލް އަކީ ހުރިހާ ޮގތަކުންވެސް ބޭނުންތެރި އެއްޗެކެވެ. މިޮގތުން ހަށިގަނޑުގެ ހުރިހާ

ގުނަވަނަކަށް ވެސް ޒައިތޫނި ތެޮޔ ބޭނުން ކުރެވެއެވެ. އަދި އޭގެން އެކި ޮގތް ޮގތަށް ފައިދާ ކުރެއެވެ.

ޒައިތޫނި ތެލަކީ އެތެރެ ހަށިންނާއި އަދި ބޭރުހަށިން ވެސް ހުރިހާ އުމުރު ފުރައަކަށް ބޭނުން ހިފޭ އެއްޗެކެވެ. މިއީ ތަރުކާރި ތެޮޔ ތަކުގެ ތެރެއިން އިތުރު ސާފު ކުރުމެއް ނުވަތަ

އެއް ކުރުމެއް ނެތި ބޭނުން ކުރެވޭ ހަމަ އެކަނި ތެލެވެ. ޒައިތޫނިން މި ތެޮޔ ނެގުމަށް ފަހު އިތުރު ކަމެއް ކުރުމަކާ ނުލައި ބޭނުން ކުރެވެ އެވެ. ޒައިތޫނި ތެލުގަ ހިމެނޭ މާއްދާއެއް ކަމަށް

ވާ "ޮމޮނސްޓްރަކްޗާރޑް ފެޓީ އެސިޑް" އަދި "އެންޓިޮއކްސިޑޭޓިވް"

މާއްދާގެ ސަބަބުން މި ތެޮޔ އެތެރެހަށީގެ އެކި ބަލި ތަކަށް ފަރުވާ އަކަށްވެ

އެވެ. ދިރާސާ ތަކުން ދައްކާ ޮގތުގައި ހިތުގެ ބަލިތަކާއި އަދި ޮކލެސްޓްޯރލް ލެވެލް ތިރިޮކށްދިނުމަށް ޒައިތޫނި ތެޮޔ އެހީ ވެދެއެވެ. އަދި ބަނޑުގެ ބަލި ތަކުގެ ތެރޭ ހިމެނޭ ގޭހުގެ މައްސަލަ އާއި ޮބޑު ކަމުދިއުމުގެ

މައްސަލަތަކަށް ވެސް ޝިފާ އަކަށް ޒައިތޫނި ތެޮޔވެ އެވެ.ޒައިތޫނި ތެލަކީ ވަރަށް ގިނަ ބިއުޓީ ޕްޮރޑަޓްކްސް ތަކުގައި ވެސް ބޭނުން ކުރާ އެއްޗެކެވެ. މޫނުގަޔާއި ގައިގައި އަދި ޮބލުގައި ލާން

ބޭނުން ކުރާ ގިނަ އެއްޗެހީގައި މި މާއްދާ އެކުލެވެ އެވެ. ހަންގަނޑު ޮއމާން ޮކށް ޮމއިސްޗަރައިޒް )ތެޮޔ( ކުރުމަށް ޒައިތޫނު

ތެޮޔ ބޭނުން ކުރެވިދާނެ އެވެ. އަދި އިސްތަށިގަނޑު ވަރުގަދަޮކށް ޮއމާން ޮކށްދޭ އެއްޗެކަށް ވެސް ޒައިތޫނި ތެޮޔ ވެއެވެ.

ޒައިތޫނި ތެލުން އިސްތަށިގަނޑަށް ލިބޭ ބައެއް ފައިދާ:

ޒައިތޫނި ތެލުން އިސްތަށިގަނޑު މަސާޖު ކުރުމުން ވަރަށް •ފައިދާ ކުރެއެވެ. އެޮގތުން އިސްތަށި މަޑުވެ، ރީތި ވެ، ހަން ޮފޅުން

މިންނު

28

ޒައިތޫނި ތެލުން ހޯދިާދނެ ފައިާދތައް

Page 29: Sun Magazine 25th issue

ހުއްޓުވުމަށް އެހީ ވެދެއެވެ. ޒައިތޫނި ތެލުން އިސްތަށިގަނޑު މަސާޖު ޮކށްފައި ޮކތަޅެއް ނުވަތަ ޝަވާ ކެޕެއް 30 ނުވަތަ 40 މިނިޓް

ވަންދެން އިސްތަށިގަނޑުގައި އަޅާށެވެ. އެއަށްފަހު ޝޭމްޕޫ ލައިގެން ޯބ ޮދވެލާށެވެ. މިހާރު އިސްތަށިގަނޑު ޮއންނާނީ ވަރަށް މަޑުވެފައެވެ. އަދި

މީގެން އިސްތަށި ދެކަފިވުންވެސް ހުއްޓޭނެއެވެ. އިސްތަށިގަނޑުގައި ޗުއިންގަމް ހޭކިއްޖެ ނަމަ ވެސް ޒައިތޫނި •

ތެޮޔ ބޭނުން ޮކށްގެން ނައްޓައިލަން ފަސޭހަ ވާނެ އެވެ.

ޒައިތޫނި ތެލުން ހަމަށް ދެވިދާނެ ބައެއް ފަރުވާ:

ތަށި ތަށި ފެން އަދި ½ ތަށި ޒައިތޫނި ތެލަށް، ½ ½ •ވިނެގަރ އެއްޮކށްލާށެވެ. އެއަށް ފަހު ރޭގަނޑު ނިދުމުގެ ކުރިން

ހަމުގައި ނައިޓް ކްރީމެއް ޮގތުގައި ހާކައިލާށެވެ. މިއީ ހަންގަނޑު އުޖާލާ ޮކށްދޭ، ވަރަށް ވެސް ފަސޭހައިން ކުރެވޭނެ ކަމެކެވެ.

ޒައިތޫނި ތެލުން ހަންގަނޑު ސާފު ޮކށްދެއެވެ )ކްލެންސަރ •އެއްގެ ޮގތުގައި ޒައިތޫނި ތެޮޔ ބޭނުން ކުރެވިދާނެއެވެ(. މިޮގތުން

މޭކަޕް ފުހެން މޭކަޕް ރިމޫވާއެއް ގަތުމުގެ ބަދަލުގައި ކަފަ ޮކޅެއްގައި ޒައިތޫނި ތެޮޔ ހާކައިގެން މޫނުން މޭކަޕްތައް ފުހެލެވޭނެއެވެ.

• ޒައިތޫނި ތެލުން ފޭޝަލް އެއް ހެދިދާނެ އެވެ. އެޮގތުން މޫނު ރީތިޮކށް ޮދވެފައި ޒައިތޫނި ތެލުން ފަހެއް ނުވަތަ ދިހަ މިނެޓް

ސައި ސަމުސާ ހަކުރު މޫނުގައި ވަންދެން މަސާޖް ޮކށްލާށެވެ. ދެން ½ އެކްސްޯފލިއޭޓް ކުރަން )މޫނުގައި ހަލާކު ވެފައި ހުންނަ ހަންތައް ނައްތައިލުމަށް( ހާކާލާށެވެ. އިރު ޮކޅެއް ވަންދެން ބެހެއްޓުމަށްފަހު

ތާފަނާ ފެނުން މޫނު ޮދވެލާށެވެ. ޒައިތޫނި ތެލުން ފައި މަސާޖް ޮކށްލާށެވެ. މިޮގތަށް މަސާޖް •ކުރުމުން ފައިގެ ލޭ ދައުރުވުން ރަނގަޅުވެ، ތަދުތައް ކުޑަޮކށްދެ އެވެ. މަސާޖް ޮކށް ނިމުމުން ސާފު ހުދު އިސްޓާކީނަކަށް އެރުން މުހިއްމެވެ. އޭރުން ތެޮޔތައް ފަސޭހައިން ފަޔަށް ވަދެގެން ދާނެ އެވެ. އަދި ފައިގެ

ކުލަ އަލިވެ ފައި މަޑުވެސް ޮކށްދޭނެއެވެ. ދޭއް ނުވަތަ ތިން ސައި ސަމުސާ ޒައިތޫނި ތެޮޔ ފެނާ •

އެއްޮކށްލުމަށް ފަހު އެ ފެނުން ފެންވަރާށެވެ. މަޑު، ރީތި ނިޔަފަތި ބޭނުން ނަމަ، ތައްޓަކަށް ޒައިތޫނި ތެޮޔ •

އެޅުމަށްފަހު 30 މިނިޓް ވަންދެން އެތަށީގެ އެތެރެއަށް އަތްލައިގެން މަޑުޮކށްލާށެވެ. އެއަށް ފަހު ތެޮޔ ފުހެލާށެވެ. މިހާރު ނިޔަފަތިތައް

ހުންނާނީ މަޑުވެފައެވެ. އަދި ރީތި ވެސް ވެފަ އެވެ.ޒައިތޫނި ތެލަކީ ތުންފަތަށް ވެސް ފައިދާ ހުރި އެއްޗެކެވެ. •

އެޮގތުން ތުންފަތް ކުރަކިވެ ފަޅަފަޅައިގެން ދާ ކަމަށް ވާނަމަ ތުންފަތުގައި ޒައިތޫނި ތެޮޔ ހާކާލާށެވެ. ލިޕްސްޓިކް ހާކާ ކަމަށް

ވާނަމަ ޒައިތޫނި ތެޮޔ ތުންފަތުގައި ހާކާފައި އޭގެ މަތިން ލިޕްސްޓިކް ޖެއްސުމުން، ތުންފަތް އިތުރަށް ރީތި ކަމަށް ދައްކާނެ އެވެ.

Page 30: Sun Magazine 25th issue

)ކުރީގެ އަދަދާ ގުޅޭ( "އަޅުގަނޑަށް ކިޔަނީ ޒައިދު. ކުޑަކުދިން

ގެންގުޅެންވާނީ ވަރަށް ޮބޑަށް ސަމާލުކަން ދީގެން. ކުޑަތަންޮކޅެއް ލަސްވިނަމަވެސް މިއަދު އަހުމަދުގެ ފުރާނަ ސަލާމަތެއް

ނުކުރެވުނީސް." ޒައިދު ބަލައިލީ ރަޝާގާއާ ދިމާއަށެވެ. ތަފާތު ނަޒަރަކުންނެވެ. ރަޝާއަށް އަވަސް އަވަހަށް އިސްޮއބައި ލެވުނެވެ."ޒައިދުތަ އަހުމަދު ސަލާމަތްކުރީ؟" ޒައިދާ ދިމާއަށް ސިތާރާއަށް

ބަލައިލެވުނީ ދަރަނިވެރިއަކު ފަދައިންނެވެ.ހަވީރުގެ ވަގުތެވެ. ރަށުގެ ހިއްކި ސަރަހައްދުގައި

އަލަށް ހެދި ބަށިޯކޓު ކައިރިއަށް ރަށުގެ ޒުވާންފުރައިގެ އަންހެން ކުދިންތައް ޖަމާވަމުން ދިޔަ އެވެ. ޮކންމެ ދުވަހެއްގެ

ވެސް އާދައިގެ މަތިންނެވެ. ކުރިމަތީގައި ޮއތީ ރާއްޖޭގެ މިނިވަން ދުވަހެވެ. އަޮތޅު ފެންވަރުގައި ބޭއްވޭ ބަށި މުބާރާތަށް

ތައްޔާރުވުމުގައި އެކުދިން ތިބީ ދަރެއް ބަނދެލައިގެންނެވެ. ޮކންމެ ކުއްޖެއްގެ ވެސް އެންމެ ޮބޑު އަޒުމަކީ ރަށަށް ތަށި ގެނައުމެވެ.

ރަޝްފާއާއި ރަޝާގާ މަޑުމަޑުން ހިނގަމުން އައީ ބަށިޯކޓާ ދިމާއަށެވެ. ރަޝާގާއަކީ ރަށުގައި ނެތްފަދަ ޮމޅު ބަށި

ކުޅުންތެރިއެކެވެ. އެހެނަސް މީގެ ދެތިން މަހެއްހާ ދުވަސް ކުރިން އޭނާ ވަނީ ބަށިކުޅުން ހުއްޓާލާފަ އެވެ. މީހަކު ބުނި ބަހެއް ގަބޫލުކުރަން ވެގެންނެވެ. އިހުސާނަށް އެކަން ވެސް

ކަމުނުޮގސްގެންނެވެ.ރަޝާގާ އައުމުން ހުރިހާ ކުދިން ކަހަލަ ޮގތަކަށް އޭނާއަށް ޮގވި އެވެ. ކުޅެން އައުމަށެވެ. ރަޝާގާ ކިތަންމެ

30

ވަކި ނުވިނަމަ

މުހައްމަދު ާގސިމް، އއ. މަތިވެރި

ވަރަކަށް ވެސް ކުޅޭހިތްވެ އެވެ. އެހެންނަމަވެސް އޭނާ ޯކޓަކަށް ނޭރި އެވެ. ނުކުޅޭނަމޭ ކިޔާފައި ހުރީ އެވެ. އޭނާ ޮކންމެ ދުވަހަކު ހަވީރު ތުނޑިއަށް ދާންވެސް ފެށީ ބަށިކުޅުން ހުއްޓާލި ހިސާބުންނެވެ. އެހެންނަމަވެސް މިހާރު އެހެރީ މަންމަގެ އެދުމުގެ މަތިން ތުނޑިއަށް ދިޔުންވެސް ހުއްޓާލައިގެންނެވެ.

ކުދިންޮކޅު ދެޓީމަކަށް ބަހާލުމަށްފަހު ބަށި ކުޅެން ފަށައިފި އެވެ. ރަޝާގާއާއި ރަޝްފާ ތިބީ ކުޅި ބަލާ މީހުންގެ ޮގތުގަ އެވެ. އެހެންމީހުންނާ ތަންޮކޅެއް

ދުރުގައި އެއްފަރާތެއްގައި މަޑުޮކށްލައިގެންނެވެ. އިރުޮކޅަކުން ފެނުނީ އަތިރިމަތިން ރާޅުފެނުގައި އިހުސާނު ހިނގަމުން އަންނަ ތަނެވެ. އޭނާއައީ އަތުގައި ޮއތް ޮކޅު ފޭއްސާފައިވާ ދަނޑިގަނޑުން ޮލނުގަނޑާ ކުޅެމުންނެވެ.

ވަކި ހިސާބަކަށް އައި ތަނާ، ރަޝާގާއާއި ރަޝްފާ އޭނާގެ ޮލލުގައި އަޅައިގެންފި އެވެ. ފިޔަވަޅަށް ވަގުތުން ހުއްޓުން އަރައިފި އެވެ. އިރުޮކޅަކު އެދިމާއަށް ކަޅި ހުއްޓާލައިގެން ހުރެފައި ހިނގައިގެންފި އެވެ. އަތުގައި ޮއތް

ދަނޑިގަނޑު މޫދަށް ހޫރާލުމަށްފަހުގަ އެވެ. އޭރުވެސް ރާޝާގާމެން ތިބީ ކުޅެމުން ދިޔަ ބަށިމެޗުގެ ޯފރީގައި ހައްޔަރުވެފަ އެވެ.

އިހުސާނު އަޅަމުން ގެންދިޔައީ މަޑު ފިޔަވަޅު ތަކެކެވެ. ރަޝާގާއާ ދިމާއަށް އައީ ސިއްރު ހިނގުމެއްގަ އެވެ. ތަންޮކޅަކަށް އައިސްފައި ބިންމަތީ

ޮއތް ޮބނބިގަނޑެއް ނަގައި އެއިން ނަރެއް ދަމައިގަތެވެ. ރަޝާގާގެ ފުރަގަހުން އައިސް ހުއްޓިފައި ފުރަތަމަވެސް އަތުގައި ޮއތް ޮބނބި ނަރުން

ރަޝާގާގެ ކަންފަތުގައި ޮކށްޓައިލީ އެވެ. ރަޝާގާ ސިހުނެވެ. އަވަސް އަވަހަށް ފަހަތަށް ބަލައިލެވުނެވެ.

"ސިއްސައިގެނޭ ދިޔައީ." ޝަހާދަތް އިނގިލިން ކަންފަތް ކަހާލަމުން ރަޝާގާ ހިނިތުންވެލި އެވެ.

"ބައްޓަށް ހާދަ ޯފރިއެކޭ ޯދ ތިހުންނަނީ!" އިހުސާނުގެ އަޑަށް ރަޝްފާއަށް

Page 31: Sun Magazine 25th issue

31

ވެސް އެނބުރި ބަލައިލެވުނެވެ. އިހުސާނު ފެނުމާއެކު ރަޝްފާގެ މޫނުމަތިން ފެނިގެން ދިޔައީ ނުރުހުމުގެ ކުލައެކެވެ. އޭނާ ވަގުތުން ބަށި ޯކޓާ ދިމާއަށް އެނބުރުނެވެ. ފާޑަކަށް ތުން އަނބުރާލަމުންނެވެ.

"އިހޫ ޮކންތާކު ތިއުޅެނީ؟" "މިރަށުގަ. ކީއްވެ މިއަދު ތުނޑިއަށް ނުދިޔައީ؟"

"މަންމަ ބުނީ ޮކންމެ ދުވަހަކު ތިނޑިއަށް ދިޔުމަކީ ރަނގަޅުކަމެއް ނޫޯނ! އެހެންވެ."

"އެހެންތަ؟" އިހުސާނުގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔަތަން ފެނުނެވެ.

"މިއަދު ޮކއްޮކ މޫދަށް އެރި އުޅެނިޮކށް ގެނބުނީ. އިހޫ ނުވެސްދަމެއްނު."

"ތި އާއިލާގެ މީހަކަށް ކަމެއް ވާހާފަހަރަކު ޮގސް އެތަނެއްގައި ހުންނަން ޖެހޭކަމެއް ނުދެނަހުރިން." ނުރުހިފައި ހުރި އިހުސާނަށް ޮކށްލެވުނީ މަލާމާތެވެ. ރަޝާގާގެ ހިތަށް ތަދުވި އެވެ.

ދެޯލ ފެންކަޅިވެގެން ދިޔަ އެވެ."އިހޫ! ތިކަހަލަ އެއްޗެހި ބުނާކަށް ނުވާނެއެއްނު. މިބުނީ

މަގޭ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ޮކއްޮކގެ ވާހަކައޭ." ރަޝާގާގެ އަޑު ކުރެހޭޮގތްވި އެވެ.

"ކުދި ކުދި ކަންކަން ނަގާ އަތް މައްޗަށް ލައިގެން ޮބޑެތި މައްސަލަތަކަށް ހަދަން އުޅޭ އެއްޗެއް ނޫން! ހަވީރު ތުނޑިއަށް

ނުދެވުނަސް މިރޭ އަހަރެމެންގެއަށް އަންނަން ޖެހޭނެ. ވަރަށް ގިނަ ވާހަކަ އެބަހުރި ދައްކަންޖެހޭ." އިހުސާނުގެ އަޑުގައި ހުރީ ރުންކުރު

ޮގތެކެވެ."ވަރަށް ހެއްވާކަމެއް ތީ." ރަޝްފާއަކަށް ނުހުރެވުނެވެ. އޭނާ އެނބުރި އިހުސާނާ ހަތަރުކަޅި ހަމަޮކށްލި އެވެ. "ޮކންމެ

ކަމެއްގައި ވެސް ތި ހުންނަނީ ތިޮގތް. އަމިއްލަ އެދުން ޮބޑަސް ތީ ދެން ޮބޑުވަރު."

"މީ ރަޝްފާއާ ބެހޭކަމެއް ނޫނެއްނު ޯދ! ނުބެހޭ ކަންކަމާ ތިހެން މަތިން ބައިން ޖެހިގަތުމަކީ ވަރަށް ހުތުރު ސިފައެއް."

ފެންކަޅިވެފައި ހުރި ރަޝާގާގެ ކަންފަތުގައި ޮބނބިނަރުން އަނެއްކާވެސް ޮކށްޓާލުމަށްފަހު އިހުސާނު އެނބުރި އައިޮކޅަށް

ހިނގައިގެންފި އެވެ."ތިހެން ދޫދޭތީއޭ ހިސާބަށް ވުރެ އެ ޮފނިވަނީ. ޮކންމެ ޮގތަކަށް ކަންތައް ކުރިޔަސް ރަޝާ ތިހުންނަނީ އެވަރެއް ނެތިފަ.

މިރޭވެސް ދާނެ." އިހުސާނު ދިޔުމުން ރަޝްފާ ފެށި އެވެ."އެކަމަކު ދެން ވެސް ތިޮގތަށް އޭނައާ ވާހަކަ

ނުދައްކައްޗޭ! ހުރިހާ ވަރެއް ބާލާނީ މަށަށް." ރަޝާގާ އަށް ޮބޑުވީ އެކަމެވެ.

ހަމަ އެދުވަހެވެ. ހަވީރުގެ ވަގުތެވެ. ސިތާރާ ނިކުތީ ބޭރަށެވެ. އަހުމަދު ފޫހިވެގެން އުޅޭތީ އެވެ. ޮކންމެ ދުވަހެއްގެ ވެސް

ހަވީރުގެ ވަގުތަކީ އެޮސރު ޯބޅަކުޅެން ނިކުންނަ ވަގުތެވެ. އެހެންނަމަވެސް މިއަދު އޭނާ އަތަކު ކުޅޭނެ ޯބޅައެއް ނެތެވެ. މޫދަށް ޮގސް އުޅެނިޮކށް ޯބޅަ

ވަނީ ޮއޔާ ޮގސްފަ އެވެ. އަހުމަދު ކުސްތަޅަމުން، ސިތާރާގާތު ޯބޅައެއް ގަނެދޭން ކިޔަމުން

ގެންދިޔަ އެވެ. ބައްޕަ އައިމާ ޯބޅައެއް ޯހދައިދޭނެ ވާހަކަ ތިން ހަތަރު ފަހަރު ސިތާރާ ބުނެފި އެވެ. އެހެންނަމަވެސް އަހުމަދުގެ ޅަ ހިތަކަށް އެޮގތެއް ކަމަކު ނުދިޔަ އެވެ. ތަކުރާރުޮކށް އެކަމަށް އޭނާ އެދެމުން އެގެންދަނީ އެހެންވެ އެވެ. އެހެންކަމުން ސިތާރާ ބޭރަށް ނިކުތީ އެހެންޮގތަކުން އަހުމަދު ހަމަޖެއްސޭޯތ

އެވެ.އަހުމަދު ޮގވައިގެން ސިތާރާ ބޭރަށް ނިކުތްތާ މާ ގިނައިރެއް ނުވެ އެވެ. ފެނުނީ ޒައިދު އަންނަ ތަނެވެ. ޒައިދު އަތުގައި އަހުމަދުގެ ޯބޅަ ޮއތެވެ.

ޯބޅަ ފެނުމާއެކު އަހުމަދުގެ މޫނުމަތި އުޖާލާވެގެން ދިޔަ އެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ކަހަލަ ޮގތަކަށް ޒައިދާ ދިމާއަށް ދުއްވައި ގަނެވުނެވެ.

"ޮކންތާކު ޯބޅަ ޮއތީ؟" ޒައިދު އަތުގައި ޮއތް ޯބޅަ އަހުމަދު އަވަސް އަވަހަށް ދަމައިގަތެވެ. އޭނާ ހުރީ ޯބޅައިގައި ދެއަތުން ބައްދައިގެންނެވެ.

"ބޭބެ ޯހދީ." އަހުމަދުގެ ޮބލުގައި ޯލތްބާއެކު ޒައިދު ފިރުމައިލި އެވެ."ދަރިފުޅާ! ބޭބެގާތު ބުނޭ ޝުކުރިއްޔާއޭ!" ސިތާރާ ހިނިއައިސްފައި ބަލަން

ހުއްޓެވެ."ޝުކުރިއްޔާ ބޭބޭ!" ޒައިދުގެ މޫނަށް އަހުމަދު ބަލައިލި އެވެ. "މަރުޙަބާ!" ޒައިދު އިށީނދެ އަހުމަދުގެ ގައިގައި ބައްދާލި

އެވެ. "ޮކއްޮކ ދެން އެކަނި މޫދަށް ނުދައްޗޭ! ނަސީބެއްނު މިއަދު ބޭބެއަށް ފެނުކަން."

"ބޭބެއަށް ނުފެނުނަމަ ކިހިނެއް ވާނީ؟" "މަންމަގާތު އަހާބަލަ!" ޒައިދު އިނީ އަހުމަދުގެ ގައިގައި

ބައްދާލައިގެން ހިނިއަސްފަ އެވެ. އަހުމަދު ބަލައިލީ ސިތާރާއާ ދިމާއަށެވެ."ދަރިފުޅު ގެނބޭނީ."

"ގެނބުނީމަ ކިހިނެއްވާނީ؟" "ޮލނު ޮބވޭނީ." ސިތާރާ ހުރީ ހިނިއައިސްފަ އެވެ.

"ޮލނު ޮބވުނީމަ ދެން ވާނީ ކިނިނެއް؟" އަހުމަދުގެ ސުވާލު ހުސްވާޮގތެއް ނުވި އެވެ. އެހެންކަމުން ޒައިދު ގަސްދުކުރީ މަޢުޟޫ ބަދަލުޮކށްލާށެވެ. އޭނާ އަހުމަދު ޮގވައިގެން ހިނގައިގަތީ ޯބޅަ ދަނޑާ

ދިމާއަށެވެ. ޯބޅަ ކުޅެން ހިނގާށޭ ކިޔާފަ އެވެ. ޯބޅަދަނޑު ޮއންނަނީ އެގެއާ މާ ދުރަކު ނޫނެވެ. ސިތާރާވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.

ރެއަށް އިރު ޮއއްސިއްޖެ އެވެ. ވަޑާމުން ނިމިގެން ވަހީދަށް ގެއަށް އާދެވުނީ ހަގަޑި ބައިވެ ހަތެއް ޖަހަން އުޅެނިޮކށެވެ. އޭނާ އަވަސް އަވަހަށް

ފާޚާނާއަށް ވަދެ ފެންވަރައިގެން ނިކުތްއިރު، ސިތާރާ ހުރީ ވަހީދުގެ ގަމީހަކާއި ފަޓުލޫނެއް އިސްތިރި ކުރާށެވެ. ވަހީދު ނިކުތުމާއެކު ސިތާރާއަށް ފެށުނީ

ޒައިދުގެ ވާހަކަ އެވެ. ޒައިދު މިއަދު، ފަހުންވެސް އައި ވާހަކައާއި، އަހުމަދާއެކު ކުޅެން ދިޔަ ވާހަކައާއި ވަރަށް ރަނގަޅު ކުއްޖެއްހެން ހީވާ ވާހަކަ އެވެ.

"އެއީ ޮކން ރަށަކު ކުއްޖެއްތަ؟" ސިތާރާގެ ވާހަކައިގެ )ނުނިމޭ(

Page 32: Sun Magazine 25th issue

ފުޓްބޯޅައިގެ ޑިސިޕްލިން

ގެއްލުާވލަީނ އެފްއޭއެމުން

32

ދިވެހި ފުޓްޯބޅައިގެ ޑިސިޕްލިންއާ މެދު އެއިރުވެސް، މިހާރު ވެސް ގިނަބަޔަކު ކަންޮބޑުވެއެވެ. ކުލަބުތަކުންނާއި ޯކޗުންނާއި

ކުޅުންތެރިން އަދި ސަޯޕޓަރުން ވެސް ފުޓްޯބޅައިގެ އަހުލާގު ރަނގަޅުވުމަށް އެދެނީ ހަމައެންމެ ކަމަކާހެދިއެވެ. ފުޓްޯބޅައަކީ ދިވެހިންގެ އެއްވަނަ

ކުޅިވަރަށްވާތީއެވެ. ނަމަވެސް މިކަމުގައި އެންމެ އިސްޮކށް އުޅެން ޖެހޭ ފަރާތްކަމަށްވާ އެފް.އޭ.އެމުން ފުޓްޯބޅައިގެ އަހުލާގު ރަނގަޅު ކުރުމަށް

ދެކެވޭ ވާހަކަތަކަށް ދެނީ ބީރުކަންފަތެކެވެ. ނުވިތާކަށް އެފް.އޭ.އެމުން ކަންކަން ޯގސްޮކށްލާފައިވެސް އެބަހުއްޓެވެ. މިހެންވާން ޖެހޭ ސަބަބުތަކަކީ ޮކބައިޯތއެވެ؟. އެފް.އޭ.އެމުގެ ރައީސް އަލީ އާޒިމަކީ އެއްފަޅިން ސިޔާސީ

"ޯހއްޮގވާ" ބޭފުޅަކަށް ވުމުން މުހިންމުކަންކަމުގައި ސިޔާސީ ޮގތުން އޭނާގެ ކުރިމަގަށް ހުރަސްއެޅިދާނެ ކަމަށް ބަލާފައި ފުޓްޯބޅައިގެ އަހުލާގު ކަފުންޮކށްލަނީ ކަމަށް ވަރަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ތިރީގައި

މިބަލާލަނީ އެފް.އޭ.އެމުން އިހުމާލުވެފައި ހުރި އަހުލާގީ މުހިންމު ބައެއް މައްސަލަތަކަށެވެ.

އަޑުބަރޭ މުޒާހަރާކުރުން

ދާދިފަހުން ބަހުރޭނުގެ ފުޓްޯބޅަ އެޯސސިއޭޝަނުން އެ ގައުމުގެ ތިން ހަތަރު ކުޅުންތެރިއަކު ގައުމީ ޓީމުންނާއި ކުލަބުގައި ވެސް ނުކުޅެވޭ ޮގތަށް ސަސްޕެންޑްކުރީ އެގައުމުގެ ސަރުކާރާ ދެޮކޅު ސިޔާސީ

މުޒާހަރާތަކުގައި ބައިވެރިވުމުންނެވެ. ރާއްޖޭގައި މިއަދު ކުޅުންތެރިން މުޒާހަރާ ކުރުން މިދަނީ އާއްމުވަމުންނެވެ. އަސްއަދު އަލީ )އަޑުބަރޭ(ގެ ފަހަތުން އެހެން ބައެއް ކުޅުންތެރިން މުޒާހަރާގެ ސަފުތަކަށް

ވަންނަމުންދާއިރު އެފް.އޭ.އެމަށް އެކަން ނުހަނު ރަނގަޅަށް އެނގެއެވެ. ދިވެހި ރައްޔިތަކަށް ވީތީ ގައުމަށްޓަކައި އަދާކުރަން ޖެހޭ ޒިންމާތަކެއް

ޮކންމެ މީހެއްގެ ޮކނޑުގައި އެޅިފައިވާއިރު ފުޓްޯބޅަ ކުޅުންތެރިއަކަށްވީތީވެ، އަދާކުރަން ޖެހޭ ޒިންމާތަކުގެ ވާހަކައާއި އެކަން ކުރާނަމަ އަޅާނެ

ދިވެހިބަހުން އާއްމުކުރީ ވެސް މިހާރުގެ ފިޔަވަޅުތައް ކަރުދާހުގައި ލިޔެ އެފް.އޭ.އެމުގެ ވެރިންނެވެ. މިހެންވެ، މުޒާހަރާތަކުގައި ކުޅުންތެރިން

ބައިވެރިވުން އެފް.އޭ.އެމަށް ނުހުއްޓުވެންވީ އެއްވެސް ސަބަބެއްނެތެވެ. އެކަން ނުހުއްޓުވޭނަމަ ޮއތީ އެންމެ ސަބަބެކެވެ. މިހާތަނަށް އަޑުބަރޭ އަކީ ޑީއާރުޕީގައި އާޒިމް ހުންނެވި ފެކްޝަނުގައި ހުރެ، އެ މީހުންގެ ސިޔާސީ އެޖެންޑާއެއް ފުރިހަމަ ކުރަމުންދިޔަ މީހަކަށްވުމެވެ. އެ ނޫން ސަބަބެއް

ދައްކަން މިހާރު އާޒިމް ކުރައްވާނެ ކަމެއްގެ ޮގތުގައި ފެންނަނީ އަޑުބަރޭ އެމްޑީޕީ އަށްޮގސް މުޒާހަރާކުރާނަމަ ވެސް އެކަން ވެސް ނުހުއްޓުވައި

ދޫޮކށްލުމެވެ.

ދަގަނޑޭގެ މައްސަލަ

އޭ.އެފްސީ ކަޕުގައި ވީބީ ކުޅުނު މެޗު ކުޅެން އަލީ އަޝްފާގް )ދަގަނޑޭ( ނުދިއުމުން އެފް.އޭ.އެމުން ބުނީ އެކަން ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަކު އެކަން ހައްލު ކުރަން މަސައްކަތް ކުރި ޮގތެއް، ކުރި

ކަމެއް، އެކަން އެނގުނު ބައެއް ވެސް ނެތެވެ. އެކަމަކު ކުޅުންތެރިއަކު ކުލަބު

ޮކންޓްރެކްޓާއި ގަވާއިދާ ހިލާފުވުމުން އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެފް.އޭގެ ގަވާއިދުތައް ބުނެއެވެ. އަދި ވީބީގެ މެޗެއް ޮއއްވައި ފުޓްސަލް ކުޅެން ދަގަނޑޭ ދިއުމުން ވެސް އެފް.އޭ.އެމުން އެކަމާ މެދު އެއްވެސް

އެއްޗެއް ނުބުނެއެވެ. މިފަދަ ކަންކަމަކީ ޮކންހެން ކުލަބުން ހުށަހަޅައިގެން އެފް.އޭ.އެމުން ބަލަން ޖެހޭ ކަންކަމެއް ނޫނެވެ. ކުލަބުތަކުން ބުނެކިޔައިގެން

ކަންކަން ކުރަންވެއްޖެނަމަ އެފް.އޭ.އެމް ޮއތުމުގެ ބޭނުމެއްނެތެވެ. ގައުމީ ކެޕްޓަން އެފް.އޭ.އެމަށް ޮކންޓްޯރލް ނުކުރެވޭނަމަ ހަގީގަތުގައި ވެސް އެފް.

Page 33: Sun Magazine 25th issue

33

އޭ.އެމް ފޭލްވީއެވެ. މިފަދަ ކަންކަމަކީ ކުރިމަގަށްޓަކައި ވަރަށް ރަނގަޅަށް ފިޔަވަޅު އަޅަން ޖެހޭ ކަންކަމެވެ. ސަބަބަކީ އެހެން ކުޅުންތެރިން

ޯގޅިއަޅާނެތީއެވެ. މިހެން ވެދާނެކަން އެނގެނީ ޝަމްވީލް ގާސިމް )ޮބންޑާ( އެންމެ ފަހުން ގައުމީ ޓީމު ކުޅުނު މެޗު ނުކުޅެން ނިންމުމުންނެވެ. އަމިއްލަ ކަމެއްގައި އޭނާ މެޗު ކެންސަލްކުރީ އެހެން ކުޅުންތެރިންގެ އަމަލުތަކަށް އެފް.

އޭ.އެމް ފިޔަވަޅު އަޅާލާފައިނުވާތީވެ، އޭނާއާ ދޭތެރޭ ވެސް ފިޔަވަޅު ނޭޅޭނެކަމުގެ ޔަގީންކަން ލިބިހުރެއެވެ.

ގައުމީ ޓީމު ޮހވަން ކުޅުންތެރިންނަށް ފުރުސަތު ދިނުން

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ކަވަރު ކުރަން ދިޔަ ރައްޓެހި ނޫސްވެރިޔަކު ބުންޏެވެ. "އޭނާ )ކުރީގެ ގައުމީ ޯކޗު އިސްޓަވާން އުރުބާނީ( ޓީމު ނަގަނީ އަހަރުމެން ވެބްސައިޓްގައި ހުންނަ ޮކމެންޓްތަކަށް ބަލައިގެން"

ކަމަށެވެ. އެ ފަހަރު ޯކޗުގެ މައްޗަށް ކުޅުންތެރިން ބަސްކިޔައި ވެސް ހެދިއެވެ. ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިއަކު ނަން ނުޖަހަން އެދެމުން ބުނީ 'އެހެންވީ މެނޭޖަރަކަށް ހުރި މީހާ )މައުރޫފް އަހުމަދު، މާއްޓޭ( ބައެއް ކުޅުންތެރިން ދެކެ ބިރުގަންނާތީވެ. އޭނާ އަކަށް ނޭނގެ ގިނަ ފަހަރު ޕްރެކްޓިސް ކުރާ ކަމެއް

ވެސް،"

އުރުބާނީ އަށް ފަހު 23 އަހަރުން ދަށުގެ ގައުމީ ޓީމާ ދެން ހަވާލުވީ މާއްޓޭއެވެ. އޭނާ އިސްކަން ދިނީ ކުޅުންތެރިން ބޭނުން ޮގތަކަށް ޓީމު

ނެގުމަށެވެ. ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އާރިފް )ބަކާ( އާއި އިބްރާހީމް ފަޒީލް

)ޮއއްޮޕ( އާ ދެމެދު ޮއތް ޒާތީ ހަސަދަވެރިކަމެއްގެ ތެރެއިން ޮއއްޮޕ ބޭނުންވީ ބަކާ ގެންދާނަމަ ގައުމީ ޓީމާއެކު ނުދިއުމަށެވެ. އެކަމަކު ހަގީގަތުގައި މާއްޓޭ ބޭނުންވީ ބަކާ

އާއި ޮއއްޮޕ އަދި ދަގަނޑޭ ސީނިއާ ކުޅުންތެރިންގެ

ޮގތުގައި ގެންދާށެވެ. ޒުވާން ގައުމީ ޓީމުގައި ރަނގަޅު ދެ ކީޕަރުން )ވިކްޓަރީގެ މުހައްމަދު ފައިސަލް އާއި މާޒިޠާގެ އަހުމަދު އާތިފް( ތިބުމުން ސީނިއާ ކީޕަރު

އިމްރާނު ޓީމަށް ނުނެގުމަށެވެ.

އެމަމަކު މާއްޓޭ ފަހުން ބައެއް ކުޅުންތެރިން ދެކެ ޖެހިލުންވިއެވެ. ޮއއްޮޕ،

ޮބޑާ ހާކައި ބަކާ ޓީމުން ބޭރުޮކށްލަން، ދަގަނޑޭ

ހަތިޔާރަކަށް ހެދުމުން، މާއްޓޭ ނިންމީ ބަކާ ޓީމަށް ނުނެގުމަށެވެ. ސީނިއާ ތިން ވަނަ ކުޅުންތެރިއެއްގެ ޮގތުގައި އިމްރާނު ގެންދާށެވެ. މީގެ ސަބަބުން ބޭކާރު ކަމެއްގައި ޒުވާން އެއް ކީޕަރަކަށް ޮއތް ފުރުސަތެއް ގެއްލިދިޔައިރު

ގިނައިން ޓީމަށް ނެގީވެސް ސީނިއާ ބައެއް ކުޅުންތެރިން ބޭނުންވި ކުޅުންތެރިންނެވެ. ހަގީގަތުގައި މާއްޓޭ ހުރީ ނަމެއްގައެވެ. އެފް.އޭ.އެމުގެ

ޓެކްނިކަލް ޑައިރެކްޓަރަކަށް ހުރި މީހަކު ޯކޗަކަށް ހުއްޓައި ކަންކަން މިހެން ހިނގާދިޔަ ވާހަކަ ނޫސްވެރިންނާއި ފުޓްޯބޅަ ސަޯޕޓަރުންނާއި ކުޅުންތެރިން

އަބަދުމެ ދައްކާއިރު އެފް.އޭ.އެމުން ފުޓަޯބޅައިގެ ޑިސިޕްލިން ރަނގަޅުކުރަން ކުރީ ޮކންކަމެއް ހެއްޔެވެ؟

މިކަހަލަ މަންޒަރުތައް އެންމެ ގާތުން ފެނިފައިވަނީ އަވައްޓެރި ލަންކާއިންނެވެ. ރާއްޖޭގެ ކުލަބުތަކުގެ ޮކޅަށް ގިނަ ޯގލުތަކެއް ޖަހައި އުޅުނު ލަންކާގެ ފުޓްޯބޅަ

ވަޅުޖެހި ދިއުމުގެ އެންމެ މުހިންމު އެއް ސަބަބަކީ ވެސް ކުޅުންތެރިން އެ ގައުމުގެ އެފް.އޭ ޮކންޓްޯރލް ކުރަން ފެށުމެވެ. އެހެންވާކަށް ދިވެހިން ބޭނުމެއްނުވެ

އެވެ.

ބަކާ އާއި ޮއއްޮޕ

ޒާތީ މައްސަލަތަކެއް ޮއތުމުން އެއް ޓީމަކަށް ކުޅެން ވެސް މި ދެ މީހުން ބޭނުމެއްނުވެއެވެ. ހަވީރުގެ އަހަރުގެ ޮމޅު ކުޅުންތެރިޔާގެ މަގާމު ބަކާ އަށް ލިބުމުން ޮއއްޮޕ އެ ޯހލު ދޫޮކށް ނުކުމެގެން ދިޔައެވެ. މި އަހަރު ވިކްޓަރީ އާއި ވީބީ ކުޅުނު މެޗެއްގައި ޯބޅަ ނެތީސް ދެ ކުޅުންތެރިން އަތް އިސްޮކށް ތަޅައިގަތެވެ. ފުޓްޯބޅަ ގަވާއިދާ ހިލާފަށް ރެފްރީ ފުއްދާލީ ރިނދޫ ކާޑަކުންނެވެ.

މި ދެ މީހުން މައްސަލަ ޖެހުނީ މިދިޔަ އަހަރު ވިކްޓަރީ އަށް ކުޅެނިޮކށެވެ. ގައުމީ ޓީމާއި ވިކްޓަރީގައި މި ދެ މީހުންނާއެކު ކުޅުނު ކުޅުންތެރިއަކު ބުނީ

"ބަކާ އާއި ޮއއްޮޕގެ ޒާތީ ކަންތައް ގައުމީ ޓީމުގައި ތަންޮކޅެއް ކުޑަ،" ކަމަށެވެ. "އެކަމަކު ވާހަކަ ނުދައްކާނެ. މިކަމާހެދި ޓީމުތެރެ ވެސް ޮއންނަނީ ފާޑަކަށް

ފަނިވެފަ. އަސްލު އެ ދެ މީހުން ބޭނުމެއްނުވޭ އެއްޮކށް ކުޅޭކަށް ވެސް. ބަކާ އަށްވުރެ ޮބޑަށް ޮއއްޮޕ މީގަ ޯގސް ހަދަނީ،" ކަމަށެވެ.

ކަންމިހެން ޮއތްއިރު ޓީމުގެ ޯކޗާއި މެނޭޖަރު އަދި އެފް.އޭ.އެމުގެ ޒިންމާއެއް ނެތީޯތއެވެ.

ގައުމީ ޓީމުގެ މެނޭޖަރަކަށް ރަނގަޅު މީހަކު ނެތުން

ގައުމީ ފުޓްޯބޅަ ޓީމު އެންމެ ފަހުން ސިންގަޕޫރާއެކު ކުޅެން ފުރިއިރު އެއް ކުޅުންތެރިއެއްގެ ޕާސްޯޕޓް ހެދީ ޖޫރިމަނާ 2500ރ. ދައްކައިގެންނެވެ. އެއީ

އޭނާގެ ޕާސްޯޕޓް އެންމެ ފަހު ވަގުތު ނެތުމުން، އާ ޕާސްޯޕޓެއް ހަދަން ޖެހުމުންނެވެ. މިފަދަ ކަންކަން ހިނގާއިރު ގައުމީ ޓީމުގެ މެނޭޖަރާއި އެފް.އޭ.އެމުގެ ޒިންމާ ޮކބައިޯތއެވެ؟ އެފް.އޭ.އެމުން ގައުމީ ޓީމުގެ މެނޭޖަރަކަށް ސިފައިންގެ މީހަކު ހަމަޖެއްސީ ފުލްޓައިމްޮކށް، މެނޭޖަރުކަން ރަނގަޅަށް

އަދާކުރެވޭ ވަރުގެ މީހަކަށް ދޭން ވެގެން ކަމަށް ބުނެއެވެ. އެކަމަކު ޮފރުވިފައިވާ ހަގީގަތަކީ ސިފައިންނަށް ފުރަތަމަ ޑިވިޝަނުގެ ފުޓްޯބޅަ ކުޅެން ފުރުސަތު ނުދޭނެ އެފް.އޭ.އެމުން ނިންމުމުން ސިފައިންނާއި އެފް.އޭ.އެމުގެ ރައީސް އާޒިމާ ދެމެދު ޮއތް ހިތްހަމަ ނުޖެހުން ކުޑަކުރުމެވެ. ރަނގަޅު މީހުން ތިއްބައި އެ މީހުންނަށް ފުރުސަތުނުދީ މެނޭޖަރަކަށް ހަމަޖެއްސީ ފުޓްޯބޅަ މެނޭޖްމަންޓުގެ ތަޖުރިބާ ނެތް

މީހެކެވެ.

ނިއު ރޭޑިއަންޓް ސަޯޕޓަރުން

ތަކުރާރުޮކށް މަޖީދީ މަގާވީ ސިޑިބަރީގައި ތިބޭ ސަޯޕޓަރުން ދަނޑަށް އަރައި ހަދާއިރު އެއީ ޮކން ޓީމެއްގެ ސަޯޕޓަރުންނެއް ކަމެއް އެފް.އޭ.އެމަކަށް ނޭނގުނެވެ. ޯހދާކަށް މަސައްކަތެއް ވެސް ނުކުރެ އެވެ. އެކަން ކުރަން ބޭނުމެއްވެސް ނުވެ އެވެ. ކުލަބުތައް ހަރުދަނާ ކުރާކަށް ވެސް އެފް.އޭ.އެމުން މަސައްކަތެއް ނުކުރެ

އެވެ. ސަޯޕޓަރުން ވަކިކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ކުލަބުތައް ހަރުދަނާ ކުރުމެވެ. އާޒިމްގެ ރައީސް ކަމުގެ ފުރަތަމަ ދައުރު އަންނަ އަހަރު ކުރީ

ޮކޅު ހަމަވާއިރު ކުލަބުތަކަށް ހިލޭ ފައިސާތަކެއް ބަހަބަހައި ހުއްޓަސް ފުޓްޯބޅަ ޑިސިޕްލިން ނުކުރެވޭނެއެވެ.

Page 34: Sun Magazine 25th issue

34

ޕްރިތީ ޒިންތާއަކީ މިފަހަކަށް އައިސް ޮބލީވުޑުގައި އުފެދުނު އެންމެ ހުނަރުވެރި، އެންމެ

ޮމޅު އެއް ބަތަލާއެވެ. ރީތި، މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެ، އެއްވަނަ ބަތަލާގެ އެޯވޑާއި

އޭގެ އިތުރުންވެސް އެތައް އެޯވޑެއް ޕްރިތީ ވަނީ ޯހދާފައެވެ. އެއަށްފަހު ޕްރިތީ ވަނީ ވިޔަފާރީގެ

ދާއިރާއަށެވެ. ވިޔަފާރީގެ ދާއިރާގައި ދުވަސްޮކޅެއް ހޭދަކުރުމަށްފަހު ޕްރިތީވަނީ އަނެއްކާވެސް ފިލްމީ ދާއިރާއަށް އެނބުރި އައިސްފައެވެ. ނަމަވެސް މިފަހަރު އޭނާ އެނބުރިއައީ ފިލްމެއް ކުޅޭކަށް ނޫނެވެ. ޕްޮރޑިޔުސްކުރާށެވެ. ޕްރިތީ ފިލްމް

ޕްޮރޑިޔުސަރަކަށް ވީއެވެ. ޕްރިތީ ވަނީ ފިލްމު އުފެއްދުމަށްޓަކައި އޭނާގެ އަމިއްލަ ޕްޮރޑަކްޝަން ބެނަރއެއް އުފައްދާފައެވެ. ޕްރިތީގެ ކުންފުނީގެ

ނަމަކީ ޕީޒެޑްއެންޒެޑް މީޑިއާއެވެ. ޕްރިތީގެ ކުންފުނީން ފުރަތަމަ

އުފައްދާ ފިލްމަކީ ޮރމޭންޓިކް ޮކމެޑީއެކެވެ. މި ފިލްމް ޑައިރެކްޓްކުރާނީ ޕްރޭމް ޯސނީއެވެ.

ޕްރޭމް ޯސނީއަކީ ޕްރިތީ އެންމެ ފަހުން ކުޅުނު ފިލްމު ކަމަށްވާ "މޭނ އައުރް މިސް ކަންނާ"

ގެ ޑައިރެކްޓަރެވެ. އެ ފިލްމަކީ ޮބކްސް ޮއފީހުގައި ޮބޑު ނާކާމިޔާބެއް ލިބުނު ފިލްމެކެވެ. އެހެންކަމާއެކުވެސް ޕްރިތީ އުފައްދާ ފިލްމުގެ ޑައިރެކްޓަރަކަށް ޕްރޭމް ޯސނީ އިހުތިޔާރުކުރީ

ކީއްވެގެންޯތ ސުވާލުކުރުމުން ޕްރިތީ ބުނީ އޭނާ ބޭނުންވަނީ "އެންމެ އުހުގައި ހުރި މީހަކު

ހިޔާރުކުރުމުގެ ބަދަލުގައި، ވެއްޓިފައި ހުރި މީހަކު ހިޔާރުކުރުމުން އެމީހަކު ވީހައި ރަނގަޅަކަށް މަސައްކަތްޮކށްގެން، އެ މީހެއްގެ ފެންވަރު

ސާބިތުކުރަން މާ ބުރަޮކށް، މާ ޮކމިޓެޑްޮކށް މަސައްކަތްކުރާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. ޕްރިތީ ބުނިޮގތުގައި އެންމެން އެ

ޑައިރެކްޓަރަކާއެކު މަސައްކަތްކުރަން ބޭނުންވާ އިމްތިޔާޒް އަލީގެ ފުރަތަމަ ފިލްމު "ޯސޗާހ ނަ ތާހ" އަކީވެސް ޮބކްސް ޮއފީހުގައި ނާކާމިޔާބު

ފިލްމެކެވެ. ޕްރިތީގެ ފިލްމަށް އޭނާ ކަނޑައަޅާފައި ވަނީ އާދައިގެ ބަޖެޓެކެވެ. ފިލްމުގެ ކާސްޓް ވެސް އަދި ހަމަނުޖެހެއެވެ. ނަމަވެސް ޕްރިތީ ހުރީ ޮފނި

އުއްމީދެއްގައެވެ.

ޕްރިީތ ޒިންާތ ފިލްމް ޕްރޮޑިޔުސްކުރަން ފަށަީނ

Page 35: Sun Magazine 25th issue
Page 36: Sun Magazine 25th issue